އެމްޑީޕީ ޗެއާޕާސަން ހޮވުމަށް މިހާރު ކުރިއަށްދާ އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ ޓީމުން ވޯޓު އޮޅުވާލުމަށް މަސައްކަތްކުރާކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެއަކީ ދެން އެ އިންތިހާބުގައި ވާދަކުރައްވާ އްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ކެމްޕޭން ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ވައްޑެގެ ޓްވިޓާ އެކައުންޓުގައި ވަނީ ވޯޓް އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް ވިދާޅުވެ ގިނަ ޝަކުވާތަކެއް ކުރައްވާފައެވެ.

އެގޮތުން ގދ. ތިނަދޫ ދެކުނު ވޯޓު ފޮށްޓަށް ވޯޓުލީ މީހުންގެ އަދަދު ދިމާނުވުމުން، ވޯޓް ކަރުދާހުގެ ސުމާރު ނަމްބަރު ގޮވައިދޭން އެދުމުން އެކަން ކޮށްނުދީ ވޯޓުލުން ކުރިޔަށް ގެންދަނީ ގަވައިދާ ހިލާފަށް ކަމަށް ވައްޑެ ކުރި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

އަދި ރ. މަޑުއްވަރީ ދާއިރާ މާލޭ ވޯޓް ފޮށީގެ އޮފިޝަލް އަޙުމަދު ޝައުކަތު، ޑަބަލް ވޯޓް ކަރުދާސް ދޫކޮށްގެން ވަރަށް ފާޅުގައި ވޯޓު އަޅުވަމުން ގެންދާކަމަށް އޭނާ ވަނީ ދިދާޅުވެފައެވެ. އަދި ވޯޓުލާން އައި މީހުންގެ އަދަދަށްވުރެ މާގިނަ ކަރުދާސް އެފޮއްޓަށް އަޅާފައިވާކަމަށް ވައްޑެ ވިދާޅުވިއެވެ.

ފުވައްމުލައް މެދު ދާއިރާ މާލޭ ފޮއްޓަށް ޑަބަލް ވޯޓް ކަރުދާސް އަޅަމުން ގެންދާކަމަށް ވިދާޅުވެ ވެސް އޭނާ ވަނީ ފޮޓޯއެއް އާންމުކޮށްފައެވެ.

"ވޯޓު ކަރުދާސް ފޮޓޯނެގުމަކީ މަނާކުރެވިފައިވާ ކަމެއްކަމުގައި ކަނޑައަޅާފައި ވިޔަސް، ވޯޓު ލުމަށްފަހު ކަރުދާސް ފޮޓޯ ނެގުމާއި، ވޯޓު ކަރުދާހުގެ ފާހަގަ ދައްކާ ކަމުގެ ޝަކުވާ ދަނީ ވަރަށް ގިނައިން ލިބެމުން." ވައްޑެ ކުރި އިތުރު ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9 ޖެހިއިރު ފެށިއިރު، މުޅި ރާއްޖޭގައި މި އިންތިހާބުގެ ވޯޓުލުން އިރުއޮއްސި ޖެހުމުގެ ނިޔަލަށް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަށުން

    މޮތަވީމަ ވާގޮތް

  2. ސަމްސިއްޔާ

    މިއީ ހަމަ ގޮލައެއްނޫން.

  3. ޕޮގުބާ

    ވަގަށް ވަގު އޮޅުނުނީ ތިއޮތީ ބޮޑްތަނުން ބަލިކޮއްފަ މިހާރު ހުންނާނީ ރާ ކަނީ މަސް ކެވިފަ

  4. އަސޭލާ

    ވޯޓް އޮޅުވާނުލާނެ މީހާގެ ފެންވަރު އޮޅުނީ ލަދުގަނެފަ ހިތްތިރިކޮއްބަލަ ކާމޔާބު ލިބޭނީ އެއްބަޔަށް ނޫން

  5. ހަސަނުގެ ދަރި ލަތީފް

    މަމެންނަށް މާކުރިންވެސް އެނގޭ ތިޔަ ބައި ގަނޑަށް ކާމިޔާބު ނުވާނެހެން ހީވެއްޖެ ނަމަ ތިޔަކަހަލަ މައްސަލަތައް ނެރޭނެކަން ތިޔަކަމަކާ ހައިރާން ވާނެ ކަމެއް ނެތް. ތިމާމެންހާ ބަޔަކު ނެތިގެން އުޅެނީ މިހާރު އެއޮތީ ވޯޓުން ދައްކާފަ އަންނިއަށް އޮތް ތާއީދު. މަރުމޯލު ވައްޑެ

  6. މުހަންމަދު

    މިއާޓިކަލާއި ބެހޭގޮތުން ބުނެލަން އޮތީ ދިވެހި މިސާލު ބަހެކެވެ...އެއީ "ހަސަނަށް ހީވާނެ ފުޅަށް ބުޑުން ދަންޔާ ކެޔޮގަޑު ކަޑާނޭ"......2018 ގެ ރިޔާސީ އިންތިޚާބު އޮޅުވާލި ބަޔަކަށް ހީވާނީ އެހެން މީހުންވެސް އޮޅުވާލާނެޔޭ....ހެހެހެހެހެހެ...