ނ. ޅޮހިން ކާޑުގެ ބާވަތްތައް ހުސްވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ޅޮހީގެ ކައުންސިލް މެމްބަރު އިބްރާހިމް މުހައްމަދު "ވަގުތަށް" ވިދާޅުވީ އެ ރަށުން ކާޑުގެ ބާވަތްތައް ހުސަވާން މެދުވެރިވީ މާލެ ދަތުރުކުރާ ދޯނި އެއް މަސް ދުވަސް ވަންދެން ދަތުރު ނުކުރާތީ ކަމަށެވެ.

ކާޑުގެ ބާވަތްތަކުގެ ތެރެއިން ގޮދަން ފުށް އެއްކޮށް ހުސްވެފައިވާ ކަމަށް ހަކުރާއި ހަނޑޫގެ ބާވަތްތައް ވެސް ހުރީ ވަރަށް މަދުން ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި ގޭސް ފުޅިވެސް ހުސްވާން ކައިރިވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ރަށުގައި މާލެއިން ގޮދަން ގެންނަން އޮންނަނީ އެންމެ ދޯންޏެއް. ރޯދަ މަހުގެ ފަހު 10 އަކުން ފެށިގެން އެ ދޯނި މާލެއަކަށް ދަތުރެއް ނުކުރެ. އެހެންވެ ގޮދަން ހުސްވާން ކައިރިވެފައި ހުރީ. ފިހާރަތަކުގައި މިހާރަކު ނެތް. ރަށްޔިތުން ބޭނުން ކުރަނީ ކުރިން ގަނެފައި ހުރި ގޮދަން." އިބްރާހިމް ވިދާޅުވިއެވެ.

ޅޮހީގައި 970 މީހުން ދިރިއުޅެމުންދާއިރު ރަށްޔިތުންނަށް ގޮދަން ވިއްކީ ބޮލެއްގެ މައްޗަށް ދެ ކިލޯގެ މަގުން ކަމަށް ވެސް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ މިރޭ އެ ރަށަށް ގޮދަން ލިބޭނެ ކަމަށެވެ. އޭރުން ގޮދަން ނުލިބިގެން އުޅޭ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަވާސާ އިބޫ

    އެއީ ނޫންތޯ ޖަޒީރާ ރާއްޖޭގެ ސިފަޔަކީ އެއް އިރުކެއްޔާއި އަނެއް ދެއިރު ނުކައި ބަނޑަށް ތިބެންޖެހޭނީ!

    7
    2
  2. އަހަންމަދު

    ކައުންސިލް ހަމަވަގުތުން އިސްތިއުފާ!

  3. މަށް

    ބަނދަރު ވަރަށް ނަލަ އިނގޭތޯ.

  4. އަހަންމަދުބެ

    ކޮބައިތޯ އަތޮޅު ސަރުކާރު ރައީސް. ތިޔަ ރަށުގެ މީހެކޭ ބުނެއުޅޭ ހުންނަނީ. ކޮވިޑް ތެރޭ ވަރަށް ހިންގާލާފަ އުޅުނު އަޑު އެހީން. މިޙާރު ނެތް ހަބަރެއް. އަތޮޅު މީހުން ހާލުގައި އުޅޭއިރުވެސް ލައިވް ގަނޑެއްވެސް ނެތް. ވާނުވާ ކިޔާލަދޭންވެސް.