އައްޑޫ ސިޓީއަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމުގެ ޒިންމާ ނަގަން ޖެހޭނީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން ކަމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން (އޭޑީސީ) އިން ބުނެފިއެވެ.

އައްޑޫގައި ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާއާއި ގުޅިގެން އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ދެއްކެވި ވާހަކަފުޅާއި ގުޅިގެން ކުރި ޓުވީޓެއްގައެވެ.

އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ޝަންގްރިއްލާ އަލުން ހުޅުވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެކަމަކު މިހާރު ސަރުކާރަށް އޮތް އެންމެ ބޮޑު ހުރަހަކީ ހުރަހަކީ އެ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެކު ސަރުކާރުން ވެފައި އޮތް އެއްބަސްވުން ކަމަށެވެ.

އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަކީ ސަރުކާރުގެ 30% ހިއްސާ އޮންނަ ކުންފުންޏެކެވެ.

"ޝަންގްރިއްލާ އެގްރިމެންޓް ލިޔެވިފައި އޮތް ގޮތުން މިހާތަނަށް އައި އިރު އަޅުގަނޑުމެން ދިވެހި ސަރުކާރުން ޝަންގްރިއްލާއަށް ފަސްދޮޅަށް އަށް މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކަން ޖެހޭ. އެ މީހުން ނަގާފައިވާ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހޭ،" އިއްޔެގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޝަންގްރިއްލާ ނުހުޅުވިގެން އުޅެނީ ސަރުކާރާއި އެޖެންޑާ 19 ގެ ދަށުން ރައްޔިތުން ހޮވި އެމްޑީޕީގެ 65 މެމްބަރުން މެޖޯރިޓީގެ ސަބަބުން ކަމަށެވެ. އަދި ޝަންގްރިއްލާ ރިސޯޓު ނުހުޅުވި އޮތީ އެމްޑީޕީގެ ސަބަބުން ކަމަށެވެ.

"އައްޑު އަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ދަތިކުރުމުގެ ޒިންމާ އެމްޑީޕީން ނަގަމް ޖެހޭނެ." ޓުވިޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސައީދު

    އަދިވެސް ރީނދޫ ވެގެން ތިބެ ބާރަށް އައްޖަހާ. ކޮނޑުހުޅުންވަކިވާއިރުވެސް އައްޑު ރައޔިތުންނަށް ރޭކާވެސްނުލާ. އެހެންތާ ވާނީ ހާމުދުރުން އައިސް އައްޑޫ ރައްޔިތުންގެ ބޮލަށް ޗިޕްޖަހާފަ ވިއްޔާ.

    12
  2. ގައުމުގެފަރުދަކު

    ކޮބައިހީވެތަކަމެންހެން؟ ބަލަރައިސްޔާމިނުވަރެއނެތް އިބޫ އިންޑިޔާފަހަތުން ގައުމުވިއްކާލައިގެން ފައިސާގެދަހިވެތިކަމުގާ ތެޅިފޮލެނީ ރައްޔަތުނައްއަވާމެންދުރު އައުވާނުންނައް ހަޒާނާކާލަން؟؟

    10
  3. ހުސެން

    ދެމޯގެރިބަޔަކު ރީނދޫ ޓީޝާރޓް ލައިގެން ދެެއްކިވާހަކަ އަށް ހެއްލިގެނ ބިންކޮޅުވެސް ވިއްކާލައިގެން ހެވިފަ ތިބޭ !! ަދިވެސް ތިބޭ ޕައުންޑުޖީބަށް އެޅޭނެ ކަމުގެ އިންތިޒާރުގަ 25 އަހަރުވަންދެން. އަތްތިލަބަދި ޖަހ ދެންވެސް.

  4. ކާފަބޭ2020

    ކިތަންމެދަތިވިޔަސް ލޮލަށްފުސްއަރާފަތިބޭބަޔަކަށްފެންނާނެތަނެއްނެތް! މޮޅުނަންނަންކިޔާފަ ގުންފައިޖަހާފަދެކޮޅަށްދުވެފަ އަތްޖަހަން ވަރަށްމޮޅުވާނެ! މުޅިއަތޮޅުގެމެޖޯރިޓީ ޕާޓީސިސްޓަމްހެދީއްސުރެ އެމްޑީޕީއަށް! އަދިވެސްހަމަނުވިސްނެނީބާ؟ ނޫނީޖާހިލުކަމުންބާ ރާއްޖޭގަތިބިގިނަތައުލީމީދަރިން ؟؟؟؟؟؟؟؟؟؟

  5. ހުސޭނުބޭ

    އެހެންވިއްޔާ އަނެއްފަހަރު ހޭބަލިވެގެން އެމްޑީޕީއަށް ވޯޓް ދީ. މިހާރު ތިއީ އިންޑިޔާއަށް ވިއްކާލާފައި އޮތް ތަނެއް!

  6. އައްލާ ގެ ފޮނި ނިހާ ދު

    މީ ކޮންތާކުން އާބާދުވި ރަނި ގުރޫޕެއް#

  7. އަލީމޫސާ

    އައްޑޫއަތޮޅު ނެތް ސަލާމަތް ވާކަތް ކޮމްޕްރެހެންސިވްސްކޫލް ކިޔާތަނެއް ހިންގަން އުޅެފަ ގޮސް އޭނަ އިސްވެހުރެގެން އައްޑޫ ހަލާކުކުރީ. އުމުރަށް މަޖިލީސް މެމްބަރު ކަން ކުރަން އޭނަ ހިތުގަ އެބައޮތް. ވޯޓް ކާރިވާވަރަކަށް ގިނަގިނައިން އަންނާނެ . އައްޑޫ ރައްޔިތުން ނަކީ ހޭއަރާ ބަޔަކަށް ވާންވެއްޖެ. ނޫނީ މިނިވަންކަންގެއްލި ބަޔެއްގެ އަޅުވެތިކަމުގަ އުޅެންޖެހޭދުވަސް އަތުވެދަނެ. މިނިވަންކަން ގެއްލުނީމަ މިނިވަންކަމުގެ ފޮނިމީރު އެގޭނީ. އިގިރޭސިން ދިން ޕައުންޑު ދޭނަމޭ ކިޔާ އައްޑޫ ރައްޔިތުންވަނީ ވާވައްދާފަ.