ކުރިން ނަސަންދުރާ ހޮޓެލް ހިންގި ބިމުގައި މިހާރު ހަދާފައިވާ އިމާރާތުގެ ލިފްޓެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނަސަންދުރާ ހުރި ބިމުގައި ހަދަމުންދާ އިމާރާތުގެ ލިފްޓެއް ވެއްޓި މީހަކަށް އަނިޔާވެގެން ހެނދުނު 10:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އަނިޔާވި ބިދޭސީ ފިރިހެން މީހާ އަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނާކަށް ނެތެވެ.

ފުލުހުން ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ނަސަންދުރާ ހުރި ބިމުގައި ހަދާ އިމާރާތުގެ މަސައްކަތް މިހާރު ވަނީ ނިމެން ކައިރިވެފައެވެ.

ނަސަންދުރާ ހުރި ބިމުގައި ހޮޓަލާއި އެޕާޓްމަންޓް ހަދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު ހަވާލުކުރީ، އެންޕީއެޗް އިންވެސްޓްމަންޓާ އެވެ. އެންޕީއެޗް އިންވެސްޓްމަންޓުން އެމަސައްކަތް ފެށީ ސްރީލަންކާގެ ކުންފުންޏަކާއި ޖޮއިންޓްވެންޗާއެއް ހަދައިގެންނެވެ. ނަމަވެސް މިހާރު ސްރީލަންކާގެ ކުންފުނިން ވަނީ އެކުންފުނީގެ ހިއްސާ ސްޕޭންގެ ކުންފުންޏަކަށް ވިއްކާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަތަރަސް

    ހިތާމެވެރިކަމެއްވެއްޖެޔާ ރައީސްޔާމީނު އުފާވެރިކަންވެއްޖެއްޔާ ރައީސްސޯލިހު ދެންނޫސްވެރިންވެސް ބިރުވެރިކަން ނުވަތަ ޒާތިނުވަމާތޯ ؟؟ހިތްދަތި ހިޔާފުލެޓް އަހެއް؟

    5
    2
  2. ރާއްޖެތެރެ

    ރައިސް ޔާމިންގެ ތަރައްގީ ބަރައް ބަރާބަރު. މިސަރުކާރުން ވެރިކަމައް އަރާފަ އެތަކެއް ފްލެޓުތަކެއް ހުއްޓުވި. ރަސްފަޑްގަ އަޅަން އުޅުނު 28 ބުރީގަ 4 ޑަވަރު އެހެރީ ހުއްޓުވާފަ.

  3. Anonymous

    ރައިސް ޔާމިންގެ ތަރައްގީ ބާރައް ބަރާބަރު. މިސަރުކާރުން ވެރިކަމައް އަރާފަ އެތަކެއް ފްލެޓުތަކެއް ހުއްޓުވި. ރަސްފަންގަ އަޅަން އުޅުނު 28 ބުރީގަ 4 ޓަވަރު އެހެރީ ހުއްޓުވާފަ.ކިހާދެރަކަމެއްދޯ ހަމަޔާމިން ވެރިކަމުގާތާއަބަދައްބަހައްޓަންވީ އިންޝާﷲ