އިއްޔެ އަވަހާރަވި ޔޫއޭއީގެ ރައީސް ޝައިޚް ޙަލީފާ ބިން ޒައިދު އަލް ނަހުޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔޫއޭއީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާ މަބުރޫކު އަޒީޒު ވިދާޅުވެފައިވާ ގޮތުގައި، ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި ރައީސް ފުރާވަޑައިގަންނަވާނެއެވެ.

ޔޫއޭއީގެ ރައީސް އަވަހާރަ ވުމުގެ ހިތާމާގައި، އެގައުމުގެ މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއަރޒްއިންވަނީ، ހުކުރު ދުވަހުން ފެށިގެން، 40 ދުވަހު ހިތާމަ ފާޅު ކުރާގޮތަށް ހަމަޖައްސާފައެވެ. އަދި ސަރުކާރު އޮފީސްތަކާއި އަމިއްލަ ތަންތަންވެސް 3 ވަސް ވަންދެން ބަންދު ކުރާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ހަމައެހެންމެ އެކަމުގެ ހިތާމާގައި، ދިވެހި ދިދަވެސް ތިން ދުވަސް ވަންދެން ބައި ދަނޑިއަށް ތިރި ކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމައިފައެވެ.

ޝައިޚް ޚަލިފާ ބިން ޒައިދު ޔޫއޭއީގެ ރައީސްކަމާއި، އަބޫދާބީގެ ވެރިޔާގެ އަދާކުރައްވަމުން އަންނަތާ މިއަހަރަށް 18 އަހަރު ވަނީ ފުރިފައެވެ.

ޔޫއޭއީގެ ރައީސް ޝައިޚް ޚަލިފާ ބިން ޒައިދު އަވަހާރަވެފައި ވަނީ އުމުރުފުޅުން 73 އަހަރުފުޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    ކޮއްޓާލަންވާ ލަސް. ދައުލަތުން އެތަކެއް މިލިއަން ޚަރަދު.