ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމްއަކީ ގާސިމް އަކީ "ލިމިޓްލެސް" (ނިމުމެއް ނެތް) ހިތެއްގެވެރިއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރޭ ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ސިޔާސީ މަސައްކަތުގަވެސް އަދި އާންމު ދިރިއުޅުމުގަވެސް މިހާތަނަށް ބައްދަލުވެވަޑައިގެންނެވި އެންމެ ވިސްނުންތެރި، އެންމެ ހިކުމަތްތެރި ސިޔާސީ ލީޑަރަކީ ގާސިމް ކަމަށެވެ.

"އަޅުގަނޑު މިހާތަނަށް ބައްދަލުވި އެންމެ އޯގާތެރި ދިވެހި ރައްޔިތަކީ ގާސިމް, ގާސިމް އިބްރާހިމްއަކީ ހިތްބޮޑު، އެހިތެއްގެ ޖާގަ އެންމެގިނަ ރައްޔިތުންނަށް އޮތް ނުވަތަ "ލިމިޓްލެސް" ހިތެއްގެވެރިއެއް" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ގާސިމްއާ އެއް ޕާޓީއެއްގައި މަސައްކަތް ކޮށްލަން މިލިބުނު މަސްދުވަހުގެ ތެރޭގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވިއްޖެ ކަމަށެވެ.

"ކޮންމެ މީހަކުދޭ ޚިޔާލެއްވެސް އަޑުއައްސަވާ އަދި ޚިޔާލަކީ ގާސިމް އިބްރާހިމްއާ ތަފާތު ޚިޔާލެއް ކަމުގައިވިޔަސް، އެޔަށް ވިސްނަވާ ވަރަށް ޖާގަ ދެއްވައިގެން ޑިމޮކްރަޓިކްކޮށް ނިންމުންތައް ނިންމަވާ ލީޑަރެއް" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، އާންމު ވިސްނުމަކުން ބައެއްފަހަރު ވިސްނާލީމަ އަޖައިބުވާވަރުގެ ކަންތައްތައް ގާސިމް އިބްރާހިމް އެބަކުރައްވާ ކަމަށެވެ.

"ރާއްޖޭގެ ރައީސްކަން ކޮށްލުމަށްޓަކައި ނުވަތަ ނުވަތަ ތަނެއް ލީޑްކޮށްލުމަށްޓަކައި އޭގެ ކޮމްޕްލީޓް ޕެކޭޖް ހިމެނިގެންވާ ތަޖުރިބާކާރު މުފައްކިރެއް ގާސިމް އަކީ, ކޯލިޝަން ތެރޭގައި ހުރި އުދާސްތައް ހަމަޖައްސަވަމުން، ދޫދެއްވަމުން، ވަރަށް ބައިވަރު ދޫތައްވެސް ދެއްވި ގާސިމް އިބްރާހިމް. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކޮމްޕްލީޓް ޕެކޭޖެކޭ އަޅުގަނޑުމެންގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމްއަކީ" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މިތަޖުރިބާއަކީ، މިފުރުސަތަކީ މަދުންނޫނީ މީހަކަށް ލިބިގެންދާނެ މުހިންމު ތަޖުރިބާއެއް ކަމަށާއި އިރާދަކުރެއްވިއްޔާ އިޚްލާސްތެރި ކަމާއެކު ގާސިމްއާއެކު އަދި ޖުމްހޫރީ ޕާޓީއާއެކު ސާބިތުވެ ހުންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ރުޒާނާ ޗޮއްޕަޓު

    އެއީ ކޮންއިރަކުއްސުރެ؟ ކަލޭގެ ބޮޑު ފަލަ އަޑުން "ބޮޑު ބާޣީ" އޭ ގޮވިއިރު ކޮންކަހަލަ ހިތެއް އޮތީ؟

  2. ޑިމޮކްރަޓިސްޓް

    ކޮންމެގޮތަކުން ވެސް ގާސިމްގެ ސިކުނޑި ދޮވެލާފަ ބަހައްޓާ! މުއުމިނެއް ގައިގަ އެއް ހޮރަކުން ދެފަހަރު ކައްޓެއްނުޖެހޭނެ!

  3. ޑިމޮކްރަޓިސްޓް

    ވާހަނުދައްކާ އައްޔާ! ކަލޭ ތިތަނަށް ކޮށްޕިގަތީ އެމްޑީޕީގެ ކަންކަން ފަހިކުރަން ގާސިމުގެ ބޮލަށް ޗިޕްޖަހަން! ކަލޭތީ ހުރިގޮތައްހުރި އެމްޑީޕީއެއް!

  4. އާދަނު

    ހެ ހޭ...! އަލީވަހީދޫ. ތިބާގެ ވަޒީފާއަކީ މިއަދު ތިޔައީ. ތިޔަކަމުގައި ބާރަށް ކުރިއަށް. ކުރިއަށް ބާރަށް. ރަނގަޅަށް އުޅުނިއްޔާ ރަނގަޅުވާނެ.

  5. ގާސިމްގެދަރި

    އާނ އެކެވެ. ތިޔަކަން އަޅުގަނޑުމެނަށް އެނގެއެވެ. ހަހަހަ

  6. މޯޖޯ

    އިސްލާމީ ދައުލަތެއްގެ ކޯޓަކުން ކުރި ޙުކުމަކަށް ތަބަޢަ ނުވެ ދޮގާއި މަކަރާއި ޙީލަތުން ފިލައިގެން ގޮސް ރާއްޖޭން ބޭރުގައި އެހުރީ އޭނާގެ މާތްކަމުންތަ؟ ކަލޯ އައްޔާ ކަލޭ ބޯބޮޑު އިނގޭ! ތިހެން ގޯނިފުލަށް ލީވަރަކަށް ކަލޭގެ ޖީބަށް ރަނގަޅުވާނެ!

  7. އުމަރު

    އޮޅުމަކުން ނަމަވެސް ތިޔަ ވިދާޅުވެވުނީ ހަމަ ރަނގަޅަށް. ދުވަހަކުވެސް ހިތްޕުޅެއް ނުފުރޭނެ. މިހާރުވެސް ޖެހިގެން އުޅުއްވާ ބައްޔަކީ މިއީ ނޫންތޯ؟

  8. ޙަމޭ

    މިހާރު ކޯންޗެއް ހުސްވީ. ލާރިކޮޅު ހުސްވީތަ

  9. ސާގިބު

    އެތިކޮޅު ލިބޭތީދޯ؟

  10. މަލަކުރި

    ފައިސާ ގަނޑެއް ހޯދަނީ

  11. އިބްރާހިމް

    ގާސިމައްވުރެން އައްޔަ ބޯރަގަޅުހެންހީވަނީ.

  12. ވިސްނާ

    ޢަލީވަޙީދު ވިދާޅުވެލެއްވި ވާހަކަތަކުގައި ގަބޫލްނުކުރެވޭ ކަންތައްތަކެއް އެބަހުރި އެއީ ޔާމީން ސަރުކާރުހިންގަންފެއްޓެވުމުން ގާސިމް ވިދާޅުވެފައިވޭ މިސަރުކާރުންފާޚާނަސާފްކުރަންޖެއްސެވިނަމަވެސްއެކަންކުރައްވާނެކަމަށް ނަމަވެސްމަޖުލީހުގެރައީސްކަންލިބިނުލެއްވިހިސާބުންގާސިމްފެންނަނީތެދުވެރިބޭފުޅެއްގެކިބައިން ފެންނަކަހަލަ ސިފަތަކެއްނޫން ނަޝީދަށް ނިސްބަތްކުރައްވާ ވިދާޅުވެލެއްވިމޮޔަފުޅު އަދި ވިދާޅުވި އެއްހަރަކުން 2ފަހަރު ކަށިިނުޖެހޭނެކަމަށް ނަމަވެސް މިހާރު ނަޝީދު ސިފަކުރެވޭ ގާސިމްގެ ހިމާޔަތުގައި ހުންނެވިބޭފުޅެއްގެގޮތުގައި އަދި ގާސިމްސިފަކުރެވޭ ނަޝީދުގެ ހިމާޔަތުގައި ހުންނެވި ބޭފުޅެއްގެ ގޮތުގައި މީގެކުރިން ފެނުނުމަންޒަރުތަކަށް ބަލާފައި ޢަލީވަހީދު ވިދާޅުވި ވާހަކަފުޅުން ގާސިމަކީ ކޮންކަލަބޭފުލެއްތޯ ދިރާސާކުރާ
    ވާހަކަދަންނަވަން

  13. ާއަލީ

    ޙަމަ ލާރި ހޯދުންނޫން ދެވަނަ ކަމެއް ނެތް

  14. ހަބޭސް

    ކަނަމަދު ވިއްކައިގެން ގަތް ފްލެޓުން ލިބޭވަރު އަދިވެސް މަދީތަ ޤާސިމު ހައްދައިގެން އެފަކީރު ފެލާހުސްކުރަން ތިދިމާކުރީ ސާބަސް ބޯކާ

  15. ޤާދިރު

    "ގާސިމްއާ އެއް ޕާޓީއެއްގައި މަސައްކަތް ކޮށްލަން މިލިބުނު މަސްދުވަހުގެ ތެރޭގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވިއްޖެ ކަމަށެވެ." ޕާޓީގެ ކޮންމަސައްކަތެއް ކޮށްގެން ތަޖުރިބާތަކެއް ލިބުނީ. ރަނގަޅު ޤާސިމު ބޮލަށް ތެއްގޯނި ފައްތަ ފައްތާ ހުރުން ތީ މިހާރަށް އެންމެ ރަނގަޅު މަސައްކަތް.

  16. ބޮޑުހަސަންބެ

    ގޯނި ފުލައް.... ގަސިމް ވިސްނާތި

  17. ކަޅުސޮރު

    ލިމިޓްލެސް ވީމަ އެހާއ އަވަހަށް ހިތުގަ އެމައްސަލަ ޖެހެނީ

  18. ކިނާރީ

    ނަށީދު ވެރިކަން ވައްޓަން ޖާނާއި މާލުން ގުރުބާންވެ އެކަން ކާމިޔާބު ކުރުމަށްފަހު އެތުރަކަށް ކަށިނުޖެހޭނެކަމަށް ބުނެ އަދިވަހަކުވެސް ނަށީދު މިގައުމުގެ ވެރިކަމަށް ނާންނާނެ ކަމަށް ބުނުމާއި އެކު ހުތުރުކޮށް އެކިޕޯޑިއަމް ތަކުގައި ނަށީދަށް ބަވައި ނަގާފައި މިއަދު މިފެނިގެންދަނީ ދޮޅުއަހަރުގެ ސަރުކާރެއް ގެންނަން ނުވަތަ ނަށީދު ވެރިކަމަށް ގެނައުމަށް ގާސިމްގެ އަނބިދަރިންގެ ވެސް އެހީތެރިކަމާއެކު ކުރަމުން އަންނަ މަންޒަރެވެ. މިކަން ނޭނގޭ ބަޔަކު ކާރީގައި މިޔައީ ތޮއްޑު މޮޅުކަރާ ގަނޭބާ ކިޔާ ގޮވުން މާ އައުލާކަން ބޮޑު.

  19. މިގޭ

    މިހާރު ހާދަ މައިތިރިކޮށޭދޯ ތިހުރީ. ތިތާހުރެވޭނީ ތިކަހަލަ ސަނާކިޔައިގެން. ބޮޑު ބާޢީީއޭގޮވި ހަނދާން އެބަހުރިތަ !

  20. ގާބެ

    އައްޔާ ތިހާ ފާޅުގަ ގާސިމަށް މަލާމާތްކުރަން ހެޔޮނުވާނެ... ތީގެ މާނައަކީ "ބުރުމާއަކަށް" ތަފާތު ސައިޒުގެ ކަށި ކިތަންމެ ފަހަރަކުވެސް ޖެހިދާނޭ..... މަވާ ސަލާމް....

  21. ތިކަން އެނގޭ

    އަނބިންނާ، ދަރިންގެ ޢަދަދަށް ބަލައިލިއަސް ތިކަން ހާމަވެއެވެ.

  22. ބުރުމާމަ

    ބޯނެތް ބުރުމާ ތިގޮތަށް ގޯނިފުލަށް ލައިގެން އުޅުމުން، ކަލޭ ބޭނުންވާ ވަރަށް ފައިސާ އޭނައަތުން ލިބޭނެ، ތީއެކަމު އެއްކަލަދުވަހު ފަލައަޑުން ކަލޭ "ބާޣީ" އޭ ގޮވި އެކެއް ދޯ؟

  23. ވަނދުކަރާ

    ތިބުނަނީ އޭނައަކީ ހިތެއްނެތް ހިމާރެކޭ؟

  24. ބަރުގޮނު

    ޢަލީ ވަޙީދަށް އޮންނާނީ " ހަކުރު ދެންޏާ ބޮޑުބޭބެ " އުސޫލުކަން ނުދަންނަ މީހަކު މިރާއްޖެއަކު ނުހުންނާނެ. ޤާސިމަކީ އެހެންމީހުން ބުނާ އެއްޗަކަށް ބަލާ ވިސްނާ މީހެއްނޫން. އޭނަޔަށް ފެންނަ ގޮތްނޫން އެހެން ގޮތެއް ގަބޫލު ކުރެވޭނެ މީހެއްވެސްނޫން. އެހެން މީހަކު ގާސިމާ އިދިކޮޅު އެއްޗެއް ބުނެފިނަމަ ގަދަޔށް ރުޅި އައިސް ، ހަޅޭއްލަވާ މީހެއް. އޯގާތެރި ކަމުން މީހުންނަށް ވަރަށް ފާޑުފާޑުގެ " ބޯއެއްޗިހި " ކޭސްކޭހުން ދޭނެ. މިކަމަށް ވިލާގައި އުޅޭ ތެދުބުނާ މުވައްޒަފުން އެއްބަސްވާނެ. "

  25. ހުސެނުބޭ

    ލިމިޓްލެސް ހުރީ އަނެއް އަތަށް! މުއައްޒަފުންގެ މުސާރަ ލިބެމީ މަސް ދެބައިވާ ފަހުން. ސާވިސް ޗާޖެއްނުދޭ! ޅޮސް އުދޯއްޔަށް އެރުމުގައި ލިމިޓްލެސް. ރިޝްވަތުދިނުމުގައި ލިމިޓްލެސް. މިވާހަކަ ދޯ ތި ބުނަނީ!

  26. ހުސޭނުބޭ

    އެކަމަކު ބުރުމާއަކަށް ބޭނުންވަގުތެއްގައި ބޭނުން ވައްތަރެއްގެ ކައްޓެއް ޖެހޭނެ!

  27. މާމިގިލީ މަހަމޫދު

    ގާސިމު ކިހާވަރެއްތަ ދިނީ ކަރާ ވަހީދޫ ކަލެއަކީ އަބަދުވެސް ތިހިން އުޅޭ މީހެއްކަން އެންމެނައް ވެސް އެގެޔޭ ތަންތަނުން ފްލެޓްތަކާ އެއްޗެހި ގަތީވެސް ބައްޕަ ބޯޓުދަތުރު ކޮއްގެނާ މަންމަ ބިޑި އަބުރައިގެން ލިބުން ލާރިން ނެއްނުން.