ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މެސެޖްތަކުގެ ލޮގު ހޯއްދެވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެދިވަޑައިގެންނެވި ޗެޓް ލޮގުތައް އޭނާއަށް މަޖިލީހުން ދިނުމަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވެވި މެސެޖްތަކެއްގައި ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވުމަށް އަނދުން ހުސެއިން ސަރުކާރަށް ވާގިވެރިވާ ކަމަށް ވިދާޅުވެފައިވެއެވެ.

އެމެސެޖްތައް ހޯދަން އަނދުން ހުސެއިން މަޖިލީހަށް ހުށަހެޅުމުން ނަޝީދު ވަނީ އެކަމުގައި އާއްމު ކޮމެޓީގެ ލަފައަކަށް އެދިފައެވެ.

ނަޝީދު ފޮނުވި މައްސަލަ މެންބަރު ހުސައިން ބޭނުންވާ ގޮތަށް ފާސްކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ޝާހިދު ވިދާޅުވީ މެންބަރު ހުސައިން ހުށަހެޅުއްވި މައްސަލައިގައި ވަނީ ތަހުގީގީ އިދާރާއަށް މައްސަލަ ހުށަހެޅުމަށް މެންބަރަށް ލިޔުންތައް ދިނުމަކީ ތަހުގީގީ އިދާރާއަށް އެ ލިޔުންތައް ދިނުން ކަމަށް ވިޔަސް އެ މެންބަރަކާ ގުޅޭ ގޮތުން ކުރާ ތުހުމަތުތައް ބަލަން އެދެވެން ވާނެ ކަމަށެވެ.

ޝާހިދުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝީދު ވަނީ ނަޝީދުގެ ނަން ވިދާޅުނުވެ ނަމަވެސް ނަޝީދަށް ނިސްބަތް ކުރައްވާ "މެސެޖް ފޮނުއްވި ބޭފުޅާ" ފޮނުއްވި މެސެޖްތަކުގައި ލިޔުއްވާފައިވާ ކަންކަމުގެ ޒިންމާ ނެގެން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އެ ބޭފުޅަކު ލިޔުއްވާ މެސެޖްތަކުގެ ޒިންމާ އެ މެސެޖެއް ލިޔުއްވާ ބޭފުޅަކަށް (ރައީސް ނަޝީދަށް) ނެގެން ވާނެ، މިހެން ހުންނަ މެސެޖްތައް (ތަހުގީގީ އިދާރާއަކަށް) ދިނުމަކީ މާ ބޮޑު މައްސަލައެއް ކަމުގައި ނުދެކެން،" ރާޝިދު ވިދާޅުވި އެވެ.

އަނދުން ހުސެއިން އަށް ނަޝީދު ކުރެއްވި ތުހުމަތުތައް ބަލަން ރައްޔިތުން މަޖިލީހުގެ އިމްތިޔާޒް ކޮމެޓީން އިއްޔެ ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ބުނަންތަ ވާހަކައެއް? ވެރިކަން ކުރަން ނޭނގެންޏާ ނޫނީ ގާނޫނު ހަދަން ނޭނގެންޏާ ތި ގޮނޑި ދޫކޮށްފަ ފައިބާ. އެންމެންގެ ވަގުތު ބޭކާރު ކުރަން މޑޕ އިން ޑްރާމާ ކުޅެން އުޅޭނެ ކަމެއް ނެތް.

    23
    2
  2. އަލީ ވަހީދު

    މިސަރުކާރުން ރައިތުންގެ ތާއިދުހޯދަން ރައީސް ނަސީދު ޖަލަލާނެ 2023 ހޮވުނީމަ ޖަލުން ނެރޭނެ ތީރޭވުމެ

    13
  3. މަވާސަލާމް

    Screen shot eii gareena eh noon. Whatsap inves nulibeyne heki eyna fonun delete koffa iniyya

  4. ނާޝިދު

    އައިޖީއެމްއެޗްގައި ކޮންސަލްޓެންޓަކަށް ހުންނަ މީހަކަށް މަހަކު އެއްލައްކަ ތިރީސްހާސް ރުފިޔާ ލިބޭ މީހަކު އެއީ ކާކުކަން ރައީސް ނަޝީދަށް އެނގޭތޯ އަހާލަދީބަލަ.

    13