ލާދީނީ ބޭފުޅެއް ކަމަށް ގޮވާތީ ވަރަށް "ހިތުގައި ޖެހޭކަމަށް" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލުން ގެނެސްދިން "ހަވާސާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމިނުކުފާނާއި ދިމާލަށް ލާދީނީ ބުނާ މީހުން ތިބޭ ކަމަށާއި ނަމަވެސް އެމަނިކުފާނަކީ އުމުރުން 7 އަހަރުގައި ހަތިމު ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ބަރާބަރަށް ނަމާދު ކުރައްވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނާޝީދު ވިދާޅުވީ، އެމަނިކުފާނާ ދިމާއަށް ގަންޖާބޯއޭ އަދި އެނޫން ވެސް ނަންތައް ވިދާޅުވިޔަސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް، ލާދީނީއޭ ކިޔުމުން ވަރަށް ހިތުގައި ޖެހޭކަމަށެވެ. އަދި ބައެއް ފަރާތްތަކުން އެހެން ކިޔާތީ އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅު ވެސް ހިތާމަ ކުރައްވާނެކަން ޔަގީންކަމަށް ވެސް ވިދާޅުވިއެވެ.

"ލާދީނީއޭ ބުނީމަ އެއީ ވަރަށް ހިތުގަ ޖެހޭ ކަމެއް. އެއީ ވަރަށް ހިތަގަ ޖެހޭ ކަމެއް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ބައެއް ބޭފުޅުން އެފަދަ ލޭބަލެއް އެމަނިކުފާނުގެ ބޮލުގައި އަޅުވި ނަމަވެސް ވާދަވެރި ސިޔާސީ ފަރާތްތަކަށް އެމަނިކުފާނަކީ ކާކު ކަމާއި ބޮޑުވެފައި ހުރި ގޮތް ވަރަށް ރަނގަޅަށް އެނގިލައްވާނެ ކަމަށެވެ. އެހެން ކަމުން އެގޮތަށް ލާދީނީއޭ ގޮވަނީ "ތަދުވާ ތަނުގައި ޖެހެމުގެ" އިތުރުން ސިޔާސީ މަޝްރޫއުން ބަލި ކޮށްލަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އެފަދަ ތުހުމަތުތައް ކުރާ ފަރާތްތަކުން އެމަނިކުފާނު ކުރިން ބައެއް މުނާސަބާ ތަކުގައި ދައްކަވާފައި ހުންނަ ބައެއް ވާހަކަފުޅުތައް ހެކީގެ ގޮތުގައި ބޭނުންކުރެއެވެ.

އެގޮތުން ބައެއް ފަރާތްތަކުން ދައްކާ އެއްވާހަކައަކީ، ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ބައެއް ކަންކަމަށް އިޝާރާތް ކުރަށްވައި އެނޫން އެހެން ގޮތެއް ބޭނުންވާކަމަށް ވިދާޅުވެފައިވާކަމަށް ބުނެ ދައްކާ ވާހަކައެވެ.

އެކަމާއި ގުޅޭގޮތުން މިއަދު އެމަނިކުފާނު ވިދާޅުވީ، ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތް ނޫން އެއްޗެއް ބޭނުންވާކަމަށް އެމަނިކުފާނު އެއްވެސް ތަނެއްގައި ވިދާޅުވެފައި ނުވާނެ ކަމަށާއި އަދި އެފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ރަން ރީނދޫ

    އެ އޮތީ އެލެކްސް އަހުމަދު އެކައުންޓުން ކުރިހާ ލާދީނީ ޓުވީޓް ތައް. އެ ތަކެތި ވައްދަނީ ކޮން ކެޓަގަރީ އަކަށް ތަ؟ ބޮލެއްވެސް ހުރީކީ ނޫން. މި އަހަރު ތެރޭ އެ ވަގު އެކައުންޓަކީ ތިމަންނާ އެކައުންޓެއް ކަމަށް އެއްބަސްވެ،މޮހަމެޑް ނަޝީދު އަން އޮފިޝަލް އަށް ނަން ބަދަލު ކުރީ. ހުރިހާ ދިވެހިންނަކީ މޮޔައިންނެއް ނޫން.

    55
    • ޒިކް

      އޭނާ ކިޔާ އެއްޗެތި އިދިކޮޅަށް މާނަ ކުރަންޖެހޭބީ.. އެ ބުނަނީ ތިމަންނާ ވަރަށް ލައިކްވެއޭ ލާދީނީ ކިޔާތީ ގިނައިން އެހެން ކިޔާށޭ!! މީނާ މިހެން ބުނީނަ މީނާއާ ދެކޮޅު މީހުން ގިނައިން ކިޔާނެކަން އެނގޭނެ އެހެންވެ މީޑިއާގަ އެހެން އެ ބުނީވެސް

      13
    • ރައްޔިތުމީހާ

      ކިޔާއެއްޗެއް އެކިޔަނީ ބަހައި ޢަމަލަށް ރިޢާޔަތްކޮށްފަ އެހެންވީމާ އެކަން ބަދަލުކުރަން ބޭނުންނަމަ އެބަޖެހޭ ހުރިހާ ކަމެއްވެސް ވަރަށް ބޮޑަށް ބަދަލުކޮށް އިޞްލާޙް ވާން އަދި ފުރުޞަތު އެބައޮތް ހެޔޮވިސްނުން ދެއްވައި ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤް މިންވަރުކުރެއްވުން އެދެނ

      4
      1
  2. ޙަޒާ

    ލދނ އަށް ވުރެ ވަޖިން ރަނގަޅު ލަގަބެއް ނެތް.
    ދެއްކޭ ނުދެއްކޭ ވާހަކަ ހަނދާންނެތުމަކީ ބައްޔެއް

    34
  3. ލާދީނީ

    ލާދީނީއޭކިޔަނީ ހަމަ ލާދީނީވީމަ. ލާދީނީއޭކިޔަނީ ﷲގެ ހުކުމްތައް ދޮގުކޮއް އެހުކުމްތަކައް ގޮންޖައްސަވާ ތިމާއައްފެންނަ ނޫނީ ތިމާގެ ރައްޓެހި ކާފިރުން ގެ ގޮތްފަތުރާތީ.

    41
  4. ދޮހިކަރު

    ދެން ހިތުގަ ޖެހިފަ ހުރެބަލަ. އަހަރެންނަށް ކޮންކަމެއްތަ؟

    35
    2
  5. އެކްޓިވިސްޓު

    ލާދީނީ އޭ ނުވަތަ ދީނެއް ނެތޭ ކިޔުމުހެ ބަދަލުގަ މުސްލިމުންގެ ގިންތީންތެރޭ ހިމެނޭ މީހެއް ނޫނޭ ބުނެވިދާނެ.
    ސަބަބު: 1- ގުރުއާން ހަތިމުކުރާ ކޮންމެ މީހަކީ މުސްލިމެއް ނޫން. އިސްލާމްދީން ދަސްކުރާ ކޮންމެ މީހަކީވެސް މުސްލިމެއް ނޫން. ޕޯޕުންނާ މުނާފިގުންވެސް ގުރުއާންކިޔަވާނަމާދުކުރޭ.

    2- ހުކުމްތައް އިއްވުމުގަ ގުރުއާނާ ސުންނަތް ނޫން އެއްޗެއް ހޯދުމަށް އަމިއްލަ ދުލުން ޑެންމާކުގަ ބުނެފައިވުން. އަދި އެހެން ބުނިކަމަށް އިންކާރުކޮށްފައި ނުވުން.

    މިސަބަބާ ހުރެ އަންނިއަށް ކުރިން އޮތް ތާއީދުގެ ބޮޑުބައި މިހާރު ވަނީ ގެއްލިފަ.

    ފަޔާ ހޮވުނީ ފަޔާ ވީމަކާއެއް ނޫން. އަދި އިބޫ ތާއީދުކުރާތީއެއްވެސް ނޫން. އަންނި ތާއީދުކުރާ ފަޅިއަށް ވޯޓު ނުދޭންވެގެންފަޔާއަށް ވޯޓު ދިން މީހުން ވަރަށް ގިނަ

    40
    1
    • ޞޝޑ12345

      ނާޝީދުވެސް ލާދީނީ ގޮތްގޮތާށް އުޅުނީމަ އެހެންކިޔާނެ ނުން… ރ. ސާލިހު އަކަށް ނުކިޔާ!!

  6. އަލީ

    ދިގު މުނީރާއާ ދިމާއަށް ކެނެރީގޭ ސައްތާރު އައުގުރާނަ ގޮވަމުން މާލޭ މަގުމަތީގައި ދުވިއިރު، ދިގު މުނީރާ ހިތުގައި ޖެހުނުކަން އެނގޭތަ؟ ރައީސް މައުމޫނާ ދިމާއަށް ލާދީނީ މީހުން ގޮޅާބޯ އޭ ގޮވީމާ އެމަނިކުފާނު ހިތުގައި ޖެހުނުކަން އެނގޭތަ؟ ލާދީނީ މީހުންގެ އައްޕަ ވާނީ ލާދީނީ މީހަކަށް. ރަސޫލުﷲގެފާނަށް ފުރައްސާރަކޮށް އިސްލާމްދީނުގައި އޮތް ގޮތް ނޫން އެހެން ގޮތެއް ހޯދަން އުޅޭ މީހާ ވާނީ ލާދީނީ މީހާއަށް.

    35
  7. ހަލީމު

    ކަމަކާ އުޅޭށެވެ!
    ލޯބިން އެކަން ކުރާށެވެ!
    ލަދަކާހުރެ ތަދެއް ނުފިލާނެއެވެ.
    އިތުބާރު އުފައްދާށެވެ!
    ލާދީނީ މީހާއާ އެކުގައެއްނޫނެވެ.
    ކޮންމެވެސް ޞާލިޙު މީހަކާއެކުގައެވެ.
    ބާއަށް ގޮސް ރާ ނުބޯ މީހަކާއެކުގައެވެ.
    ތަކުރާރުކޮށް މިހެން ބުނަމެވެ.

    32
  8. މިތާފް

    ޢަބަދަކު އެންމެނަކަށް އޮޅުވައެއް ނުލެވޭނެ އަދި އޮލްޓަނެޓިވް ނެރޭޓިވަކުން ހަގީގަތް ނުފޮރުވޭނެ.

    29
  9. ބިރަން

    ދެން ޑެންމާކުގަ ދެއްކީ ކޮންވާހަކައެއް ހިންޏަށް ހަކުރުއޮޅުވާލިޔަސް ރަށްޔަތުންނަށް ތިޔަ ނަޝީދެއް އޮޅޭނެހެން ހީނުވޭ .

    29
  10. އުގުރި

    ނަޝީދު ކިހިނެއްތޯ ހާލު ކޮޅު..

    14
    1
  11. ލޮލް

    މީނާ ވަރިހަމަ އިސްލާމީ ޝަރީޢަތާ ބެހޭ ގޮތުން ހިތުހުރި ވާހަކައެއް ދައްކާ، ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަގެ ސުންނަތަށް ހަޖޫޖެހިޔަސް. އަހަރެމެން ތިބެންވީޔޯލަ ބައްތިރީސްދަތް ދައްކައިގެން މީނާގެ ލާދީނީ ވާހަކަތަކަށް އަތްޖަހަން. ރީތިވާހަކަ ދައްކައެއްނު އެބަ. ވައްކަންކުރާ މީހަކާ ދިމާލަށް ވަގެކޭ ބުނާ ބީދައިން، ލާދީނީ ވާހަކަ ދައްކާމީހުންނާ ދިމާލަށް ލާދީނީ މީހުންނޭ ބުނެވޭނެ. ލާދީނީ ކިޔަން ނޭދޭނަމަ ލާދީނީ ވާހަކަ ދެއްކުން ހުއްޓާލާފައި ތައުބާ އިއުލާނުކުރޭ.

    27
  12. އަހުމަދު

    އަލްހާމްދުލިﷲ ނަޝީދަކީ ވަރަށް ރަނގަޅު ސިފަތަކެއް ވެސް ލިބިފައިވާ މީހެއް. ހިތްވަރުގަދަ ޖެހިލުންކުޑަ މީހެއް. ޝާހީ އާއިލާއަށް ނިސްބަތްވިޔަސް ނިކަމެތިންނަށް އަޅާލުމުގެ ވިސްނުން ހުރި މީހެއް. މިކަންކަމުގެ އެންމެ ފުރިހަމަ މިސާލަކީ މާތް ނަބިއްޔާ(ސއވ). ނަމަވެސް ބޭރަށް ކިޔަވަން ދިޔައިރު ގޯސް އިންފުލުއެންސް ތަކެއްގަ ޖެހުނީ ކަމަށް ބެލެވެނީ. އަދިވެސް ވަގުތު އެބައޮތް. މީހާ ދީނީ، އަދި އެއައްފަހު ސިޔާސީ ވަރުގަދަ ލީޑަރަކަށް ބަދަލުވެލަންވީ. އޭރުން ﷲ އަދި ރައްޔިތުންގެ ލޯބިވެސް ލިބޭނެ އިންޝާﷲ

    15
    9
    • ދުއްކާނު

      ކަލޭ ބަލާތި އިބިލީހަށްވެސް ވައި ޖެހޭތޯ..

  13. ސަމީރު

    މަނިކުފާނުގެ އެފަދަ އުޅުމެއް ހުރީތީވެ އެހެން ކިޔަނީ. އަވަހަށް ތައުބާވެ އެންމެހައި ރައްޔަތުންނަށް މަނިކުފާނު ބުއިން ހުށްޓާލިކަން އިއުލާން ކުރިގޮތަށް/އެކަން އިއުލާން ކުރަށްފާ. އެއިރުން ކިޔުން ހުށްޓާލާނަން. ޕުރޮމިސް.

    18
    1
  14. ހުސާމް

    ލާދީނީވީމަ ކިޔާނެ ދޯ، އެ ކިޔާމީހާ ކަސްތޮޅޮ ނާޅުވަންޏާ، ގަރާރަކުން ފާސްކުރުވަންވީނު ލާދީނީ މި ލަފުޒު ބޭނުންކުރުމަކީ ގާނޫނީގޮތުން މަނާކަމެއް ކަމުގައި

    16
  15. ަހުމަދު

    ތި އުލުންވަނީ ލާދީނީއޭ ކިއާތީ ހިތުގަ ޖެހިވަޑައިގެނެންނޫނެވެ. ވޯޓުން ކާމިޔާބު ނުލިބުނީމަ އެކަމާ ހިތްޕުޅު ހަމަޖެހި ވަޑައިނުގަންނަވައިގެެނެވެ. އަދި ވޯޓެއްނެގިޔަސް ބޮޑުތަނުން ބަލިވެ ވަޑައިގަންނަވާނެއެވެ. އަބަދަކު ރައްޔިތުމީހާ ބުއްދިފިލާ ގޮސްފަކާނުހުންނާނެކަން އަހަުރުމެން ހަމައިގާ ތިބޭމީހުން ގަބޫލުކޮށްގެނެއް ނުވާނެ ނޫންތޯ!

    19
    1
  16. ހަވާސާ އިބޫ

    ނަސީދަކީ ލާދީނީ މީހެއް، މާރިޔާއަކީވެސް ލާދީނީ މީހެއް މިހާރުގެ އެޑިޔުކެޝަން މިނިސްޓަރަކީވެސް ލާދީނީ މީހެއް

    21
    1
  17. Anonymous

    ހިތުގަ ނުޖެހޭނެ ލާދީނީ ނުވާނަމަ. ލާދީނީ ކިޔަނީ ކިޔަންޖެހިގެން. ހަގީގަތްތަކެއް ހުރެގެން.

    18
    2
  18. ޒުވާނުން

    އެހެން ގޮވާނެ ފަދަކަމެއް ކުރެވިފައިވާނަމަ މާފަށް އަވަހަށް އެދޭ. އަދި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ދީނީ ކަންކަމާއި މަޝްވަރާކުރާ މަޖިލިސް އުފައްދާ. އަދި އިސްލާމީ ހަމަތަކާ ޚިލާފު ވާހަކަ ދެއްކުން ހުއްޓާލާ ޤައުމާ އަދި އިސްލާމްދީނާއި ގެން ކުރިއަރައިދޭ. ތިޔައީ ﷲ އާއި ރަސޫލާ އަށް ލޯބިވާ ހެޔޮ ޞާލިޙް އަޅެއް. މާތްﷲ މުޙައްމަދު ނަޝީދުއަށް ދެދުނިޔޭގެ ހެވާލާބަ މިންވަރުކުރައްވާންދޭވެއެވެ. އާމީން.

    11
    2
  19. މަޒް

    ލާދީނީ އޭ ގޮވަނީ ގޮވަންވެގެން.. އުޅޭ ވައްތަރުން ގޮވަނީ.. އިސްލާމް ދީނަށް ނަސްރުދޭ މީހެއްގެ ގޮތުގައި ހުރީމާ ލާދީނީއޭ ނުގޮވާނެ. ރަސޫލާއަށް ލޯބި ކުރާކަން ރައްޔިތުންނަށް އިނގުނީމާ ލާދީނީއޭ ނުގޮވާނެ

    14
    1
  20. ރަން ރީނދޫ

    ސިޔާސީ ވެރިން ދީނަށް ހަޖޫޖަހައި ފުރައްސާރަ ކުރީމާ ރައްޔިތުންގެ ހިތުގައި ވެސް ޖެހޭ. އަދި ހިތަށްއަރާ މީ ހާދަ މޮޔަ މީހެކޭ. އަސްލު ވާގޮތަކީ އިސްލާމް ދީނަށް އޮންނަ ހަސަދައިގެ ބޮޑުކަމުން އަނގަ މަޑުން ލައިގެން ވެސްނުހުރެވެނީ.އެހެން ނޫންނަމަ މީނާ އަދި ކޮންމެ ދީނަކަށް އުޅުނަސް ގިނަ ރައްޔިތުން އަޅައެއްވެސް ނުލާނެ.

    18
  21. އުބައްޔު

    އަބްދުﷲ ބިން އުބައްޔު ބިނަ ސަލޫލު ވެސް އުޅުނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކު

    4
    1
  22. ޖީމު

    ހެހެހެ ހިތުގައި ތިޖެހުނީ ލާދީނީ ކީމަކައެއްނޫން ވޯޓުން ބަލިވީމަ ހިތުގައި ޖެހި ފިތުނީ ދެން ކޮން ވާހަކަ އެއް ދައްކާކަށް ހަމަ ލާދީނީ ރަސޫލާއަށް ފުރައްސާރަކޮށް ހެއްދެވި ފަރާތަށް ޖޯކު ޖެހި މީހެއްތީ... އަހަރުންގެ ވޯޓް ޙަރާމްވާނެ ތި މީހާއަށް އެމްޑީޕީއަށްވެސް

    13
  23. ދޫރައްކާތެރިކުރުން

    ހަތަރު މަޒުހަބުގެ ޖުމްހޫރު ޢިލްމުވެރިންގެ ރަޢުޔުގައި ، މީހަކު ދައްކާ ވާހަކަ އެއް އެެއީ އެހެން ގޮތަކަށް މާނަ ކުރެވޭފަދަ ވާހަކައެއް ނަމަ އެމީހަކަށް އެވާހަކައެއްގެ ބުރަދަނަށް ބަލާ ކަމެއް ސާބިތު ކުރުމަކީ ކުރެވޭނެ ކަމެއްނޫނެވެ. ރައީސް ނަޝީދު ދެއްކެވި ވާހަކައެއް މަފްހޫމު ޚުދު އެމަނިކުފާނު ސާފުކޮށްދެއްވާފަ ވަނިކޮށް އޭގެ މައްޗަށް ތިމާމެން އަމިއްލަ ފަހުމެއް ގެނެސް ލާދީނީ ފަދަ ނުރައްކަތެރި ތުހުމަތު ތައް ކުރުމަީ މާތް ﷲ އާއި ބައްދަލުވެ އެކަލާނގެ މަތިވެރިވެ ވޮޑިގެންވާ ޙަޟްރަތުގައި ޖަވާބު ދާރީ ވާން ޖެހޭނެކަން ދަންނަ މީހުން ކުރާނެ ކަމެއް ނޫނެވެ.

    2
    18
    • ހަތަރެސް

      އެހެރީ އެލެކްސް އަހުމަދު އެކައުންޓުން ކުރި ޓުވީޓް ތައް. ސާފު ބަހުން ރަސޫލާއަށް ފުރައްސާރަ ކޮށްފައި. 4 މަޒުހަބެއްނޫން ،6 މަޒުހަބުގެ ޢިލްމުވެރިން ވެސް އިއްތިފާގުން ސާބިތުވޭ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަ ކުރާ މީހާ އިސްލާމް ދީނުން ބޭރުވެގެންވާކަމުގެ މައްޗަށް.

  24. މަރީ

    މިހާރު އެގިއްޖެތޯ ދީނާއި ދެކޮޅު ފިކުތަކައް ދިވެހިންގެ އޮތްނަފުރަތު ދެންދުވަހަކުވެސް ވެރިކަމައް ނާދެވޭނެ އޮތްހަމައެކަނި ދޮރު ބަންދުވީ

    12
  25. ފައްތާހު

    ނަޝީދުގެ އެއްވެސް ވާހަކައެއްގައި “ﷲ” މި އިސްމުފުޅު ބޭނުންކުރި ތަނެއް މަށެއް ނުދެކެން. ޢަދި އަޑެއްވެސް ނާހަން .”ޢަދި ވެރިންނަށް ވެރިކަން ދެއްވާ ރަސްވަންތަ އިލާހު” އަޅަމެއްނަށް އަމުރު ކުރައްވަނީ ރަސޫލުﷲ ގެފާނަށް ސަލަވާތް ކިޔެވުމަށް .. ކާކުތޯ ނަޝީދު ސަލަވާތްކީ އަޑުއެހީ؟
    އެނގޭކަމަކީ ލާދީނިއްޔަތު ފަތުރަން އުފައްދާފައި އޮތް އެއްޗެކޭ އމޑޕ އަކީ..

    12
    1
  26. ޝާނީ

    ރައްޔިތުންގެ ލޮލުގަ އަދުން އަޅުވަން އުޅޭނޭކަމެއްނެތް. ޗެއަރ ޕާރސަންގެ ވޯޓުން ބަލިވުމަކީ ރައްޔިތުންގެ ތާއީދު ކަލޭގެ ފެކްޝަންއަށް ނެތްކަން ޔަގީންކޮށްދިން ހެއްކެއް. ދެންވެސް ވެރިކަމާ ނުތޮޅި، ރައްޔިތުންގެ ބަސްއަހައިގެން ސަރުކާރަށް ނޮހޮރުއްޕާންނުކޮށް މަޑުންހުރެވޭތޯބަލާބަލަ.

    15
  27. ދިވެހި ގައުމު

    އެއީ ލާދީނީ ވީމާ ދޯ؟ ހިތުން ލާދީނީ ވީމާ މުސްލިމުންނާއި ނުރުހޭ ހުރިހާ ބައެއްގެ ލޯބިލިބޭނެ، މިަދު ގަހުން ވެއްޓުނީމާ ތިއުޅެނީ ސައިޒްވެގެން

  28. ަސދަދ

    ފަޔާ ހޮވުނީ ފަޔާ ވީމަކާއެއް ނޫން. އަދި އިބޫ ތާއީދުކުރާތީއެއްވެސް ނޫން. އަންނި ތާއީދުކުރާ ފަޅިއަށް ވޯޓު ނުދޭންވެގެންފަޔާއަށް ވޯޓު ދިން މީހުން ވަރަށް ގިނަ

  29. ޖާނޭ

    މަނުކުފާނުގެ ބަސްމަގު ހުންނަ ގޮތުން އެހެން އެކިޔަނީ. ވޯޓުން ބަލިވީމަ މަންޒަރު އޮޅުވާލައްވަން ނޫޅުއްވާށެވެ.

  30. ސސ

    ނަޝީދު ދައްކާ ލާދީނީ އަދި އިސްލާމްދީނާއި ކަނޑައެޅިގެން ޚިލާފު ޙިޔާލުތަކާއި އަދި ދީނާއި ބީރައްޓިހި އުސޫލުތަކުގެ މައްޗައް ގައުމުގެ ކަންކަން ނިންމަން ކުރާ ބަހުސްތަކުން ރައްޔިތުން އަދި މާބޮޑައް ހިތުގަޖެހޭ.

  31. ޙިތުގަ ވެދުން

    ނުޖެހޭތި ޕުލީސް

    1
    1
  32. މަންތިރި

    ދޮގުހެދުމަކީވެސް ލާދީނީ ކަމުގެ ޢަލާމާތެއް! ޑެންމާކުގަ ދެއްކި ވާހަކައިގަ ލާދީނީ މީހަކަށް ވި ހުރިހާ ވާހަކަ ދެއްކި! ވީޑިއޯ އެއޮތީ މިހާރުވެސް އަޑު އަހަންވީ! އިސްލާމ،ް ދީނުގަ މަނާ ކުރައްވާފައިވާ ހުރިހާ ކަމެއް ނަފީކުރާޒާތުގެ ހުރިހާ ވާހަކައެއް ނަޝީދު ވަނީ ދައްކާފަ! ޑެންމާކު ސްޕީޗް ދެއްވަން ހުންނެވީ މުސްލިމުންގެ އޯޑިއެންށެއްގައި ނޫންކަމަށް ވީހިންދު، ނަޝީދުގެ ދުލުން އެމީހުންނާ މުޚާޠަބުކޮށް "ވީ ޑޯންޓްހޭވް......" އޭ ބުނެ ދެއްކި ވާހަކައިން އެކަނިވެސް ނަޝީދުގެ އިސްލާމް ކަމާ މެދު ސުވާލު އުފެދޭނެ! އެހެނީ "ވީ" އޭ އެ ބުނީ އަޑު އަހަން ތިބި މީހުންނާއި ނަޝީދު އެއް ގިންތިއަކަށް ވެ ހުރެކަން ސާބިތު ކޮށްދޭން!

  33. ގަލަން

    ލާދީނީ ވާހަކަ ތަކުން ދުރުވެ އަވަހައް ތައްބާވޭ ފުރުސަތު ވާނީ ހުލުވިފަ ހުރިހާ އަޅުތަކުންނައް

  34. ސެންޗޯ

    ތިހުންނަ ގޮތުންވެސް އެހެންހީވަނީއޭ ތުބުނޅި ބަހައްޓާލާފައި ފައިކުރި އޮޅާ ހަދާލީމަ އޭރުންކިޔަން ފަށާ ފާނެ ސޭހު އަންނި( އެކަންވާނީ ބަދަލު ތަކެއްގެނެސްގެން )

  35. ކޮއިމަލާ

    މިހާރުތިހިރީ މައުމޫނަވީ ގޮތް ވެފަ ދެން ލަލަލާ

  36. ލައިފް ޖެކެޓް

    އަހަރެންވެސް ވަރައް ހިތުގަޖެހިޖެ ކަލޭ އުޅުނުގޮތުން

  37. ޖާނޭ

    Boan ulhu hoonu sharubathu thi othee e bovifa ey
    Thiyahen dhefai jahaalumakun bin gudaa nehey.

  38. ޕްރިންސް އޮފް ވޭލްސް

    ތިއީ ގައުމު ދުއް އެންމެ ގަދަޔައް އިސްލާމީ ކުލަ ފަޑު ކޮށްލަން މަސައްކަތް ކުރި ރައީސް.
    މީހުންގެ ސަމާލުކަން ހޯދަން ޖަޒުބާތީ ވާން އުޅޭނެ ކަމެއް ނެތް. އ.ހ.