ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ތައުފީގް (ޝޭޑީ ކެބިން ތައުފީގް) އަވަހާރަވެއްޖެއެވެ.

ޝޭޑީ ކެބިން ތައުފީގް އަވަހާރަވެފައި ވަނީ ސްޓްރޯކެއް ޖެހިވަޑައިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ގެންދަވަނިކޮށެވެ. ތައުފީގް އަވަހާރަވިއިރު މުރުފުޅަކީ 66 އަހަރެވެ.

އޭނާ އަވަހާރަވިއިރު، ފަސް ބޭފުޅުންނާއި، އަނބިކަނބަލުން ދުނިޔޭގައި އެބަތިއްބެވެ. ޝޭޑީ ކެބިން ތައުފީގަކީ ތަކެތި ކުއްޔަށް ދިނުމުގެ ވިޔަފާރީގައި ނަން ހިނގާ ބޭފުޅެކެވެ.

ޝޭޑީ ކެބިން ތައުފީގް މަޝްހޫރުވެފައި ވަނީ އާއިލާގެ ބޭފުޅުން ޕައިލެޓްކަމުގެ ދާއިރާއަށް ނެރުއްވާ ބޭފުޅެއްގެ ގޮތުގައެވެ. ޝޭޑީ ކެބިން އާއިލާގައި 15 ޕައިލެޓަކު އެބަތިއްބެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އޭނާގެ އިސްނެންގެވުމާއި އެކު އާއިލާ ބޭފުޅުންގެ ނަންމަތީގައި މިސްކިތެއް ވަނީ ބިނާކުރައްވާފައެެވެ. އެ މިސްކިތް ހުންނަނީ ރައްޔިތުންގެ މަޖިލިސް އިދާރާގެ ފުރަގަހުގައެވެ.

2015 ވަނަ އަހަރުން ފެށިގެން ޝޭޑީ ކެބިން ތައުފީގް އުޅުއްވީ އާލާސްކަންފުޅުގައެވެ. އޭނާ އަކީ ގިނަ ބަޔަކަށް އެހީތެެރިކަން ފޯރުކޮށްދެެއްވި ބޭފުޅެއްވެސް މެއެވެ.