އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސޮއި ކުރި އެމްޑީޕީގެ 33 މެންބަރުންގެ ތެރެއިން ބައެއް މެންބަރުން މިއަދު ފައްޔާޒަށް އެމްޑީޕީ ހިންގާލެވޭނެ ކަމަށް ވިދާޅުވާތީ އެމްޑީޕީގެ ޕީޖީގެ ކުރީގެ ލީޑަރު އަލީ އާޒިމް ފާޑުވިދާޅުވެއްޖެއެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ޕީޖީ ގްރޫޕުގެ 33 މެންބަރުން ސޮއިކޮށް މިނިސްޓަރ ފައްޔާޒުގެ އިތުބާރުނެތްކަމަށް ބުނެ، މަޖިލީހަށް ހުށަހެޅުމަށް ވަނީ އޭނާ އާއި ހަވާލު ކޮށްފައި ކަމަށެވެ. މިއަދު ހަމަ އެމެންބަރުން ފައްޔާޒަށް ޕާޓީ ހިންގާލެވޭނޭކަމަށް ބުނާ ބުނުމަކީ އެމްޑީޕީގެ އާއްމު މެންބަރުންނަށް ވަރަށްބޮޑު އޮޅުވާލުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ފައްޔާޒްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ މެންބަރުން ސޮއި ކުރީ 2020 ވަނަ އަހަރު އެވެ. ނަމަވެސް އެމައްސަލަ މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.

އޭރު ފައްޔާޒްގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވި މެންބަރުން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދިން ރައްޔިތުން ސަރުކާރުގެ ފަރާތުން އެންމެ ބޮޑަށް އެދުނު ކަމަކީ، އަދި އެމްޑީޕީގެ މެނިފެސްޓޯގައިވާ އެންމެ މުހިންމު އެއް ކަމަކީ، މަސައްކަތްތެރިންގެ އަގު ވަޒަންކުރެވޭ އިޤްތިސާދެއް ދިވެހިރާއްޖޭގައި ޤާއިމުކޮށްދިނުންކަމާއި، އެ އިޤްތިސާދުގައި ރައްޔިތުންގެ ޖީބަށް ވަންނަ ޢަދަދު އިތުރުކުރެވި، ތަކެތީގެ އަގު އަތްފޯރާ ފަށަށް ތިރިކޮށްދިނުންކަމާއި، އެ ޕާޓީން ރައްޔިތުންނަށް ދިން ޔަޤީންކަމަކީ، ކުރާ ވިޔަފާރީގެ ފައިދާ އިތުރުކުރެވޭނޭ ކަމާއި، މީސްކޮޅު މަދު ދިވެހިރާއްޖޭގެ ކޮންމެ މީހަކު އުފައްދާ މިންވަރު މަތިކުރެވޭނެ އާ ގޮތްތައް ހޯދައި ދޭނެކަމާއި، ސަރުކާރުގެ ވިޔަފާރި ކުޑަކޮށް، ސަރުކާރުން ހިންގާ ކުންފުނިތަކުގެ އިސްރާފް މަދުކޮށް، އާންމު ވިޔަފާރިތައް ކުރިއެރުވޭނޭ އާ ގޮތްތައް ތައާރަފްކުރެވޭނެކަމާއި، ސަރުކާރުގެ ކުންފުނިތައް އަމިއްލަ ވިޔަފާރިތަކާ ވާދަނުކުރާނެކަމުގެ ޔަޤީންކަން ކަމަށެވެ.

ނަމަވެސް ސަރުކާރަށް ދެ އަހަރު ފުރުމާ ގާތަށް ގޮސްފައިވާއިރު، އެކަންކަން ހާސިލުކޮށްދެވޭނެ ކަމުގެ އުއްމީދު ފަނޑުވެ، އިޤްތިސާދީ ދާއިރާއިން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި، ރައްޔިތުން ކޮށްފައިވާ އުއްމީދުތަކާ ގާތަށްވެސް ރައްޔިތުންނަށް ކަންކަން ކޮށްދެވިފައި ނެތް ކަމަށެވެ.

ސަރުކާރުގެ އިޤްތިސާދީ ދުވެލި ހުރީ އެމްޑީޕީގެ ތަސައްވުރާ އެއް ހަމައިގައި ނޫންކަމާއި، ރައްޔިތުންގެ އުއްމީދުތަކާ އެއް މިސްރާބެއްގައި ނޫންކަމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދީފައިވާ އުއްމީދުތައް އެކަށީގެންވާ ގޮތެއްގައި ހާސިލުކޮށްދެވޭތަން ފެންނަމުންނެއް ނުދާކަމާއި، ރައްޔިތުންގެ އަތްމަތި ދަތިވެ، ދިރިއުޅުމުގެ ޢާންމު ޙާލަތު އެއް ދުވަހުން އަނެއް ދުވަހެއް ދަށަށް ދާއިރު، އެ ކަންކަމުން އަރައިގަތުމަށް ސަރުކާރުގެ ސާފު އިޤްތިސާދީ ސިޔާސަތެއް ތަންފީޒުކުރެވެމުން ނުދާކަން ސާބިތުވާ ކަމަށް ވެސް މެންބަރުން ސޮއި ކުރި ލިޔުމުގައި ވެއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދީ ސިޔާސަތާއި އިޤްތިޞާދީ ލަނޑުދަނޑިތައް ކަނޑައަޅައި، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާއި އަމާޒުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ އިޤްތިޞާދު ބައްޓަންކުރުމަކީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ އިސް ޒިންމާކަމަށްވީހިނދު، އެ މަސައްކަތް ކުރުމަށް އެ މަޤާމުގައި ހުންނެވި ފައްޔާޒް ނާޤާބިލް ވެފައިވާ ކަމަށް އެމްޑީޕީގެ މެންބަރުންގެ ލިޔުމުގައި ވެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަސްއޫލިއްޔަތުގެ ދާއިރާގައި ނުހިމެނޭ ކަންކަމަށް ފައްޔާޒް ނުފޫޒް ފޯރުވުމާއި، އެކަމުގެ ސަބަބުން އެއްވެސް ހައުސިންގ އެއްބަސްވުމެއްގައި ސަރުކާރަށް ސޮއިކުރެވިފައިނުވާ ކަމަށް ވެސް އެމްޑީޕީގެ މެންބަރުން ސޮއި ކުރި ލިޔުމުގައި ވެއެވެ.

ފައްޔާޒްގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅުއްވަން އެންމެ ބޮޑަށް ލޮބީ ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް މަޖިލީހަށް އެމައްސަލަ ހުށަނޭޅީ ފައްޔާޒްގެ އިތުބާރު ނެތް ކަމަށް ފާސްކުރެވޭ ވަރަށް މެންބަރުން ހަމަނުވުމުން ކަމަށް ފައްޔާޒަށް ތާއިދުކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޕޮގުބާ

    100 ފައްޔާޒް

    6
    1
  2. ހޮނުގުގުރި

    ރޭވެފަ އަލިވާ ކަމަވަޔާ އެވަރުގެކަމެ ހިގާފާނެ [ހަމަޖާބިރު]

  3. އަލީ

    އޭރު އާޒިން އެތިކޮޅެއް ދިނީމަ ސޮއިކުރީ މިހާރު ފައްޔާޒު އެތިކޮޅެއް ދިނީމަ ކޮޅުބަދަލު ކޮށްލީ. މިއީނޫންތޯ ތިބޭފުޅުންގެ އަސްލަކީ. އާޒިން މިކަހަލަ ވާހަކަ ދެއްކީމަ ވަރަށް ހަޑި.

    15
  4. ފަގުޑި

    ތީގަދެން މިހާރު އެންމެ އަދުލުވެރިވާނީ ތިޕާޓީގަނޑުގެ އެތެރޭގެ އިންތިހާބައްފަހު ތިޕާޓީ 2ފަޅި، ނޫނީ 3ފަޅި ކޮއްލިއްޔާ. އެއް ޕާޓީއައް ކިޔާނީ ކެނެރީގޭ ފުޅި ޕާޓީ. އަނެއް ކޮޅައް ކިޔާނީ ބޯގަންވިލާ ޕާޓީ.

  5. ކެހުރި

    ޢަލީ އާޒިމް އެކަނިވެ ސޯޓް ބޭލުނީ.

  6. ޒިފުލީން

    ގދ.ތިނަދޫގެ ޑޯޓުޑޯ ނަތިއްޖާ ތަކުން ފެންނަނީ އިންތި މާބޮޑަށް ވެސް ކުރީގައުޅޭތަނެވެ. ތިނަދޫއަށް ލާރިބެހިޔަސް ފައްޔާޒުއަށް ތިނަދޫ އިން ކާމިޔާބުވުމަކީ ނާދިރު ކަމެކެވެ

    6
    1
  7. މަރީނާ

    އާޒިމް ވެސް ކުރިން މައުމޫނަށް ސަނާ ކިޔަމުން ދުވި އަންނި އަށް އެއްޗެހި ކިޔަމުން. މިހާރު ސަނާ ކިޔަނީ އަންނި އަށް. ލަދު ކޮބާ

  8. މާސްޓަރ

    އޭރު ތިބޭފުޅުން އޮޅުވާލައިގެން އެކަން ކުރަން އުޅުނީމަ ފަޅާއެރީ. އެހެންވީމަ އެންމެން ހަމަމަގައް ރުޖޫޢަވީ!

  9. ނޭފަރު ފުޅު

    އޭ އިމްތިޒާޒު، ކަޔޭ މަހައް ދޭބެޔާ ދޭބެޔާ ދޭބެޔާ ދޭބެޔާ ދޭބެޔާ ދޭބެޔާ ދޭބެޔާ ބެޔާ ބެޔާ ބެޔާ ބެޔާ ބެޔާ ބެޔާ ބެޔާ ބެޔާ ބެޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ ޔާ.....

  10. ބުއްޅަބޭ

    ކަލޭމެންގެ ދެފުށްކެހެރިކަން ތީގެންވެސް އެނގެނީ

  11. ސަޕޯޓް

    ނުފޫޒާއިހެދި މަޖުބޫރުވީމާ އޭރު ދެކޮޅުވީ. މިހާރު ފައްޔާޒު ހޮވަން ޖެހޭ ކަން ޔަގީން