ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ހޯދައި ދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސްކަމަށާއި އެކަން ނުކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިލްތިމާސް ކުރައްވައިފިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ޚިޔާލުތަފާތުވެފައިވާ މި ދަނޑިވަޅުގައި ނަޝީދު ވަނީ މި ސަރުކާރު މިހާރު ކުރިއަށްދާ ގޮތަށް ބަލައި 2023 އެމްޑީޕީއަށް ގެއްލިދާނެ ކަމަށް ވިދާޅުވެފައެވެ.
މިގޮތުން އެމްޑީޕީ އަދި ޕީޕީއެމްގެ އިއްތިހާދެއް ހެދުމަށް ރައީސް ޔާމީންގެ އެހީ ހޯދުމަކީ އެންމެ ރަނގަޅުގޮތްކަމަށް މިދިޔަ ޖުލައި މަހު ނަޝީދު ވިދާޅުވި ހަބަރެއްގެ ޕޯސްޓަކާއެކު ނިހާދު ވިދާޅުވީ، އެމްޑީޕީން އުފެއްދި މި ސަރުކާރު ރައީސް ޔާމީނާއި ގުޅިގެން ވައްޓާލުމަކީ ލިބޭނެ އެންމެ ބޮޑު ގެއްލުންކަމަށެވެ.
އެހިސާބުން ދެން އެނބުރި ވެރިކަމަށް އަންނާކަށް ރައީސް ޔާމީންމެން ފުރުސަތު ނުދޭނެކަމަށް ވިދާޅުވެ ނިހާދު ވަނީ ޔާމީނަށް ވެރިކަން ހޯދައިދިނުމަކީ ނަޝީދު ހައްދަވާނެ އެންމެ ބޮޑު ގޯސް ކަމަށް ވިދާޅުވެފައެވެ.
MDP in ufedhdhi mi sarukaaru Yaameeh aai gulhigen vattaalumakee Alhugandumenah libeyne Enme Bodu gellun! E hisaabun, dhen emburi verikamah annaakah YAG meneh Furusath Eh nudheyne! Eynaa ah verikan hoadhai dhinumakee hadhaane Enme bodu goas! Thiyahen nahadhdhavaa Raees! pic.twitter.com/ElclkMAeC4
— Feydhoo Meehaa (Mohamed Nihad) (@nihad_m) May 11, 2022
"އޭނާއަށް ވެރިކަން ހޯދައިދިނުމަކީ އެންމެ ބޮޑު ގޯސް! ތިޔަހެން ނުހައްދަވާ ރައީސް!" ނިހާދު ވިދާޅުވިއެވެ.
ނިހާދު މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ވަނީ ކުރައްވާފައެވެ.
ރައީސް ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ ދެމެދުގައި ހިޔާކުތަފާތުވުން އޮންނަތާ ދުވަސްތަކެއް ވެފައިވާއިރު އެ ކަމާއި ހުރެ އެމްޑީޕީ ވެސް ވަނީ ދެކަފިވެފައެވެ.
ނަޝީދު ވަނީ މީގެކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށާއި, ރައީސް ޔާމީންގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުން ވަނީ ޔާމީނަށް ވެރިކަން ދޭން. ތަރައްޤީ އަށް ޓަކައި.
ނިހާދު އަކީ މޮޔައެއް!
ނަޝީދު އަތުން އެމް ޑީ ޕީ ފޭރިގަތުމާއި، ސިޔާސީ ބާރު ކަނޑުވާލުން މިއީ ގަބޫލު ކުރެވޭނެ ކަމެއްނޫން. ނަޝީދު ޔާމީނާ ގުޅެން މާލަސްވެއްޖެ.
ނަޝީދު އަތުން އެމް ޑީ ޕީ ފޭރިގަތުމާއި، ނަޝީދުގެ ސިޔާސީ ބާރު ކަނޑުވާލުން މިއީ ގަބޫލު ކުރެވޭނެ ކަމެއްނޫން. ނަޝީދު ޔާމީނާ ގުޅެން މާލަސްވެއްޖެ.
އެހެނެއް ނޫން. އޭނަ އެއުޅެނީ އޭނަ ރާއްޖޭގަ ހިންގާލާފަހުރި ޖަރީމާތަކުގެ ހުކުންތައް ތަންފީޒު ކުރާހިތުން..
ޝުކުރިއްޔާ އައްޑު ކަލޯ
ނަޝީދަކަށް އެހެން މީހަކަށް ވެރިކަން ހޯދާދޭޖަށް ނޫޅެވޭނެ. އެންމެ ކުޑައީރުއްސުރެ އެކުވެރި އަދި ހަމަ އެމް.ޑީ.ޕީ މީހާވެސް ކުރިމަތި ލާފާނޭތީ ކެތްނުވެގެން އެއުޅޭގޮތް ... އެއީ މިސާލެއް.
ޔާމީނަށް ވެރިކަން ދިނުމަކީ ގައުމީ ވާޖިބެއް
ބޯގޯސް
ނިހާދަކީ ހަމާގައިހުންނަ ގޮލައެއްނޫނޭ އަބަދުވެސް ހުންނާނީ ދެބަންދިހާރުގައި.
ސެޓީ އަކީ ބޯގޯސް އާއިލާކުން އައިސްފަ ހުރި ގޮލެއެއް. އެހެންވީމަ ކިޔޭ ނުކިޔޭ ނޭގޭނެ.
ބޮޑު ވަގަކަށް ދޭން ދޮއްތޯ.
ވަގުންނަށް ހީވާނީ އެހެންމީހުންވެސް ވައްކުން ކުރާނެހެން އެހެންވެ ޔާމިނުގެ ބޮލުގަ ވަގު ބަދުނާމު އަޅުވަގެން ހުރިހާވަގުންސަލާމަތް ވާންވެގެން ޔާމިނު ބޮލަށް ކަނޑަނީ މިސްކިތު ހުޅުޖެހިމީހާވެސް ތިމަންނަޔޭ އެބަކިޔާހޭ އެހެންހެން މިތިބީ ހުސްވަގުން 5އަހަރުތެރޭ ލިބުނު ބިލިޔަނުން ލާރިތަށްކޮބާ ވީކަމެއް ކޮަށްދިންކަމެއް ކުރެވުނު ތަރައްގީއެއް ގައުމ 50އަހަރުބފަހަތަށް ސޮއްސާލީ ވަގުންގެ ޖިބުތަށް ފުރާލާގެން ތަންމަތި ބަނދެގެން ފިލަން ރެޑީ އެވަނީ އިންޑިޔާގެ ނިވަލަށް ވަދެ ހިލާއެހެން ވިޔަ ނުދޭނެ ދިވެހިންނެއް ފެންނަންހުރި ބިނާއެއް ބުނެބަލަ ވަގުންނަކީ ކޮންބައެއްކަން އިނގެޔެއްނުން
އޭބަލަގަ މިހިރަ ބޮލުރޮދި ކެނޑިފަހުރި މޮޔަމީހާ ރައީސް ޔާމީނެއް ނޫޅޭ ކަލޭމެން ޖަހާސަކަރާތެއްގެ ތެރެޔައްވަންނާކައް
ބޮޑުވަގުކަލޭގެ ހުރީ ސަލާމަތުން އަދިހައްޔަރެއްނުކުރޭ ހިޔެއްނުވެ މިދައުރުގަ ހައްޔަރުކުރެވޭނެހެން ނަޝީދުއައްވެސް ވިސްނޭ މިސަރުކާރަކީ ރައްޔިތުންނައް ތަރައްޤީ ގެނެސްދެވޭނެ ސަރުކާރެއްނޫންކަން ރައްޔިތުންނައް ތަރައްޤީ ގެނެސްދެވޭނީ ރައީސް ޔާމީންއައްކަން އެހެންވީމާ އެވާހަކަ އެބުނަނީ ބޮލުރޮދި ކެނޑިފަ ހުންނަމީހަކައް ނުވިސްނޭނެ ރަނގަޅާ ނުބައި
ބޮޑުވަގުކަލޭގެ ހުރީ ސަލާމަތުން އަދިހައްޔަރެއްނުކުރޭ ހިޔެއްނުވެ މިދައުރުގަ ހައްޔަރުކުރެވޭނެހެން ނަޝީދުއައްވެސް ވިސްނޭ މިސަރުކާރަކީ ރައްޔިތުންނައް ތަރައްޤީ ގެނެސްދެވޭނެ ސަރުކާރެއްނޫންކަން ރައްޔިތުންނައް ތަރައްޤީ ގެނެސްދެވޭނީ ރައީސް ޔާމީންއައްކަން އެހެންވީމާ އެވާހަކަ އެބުނަނީ ބޮލުރޮދި ކެނޑިފަ ހުންނަމީހަކައް ނުވިސްނޭނެ ރަނގަޅާ ނުބައި ރައީސްޔާމީނަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ރަސްގެފާނު
ނޭގިގެންްެވެސް ތިދެނެވީ ތެދުފުޅެ ވ.ސަލާން
ނަޝީދުގެ މަސަތްކަތުން މަޖިސްތެރެ އަށް ވަދެވުނީމަ ލަދެއް ހަޔާތެއް ނެތި ނަޝީދު އައް ބަވަނީ
އެއްވެސް މީހަކަށް ވެރިކަން ހޯދައިދޭން އޭނަ ނޫޅޭނެ ކަމާއި އޭނައަކީ ވެރިކަމާހުރެ ހެސްގަނެ ބުރާންތި އަރާފަ ހުރި ގޮލައެއްކަން ނޭނގޭ ބީތާއެއް މަޖިލިސް ގޮނޑިއަށް އެރުވި ފޭދޫ މީހުންގެ ހާލާމެދު ހަމްދަރުދީވަން.
ވެރިކަމަކީ މާތްﷲ ދެއްވާ އެއްޗެއް، ނިހާދުދޭ އެއްޗެއްނޫން، އެވަރު ތިނިހާދަށް ނޭގުނީތީ ހިތާމަކުރަން. މިކަހަލަ މީހުން މިގައުގަ ގިނަވީމަ ގައުމު ތަރައްގީ މިނުވަނީ.