ރާއްޖޭގައި މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީ ފާސްކުރި ފަހުން ރާއްޖޭގައި ބޭއްވި އިންތިޚާބުތަކުގެ އަދަދުތައް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިސާބު ކުރެއްވި ގޮތް ނުބައި ވެއްޖެއެވެ.

ނަޝީދު އިއްޔެ "ދިވެހި ޗެނަލް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 2008 އިން ފެށިގެން ރާއްޖޭގައި އަށް އިންތިޚާބެއް ބާއްވާފައިވާ ކަމަށެވެ. އެއަށް ފަހު އެއިންތިޚާބުތަކުގެ ތަފްސީލް ދެއްވަމުން ވިދާޅުވީ އެއީ ތިން ރިޔާސީ އިންތިޚާބާއި ހަތަރު ކައުންސިލް އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ ތިން އިންތިޚާބު ކަމަށެވެ.

"2008 ވަނަ އަހަރާއި މިއަހަރާއި ދެމެދު އަޅުގަނޑުމެންނަށް ބޭއްވިއްޖެ އަށް އިންތިޚާބު. އެއީ ރިޔާސީ އިންތިޚާބު ތިނެއް. ކައުންސިލް އިންތިޚާބު ހަތަރެއް. ރައްޔިތުން މަޖިލިސް އިންތިޚާބު ތިނެއް." ނަޝީދު ވިދާޅުވިއެވެ.

2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ނަޝީދު ވިދާޅުވި ގޮތައް ތިން ރިޔާސީ އިންތިޚާބާއި ހަތަރު ކައުންސިލް އިންތިޚާބާއި އަދި ތިން ރައްޔިތުން މަޖިލިސް އިންތިޚާބު ބާއްވައިފިއެވެ. ނަޝީދަށް އޮޅިވަޑައިގެންނެވީ އެހުރިހާ އިންތިޚާބެއްގެ އަދަދު އެއްކުރުމުން އަންނަ އިންތިޚާބުތަކުގެ ޖުލްމަ އަދަދެވެ. ނަޝީދު ވިދާޅުވީ އަށް އިންތިޚާބު ކަމަށް ވީނަމަވެސް ހަގީގަތުގައި 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ދިހަ އިންތިޚާބު ބާއްވައިފިއެވެ.

2018 ވަނަ އަހަރު ރިޔާސީ އިންތިޚާބު ދުވަސްވަރު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ހިސާބު ޖެއްސެވި ގޮތް ނުބައި ކަމަށް ވިދާޅުވެ އޭރުގެ އިދިކޮޅު ފަރާތްތަކުން ހާއްސަކޮށް އެމްޑީޕީ މެންބަރުން ފާޑުކިޔާފައިވެއެވެ. ނަމަވެސް އެހެން ސިޔާސީ ބޭފުޅުންނަށް ވެސް އޮޅިގެން ހިސާބު އަދަދުތައް ބައެއް ފަހަރު ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޒިލޭބި

    Kaloo thee ehthanakun kiyevi dhessoru , University of Ha'dhun mathin hisaabah varah molhuvaane .

  2. ސަންފައްތަ

    މިހާރު އެނގި ހާމަވަމުން ތިދަނީ ސިޔާސީ ކަންކަމަށް ނުކުމެ އުޅެނީ ހިސާބުން ފާސްނުވާ މީހުންކަން.

    • ޚަދީޖާ

      thiyaee hama thedheh. Ibu Solih ves 600 million kiyan vee thanakah 600 rufiysa ey buni.

  3. ޥޯޓް

    Adhurey jehi hisaaba thi anni jehi hisaabu vara thafaathu. Professor adhurey aa thi anni thy dhekkey nudhekkey vaahaka neygey baeh.

  4. ވިސްނާ

    މިފަދަ ހިސާބުތަށްވެސްއޮޅޭފަރާތަކަށް ރާއްޖޭގެ ވެރިކަން ކުރެވިދާނެތޯ ނަމަވެސްމިހާރުވެސް
    ރާއްޖެ މިނިވަންކަންނަގާލުމަށްފަހުވެސް ފަރަންޖީން ރުއްސުމަށް ދިވެހިބިމުން އިސްލާމްދީން
    ފުހެލުމަށްފަހުވެސް ބޭނުންވަނީ ރާއްޖޭގެ ވެރިކަން ނޫނީބޮޑުވަޒީރުކަން ވީމާ، ސިވިލްސާވިސްގެ
    އެންމެދަށުފަންތީގެ މަގާމްތަކުގައިވެސް ވަކިޝަރުތެއްހުންނަންޖެހޭފަދައިން ރާއްޖޭގެވެރިކަމަށް
    ( ވަރަށްގާބިލް ޒިންމާދާރުމަގާމެއް) ކުރިމަތިލުމުގައިވެސްވަކިޝަރުތެއްހުރުމަކީވަރަށްމުހިއްމުކަމެއް
    އޭރުން ބޮވޭނެ ބޮވެންހުންނަންޖެހޭނެ ، ހުންނަނުބައިކަންދައްކާލާނެކަމަށާ، ކަނާތުންކުރާ
    ކަންތައް، ވާތަށްވެއްވެސް ނޭގޭހާސިއްރުން ކަންތަށްކުރާފަރާތެއް ކުރިމަށްޗެއްނުލެވޭނެ
    އަދި ޗާޓުންބޭރުން ގަވާއިދާޚިލާފަށް ކަންތަށްކުރާފަރާތެއްވެސް ނުހިމެނޭނެ އަދި ގާޒީއަކު
    ވަގައްނަގާ، އެކަހެރިކުރި 13 އަހަރުގެ ޖަލުހުކުމް އައިފަރާތެއްވެސް ނުހިމެނޭނެ މިއީ ފަކިފަރާ
    ތަކަށް ބިސްބަތްކޮށް ހުރުން ރަގަޅުކަމަށްބުނާ ޝަރުތުތަކެއްނޫން މިޝަރުތަށް ވަކިފަރާ
    ތަކަށް ނިސްބަތްވާނަމަ އެއީ އެފަރާތެއްގެ ޢަމަލުތަށް ހުރިގޮތުން އަމިއްލައަށް ހޯދިޝަރުތު
    ތަކެއްކަމަށް ބައްލަވާ އަމިއްލައަށްބެދޭ މަޅިމަޅީގައި އެހެންފަރާތެއް ހިމެނޭނެގޮތެއްނޯންނާނެ

  5. ދަރި

    ކިތަންމެ މޮޅުފަރާތެއްވެސް ޖައްސަވާހިސާބެއްވެސް ނުބައިވެދާނެ ވީމާ، އަދުރޭ ޖައްސަވާހިސާބުވެސް ނުބައިވެދާނެ އެއީ ހުރިހާގޮތަކުން ފުރިހަމައިންސާނެއް މަދުވާނެތީ ނުވަތަ ނުތިބޭނެތީ ވީމާ، އަދުރޭޖެއްސެވިހިސާބު ނުބައިކަމަށްވިދާޅިވެ ފާޑުކިފަރާތްތަކުން
    ނަޝީދުޖެއްސެވި ހިސާބު ރަގަޅުވެ މަރްޙަބާކިޔާނީތޯ

  6. ދިރާސާ

    ހޭބުއްދި ސަލާމަތުންހުރި ބޮޑުވަރިހަމަނެތް އެއްވެސް ފަރާތަކުން ތިފަދަފަރާތެއް ގަބޫލުނުކުރާނެ
    އެކަމުގެ ހެތްކެތް އިންތިއާ، ފަޔާގެ ކުރިމަތިލުމުގައި ބަލިވުން މިއީ ރަށްޔިތުން ދެއްވި ރަގަޅު
    މެސެޖެއް ވީމާ، ޕާޓީގައި ބަގުޑިބައްދާ އަމިއްލައެޗެއްކަމުގައި ބައްލަވާ ޚިޔާލުތަފާތުވެ ސަނާނުކިޔާ
    ޕާޓީ އުފެއްދުމުގައި އިސްކޮށްއަދި ބުރަކޮށްނުރައްކަލުގެތެރޭގައި މަސައްކަތްކުރެއްވި މޫސަމެން
    ފަދަބޭފުޅުންނަށް ހެދިގޮތްދެންނުހެދޭނެ މިހާރުތިޔައުޅުއްވާގޮތުން ޕާޓީބައިބައިވެ ހަލާކުވެދާނެ
    މިހާތިޔައުޅުއްވަނީވެސް ޕާޓީގެގިނަމެންބަރުންގެ ތާއީދުނެތީމަ ޕާޓީ ހަލާކޮށްލާ ވުޖޫދުންޕާޓީގެ
    ނަންފޮހެލަންތޯޕާޓީގެލޮބުވެތި މެންބަރުންނޭ މިކަލޭގެބޭނުންވާގޮތް ޕާޓީއަށް ހެދުމުގެކުރީގައި
    މިކަލޭގެޕާޓީންބޭރުކޮށަލާވަގުތުފާއިތުވެދާނެވަގުތުފާއިތުވެއްޖެނަމަ ކުރެވޭނެ މާބޮޑުކަމެއްނޯންނާނެ

  7. Juhaa

    Thiyaee hama thedheh. Ibu Solih ves 600 million kiyan vee thanakah 600 rufiyaa ey buni. Adhurey ves 50000 ey bunanvee thanah 50 ey bunegen MDP meehun Adhurey ah joke jahamun gendhanee.