މިސަރުކާރުގެ އަސާސީ ސިފައަކީ ކޮރަޕްޝަން ކަމަށްވާނަމަ ސަރުކާރުގައި ނުހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއަދުގެ ސަރުކާރަކީ ކޮރަޕްޝަނާއި ނެޕޮޓިޒަމް އޮތް ސަރުކާރެއް ކަމަށް މުޅިއަކުން ނުދެކޭ ކަމަށާއި އެހެން ނަމަވެސް ސަރުކާރަށް އަދި ކޮރަޕްޝަންގައި ހިމެނޭ ވެންޓިލޭޓަރު މައްސަލައާއި އެމްއެމްޕީއާރުސީގެ މައްސަލަ ރަނގަޅަށް ނުހޯދޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރުގެ ބައެއް ބޭފުޅުންގެ ގާތް މީހުން އެކިއެކި މަގާމުގައި ތިއްބަވާތަން ފެންނަ ކަމަށާއި އެއީ ދެރަވަރު މައްސަލައެއް ކަމަށެވެ.

"ތަންކޮޅެއް ގިނައިން ރައީސުލްޖުމްހޫރިއްޔާ އާއި ތިމާގެ ގާތް ބައެއް ބޭފުޅުން އެކި އެކި މަގާމުތަކުގައި ތިއްބަވާތަން އެބަ ފެނޭ. ދެން އެއީ ދެރަ ކަމެއް." ނަޝީދު ވިދާޅުވިއެވެ.

އެކަން އެގޮތަށް އެތަސް ސަރުކާރުގެ ތެރޭގައި އެމްޑީޕީ ވަރަށް ބޮޑަށް ހިމެނިފައި އޮތުމުން ސަރުކާރު ބަޔާން ކުރާ ގޮތަކީ ކޮރަޕްޝަނާއި ނެޕޮޓިޒަމް އަދި ކްރޮނިސަމް ކަމަށް ނުދެކޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް ހިނގާނަމަ ސަރުކާރުގައި އެމަނިކުފާނު ނުހުންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ނުހުންނާނަން މިސަރުކާރަކު މި ސަރުކާރުގެ އަސާސީ ސިފައަކީ ކޮރަޕްޝަނަށް ވެފައި އަސާސީ ސިފައަކީ އާއިލީ ވެރިކަން ކަމަށް ވެއްޖެއްޔާ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އުސޫލުތައް މިސަރުކާރުގައި ހިފެހެއްޓުމަށް އަދި ސަރުކާރުގައި އެއުސޫލުތައް އަށަގެންނެވުމަށް އެމްޑީޕީގެ މެމްބަރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދެކެނީ އެމަސައްކަތް ކާމިޔާބުވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ކުރުސީ

    މިފަހަރު ރަގަޅަށް ބަލިވެއްޖެ

    65
    2
  2. ނިއުމާ

    އަޅުގަނޑުމެނަށް ރަނގަޅީ އަވަހަށް މަނިކުފާނު މިސަރުކާރާ ދުރަށް ވަޑައިގެން ޔާމިނު ބަޑުދަށަށް ވަނީޔާ.

    67
    14
  3. ހުސެން

    މަވެސް ދާނީ އަންނި ޕާޜޓީ އަށް. އަވަހަށް ރަޖިސްޓްރީ ކޮށްލަށްވާ.

    54
    18
  4. ޖީއެމްއާރު

    ބަލަ ފަޔާޒު އެބުނާ ބުރޯގެ އެންމެ އަސާސީ ސިފައަކީ ކޮރަޕްޝަން. ބސލި ބުޅާގަޑެއްހެން ބަލިވީމަ ދެން އިބޫސޯލިހު ކުރިމަތިނުލާހެނޯ ހީވަނީ. ޙެހެހެ އިންޒާރެއްތަ؟ ބަލަ އެމަނިކުފާނު ޔަގީންކަމާއެކު ހޮވެން ކުރިމަތިލާންވެގެން ކޮށްލި ޓެސްޓުން އެ ފާސްވީ. ދެން ލަލަލަލާ...ގޮޑިދުއްވަން ދޭ

    4
    1
  5. ދޫނި

    މަނިކުފާނު މިޤައުމު ހަލާކު ކުރައްވާފަ ދެންވެސް މަޑުނުކުރައްވާ އަވަހަށް ދުރައް ވަޑައި ގަންނަވާ މަނިކުފާނު ހުންނެވި ހާ ދުވަހަކު މި ޤައުމު ރަގަޅެއް ނުވާނެ ޝުކުރިއްޔާ.

    5
    1
  6. އަތޮޅޭ

    މީ ތިބޭފުޅާގެ ސަރުކާރެއްނޫން

    5
    1
  7. ހުސޭނުބޭ

    އެމްއެމްޕީއާރުސީ ލާރިގަނޑުގެ ބޮޑުބައި ލިބުނީ މީނައަށްކަމަށްވަނީ. ވީމާ ކަރަޕްޝަނެއް ނެތެއްނު

    5
    1
  8. ހގގ

    ނަސީދު ހުޢްޓަސް ނެތަސް ރަ އްޔިތުން ބޭނުން ގޮތަކަ އްދޯ ވޯޓް އަޅާނީ

    5
    1
  9. ވާނުވާނެންގޭ

    އައްދެ މިވީ މާރަންގަޅަކައްނު. މަނިކުފާނު އަވަހައް އިސްތިޔުފާ ދެއްވާފަ ގެޔައް ވަދައި ގަންވާ.ތާއީދެއް ނެތެންނުދެން ޔޫރަޕޫގަ ދިރިއުޅޭ ހުޅަގުގެ އިމޕީރިޔަލް “އެކްޓވިސްޓުން”ފިޔަވާ.ދެން ފިނި ކޮޓަރީގަ ރިޓަޔާ ވެލައިން އޮތީމަ ނިމުނީ ނު ބޭކާރު އަންގަ ނުތަޅާ.

    4
    1
  10. ނަންނެއްސޮރު

    😂😂😂😂.ދިވެހިން ތާއިދޫ ނުލިބުނީމަ ރުޅިދުރު ވީތޯ.އަވަހައް ވަޑައިންނަވާ ނިއުދިއްލީއައް އެތާތިބޭނެ ކަލޯއައް ތާއީދު ކުރާމިހުން.

    4
    1
  11. ނުރަބޯ

    އަދި ކިރިޔާތަ ކަލެއަށް އިނގުނީ ތިކަން

    4
    1
  12. ޒަމީރު

    މި ކަލޭގެ ފެށުނީ
    ހަޖަމެއް ނުވާނެ
    ދެން ފެންނާނީ އެކުވެރި މިތުރު ރައީސްއާ ވަކިވެ ދެކޮޅަށް ނުކުންނަ ތަން ކޮންމެސް ބަހަނާއަކާ ސަބަބުތަކެއް ދައްކަމުން

  13. ކެނެރީގެ މާފަތް އެދުރު

    މިސަރުކާރުގެ ސިފަޔަކީ ކޮރަޕްޝަންކަން މިއަދު ބޭއްވި އިންތިހާބުން ކަށަވަރުވެގެން ހިގަށްޖެ ދެން ހުންނަކަމުގައި ވާނަމަ ހުންނަންވީ، ދާން ބޭނުންނަމަ ދާންވީ، މިއީ ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އޮތް ސަރުކާރެއް

    5
    1
  14. ޢެރތޔުި

    މަށެއްވެސް އަދި ބައިވަރު މެމްބަރުން ވޯޓު ނުލާ އެމްޑިީޕ ބައިބައިވެފަ އޮތީމަ! 😔

  15. ކުލަ ޔެލޯ

    އިންތިހާބުގެ ނަތީޖާ ރަނގަޅު. ރައްޔިތުން ތާއީދު ކުރާ މީހުނާއި ނުކުރާ މީހުން ވަރަށް ސާފު ވެއްޖެ.

  16. ފާއިޒު

    މަޖުލީހުގެ ރައީސް އަކީ ސަރުކާރުގެ މަޤާމެެއް ނޫން

  17. ދޯހަޅި

    ޙުންނަން ބޭނުމަސް ދެން ނުބަހައްޓާނަން

  18. ރަން ރީނދޫ

    މަނިކުފާނުގެ އަސާސީ ސިފައަކީ ވެސް ކޮރަޕްޝަން ،އަދި އިތުރު ސިފަތަކަކީ ލާދީނީ ކަމާއި ،ގައުމަށް ޚިޔާނާތް ވުމުގެ ސިފަ.

  19. ގަންޖާ ބ

    ކަލޭ ހަވާސާކޮށްފައި ހުންނަތާ 5 އަހަރުވަނީ.
    މިއަދު ކަލެއަށް ޔަގީންވާނެ އެކަން.

  20. Anonymous

    ލާދީނީ މީހާ އަށް ރަނގަޅު ވާނީ މިގައުމު ދޫކޮށްފައި އިރުގެ އަލިކަން ނުލިބޭ އަނދިރި ގައުމަކަށް ދިއުން. އަވަހަށް ދޭ. އަވަހަށް ދޭ. އަވަހަށް ދޭ.

  21. މުހަންމަދު

    މި ސަރުކާރުގެ އަސާސީ ސިފަ އަކީ ކޮރަޕްޝަން ކަން މަނިކުފާނު ބުރާންތި ކަމުން ނޭއްގުނަސް، އެއީ މުޅި ދުނިޔެ އާއި ރާއްޖޭގެ ގިނަބަޔަކު ދަންނަ ހަގީގަތެއް....

  22. ކެޔޮޅު

    ބަލިވީކީ ނޫން ސަރުކާރުގެ ނުފޫޒު ބޮޑުން ރައީސް ނަޝީދު ބަލިކޮށްލީ އެެއީ ރޭވުމެއް ސަރުކާރުގެ ހަރަދުގަ ހިންގި ދެން ތިބޭ ހެވިފަ 2023 ނަޝީދަށް ގެރަންޓީ.

  23. ރާއްޖެ

    ސަރުކާރުގަ ވެސް މަޖިލިސްގަ ވެސް ކަލޭމެން ދެމީހުން ތިކުރަނީ އާއިލީ ވެރިކަން.

  24. ވާނުވާ

    މިގައުމުން ވެސް ކަލޭ ދިޔައްޔާ ރަންގަޅީ ކަލޭ ތީ މިހާރު ފޫވެޓިފަ ހުރި މީހެއް އަމިއްލަ އަތުން ސިޔާސީހަޔާތް ހަލާކުބާއިރުވެސް ނޭގުނު މިހާރު ދެން ދަށްކާނެ ވާހަކައެއް ނެތިގެން ސަމާލުކަން ހޯދަން ސަރުކާރު ކޮރޮޕްޝަނޭ ކިޔަސް އަޑުއަހާނެ މީހަކުނެތޭ ކަލޯ

  25. އަލީ

    ނުކެރޭނެ ހުސް ހޮޅި އަނގަ ތަޅާނީ.

  26. ސަރޭ

    މިސަރުކާރަކީ ކޮރަޕު ސަރުކާރެއް ކަމާ ނުން ކަން ދެނެ ނުގަނެ ވޭ ބަޔަކު ބޮޑަތި މަގާމު ތަކުގަ ތިބިނަމަ އެއީ ސީދާގަމާރުން ނުނީ މަގާމާ ފައިސާއާހުރެ މަޑުން ތިބޭމިހުން

  27. ޙަސަނާ

    މަނިކުފާނުގެ މުސްތަގުބަލް އަދިފަޑެއްނުވޭ މިހާރު މަނިކުފާނުވެސް މަޑުމަޑުން އިސްލާމްދީނުގެ ވާހަކަވެސް ރިވެތިގޮތުގަ އެބަދައްކާ 6 މޭގެ ހަމަލާއައްފަހު ބޮޑުތަނުން މަނިކުފާނު އިސްލާހުވެއްޖެ އެހެންވެ މޑޕ ގެ ގިނަ ލާދީނީ މީހުން އިންތިއައް ވޯޓުވެސް ނުދޭ ސައުނާމެންކަހަލަ މޑނ ގެ ބަތޮލުން ސިދާ މަނިކުފާނާ މިހާރު ދެކޮޅު ކުރިއައް އޮތްތާގަ މަނިކުފާނު އެއްގޮތަކައްވެސް އިސްލާމްދީނާ ދެކޮޅު ބަޔަކާ ގުޅުންނުބާއްވާތި 2023 މަނިކުފާނައް ކާމިޔާބު ވާނެ ހަރުކަށި ފިކުރޭ ފޮތިބޮޑިޔޭކިޔާ ދީނައްފުރައްސާރަކުރާމީހުނާދެކޮޅައް މަނިކުފާނު އަޑުއުފުލާ އިސްލާމްދީނުގެ ހިމާޔަތުގަ ގަދައައް ހުންނަވާތި ކުރިމަގު އަންނަނީ ރަގަޅުވަމުން މަޖިލިސްގެ ނައިބުރައީސް މޫނާއި ދެއަތްތިލަ ނޫންތަން ތަން ފާޅުނުކުރައްވާ..

    2
    1
  28. ސިމާހު

    ބަލަގަ އަވަސް ކުރާށޭ، ކަރަޕްޝަނޭ ކަރަޕްޝަނޭ ގޮވާލަ ގޮވާލަ ހުރީމަކާ ކަމަކު ނުދާނެ. ހެހެހެ، ތިހެން ބޭލެމުން ބޭލެމުން ގޮސް ތިޔޮއް ސޯޓުގަނޑުވެސް ބޭލުނީ ނުން.

  29. އަހްމަދު

    ތިޔަމުސިބާތެއް މިސަރުކާރާއެކު ނެތިއްޔާ ހާދަރަނގަޅޭ މެމްބަރު އަސްލަމް ރެޑީވޭ މަޖިލިސް ރައީސް ގޮނޑި އަށް

    2
    1
  30. މުޙައްމަދު123

    އޭނާ މިހާރުވެސް އެހުރީ ސަރުކާރަކު ނޫން. ސަރުކާރާއި ރައްޔިތުންގެ މަޖިލީހަކީ ތަފާތު ދެ ބައެއް. އެމްޑީޕީއަކީ ސިޔާސީޕާޓީއެއް. އެއީ ސަރުކާރެއް ނޫން. ދެން ކޮން ސަރުކާރެއްގައި ނުހުންނާނެ ވާހަކަ މިކިޔަނީ

    2
    1
  31. Anonymous

    އިސްލާމް ދީނައް ތެދުވެރި ނުވާ މީހަކު ރައްޔިތުންނަކައް ތެދުވެރި އެއް ނުވާނެ. ކަލެޔަކީ ހުދު ކޮރަޕްޓް ވެފަހުރި ލާދީނީ މީހެއް

    3
    1
  32. ހަބީބު

    ހިސާބަކަށްވުރެ މުނާފިގުވެފަ، ދީނަށް ހަޖޫ ޖަހަންޏާ އަނބިމީހާވެސް ދާނެ..

    2
    1
  33. ޒުވާނުން

    ހަތުރުންގެ ހެދުން ބާލައި އެކުވެރިވޭ. ޕާޓީގެ ކަފިވި ގޮފި ނުކަޑައި އަދި ބުޑުން ލުހެލައި ނުވެސް އެއްލާލައި، ގަހުން ވަކިވެގެންވެސް ނުވެެއްޓީ ރަނގަޅަށް ގުޅުން ބަދަހިވެލައްވާ

    1
    1
  34. Anonymous

    މަނިކުފާނު ދެންރަނގަޅީ ޔާމިނުއާއި ގުޅިވަޑައިގަތުން ކޮރަޕްޝަނާ ލާދީނީ އަކީ ހަމަ އެކައްޗެއް

    1
    4
  35. ހަވާސާ އިބޫ

    ބުއްޅަބޭ އުންބައްޖަހަންޖެހޭނީ ނަސީދު ނަސީދުއަށް އިތުރުގޮތެއްނެތް މިހާރުވެފައި ތިޔަހުރިގޮތަކީ ފުޅަންގަތްވެފައި މައްޗައް އަރައިފިއްޔާ ހޯރަ ޖަހައިގަންނާނެ ތަންކޮޅެއް ފުނަށް ޖެހިލައިފިއްޔާ ފެމުނު ކާލާނޭ. ދެންހުރޭ ހަތަރެސްކަން ހަމަވެފައި!

    2
    1
  36. ފަލަކު

    ހަމަގައިމު އަޅުގަޑަށް ރަގަޅީ މިގައުމުގަ އިތުރަށް ހަމަނުޖެހުންތަށް ނުހިންގިވާ މިގައުމު ދޫކޮށް ބޭރުގައުމަކަށް ވަޑައިގެންނެވިއްޔާ، މަނިކުފާނުގެ މައްސަލައަކީ ލާދީނީވުން

  37. ބަބޫ

    މިހާތަނަކަށް މިތަކަނު ވެރިކަމެއް ނުކުރޭ ކަލޭހާ ކޮރަޕްޓް އަދި އާއިލީ ވެރިކަން ކުރަން އުޅުނު މީހެއް. މިފަހަރު ތިއޮތީ ބޮނޑި ބޮވިފަ. ދެން ހަދާ މޯލްޑިވްސް ކެނެރީ ޕާޓީ ކިޔާ ޕާޓީއެއް

  38. ކޮވިޑް

    ދެން ތި ނޫން ކީކޭބާ ބުނާނީ؟ އެމްޑީޕީން ވެސް ތި ހުރީ ބަލައި ނުގަނެ ބާކީ ކޮށް ލާފަ. ދެން އަވަހަށް ދޮން މީހުނާ ވާހަކަ ދައްކައިގެން އެހެން ގޮތެއް ފެނޭތޯ އުޅޭ؟ ތިހިރީ އެމްޑީޕީ މީހުން ނަޝީދު ގުއި ކޮށްލާފަ.

  39. ހަސަން ކަލޯ

    ގުއި ރޯނުގަ ފިސާރި ރަގަޅަޖެހިފަތިހިރީ