ށ. ފުނަދޫގައި މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ.

"ވަގުތު"އަށް މައުލޫމާތުލިބޭގޮތުގައި، ދަންޖެހިގެން މަރުވެފައި ވަނީ އުމުރުން 27 އަހަރުގެ ބިދޭސީ ފިރިނެކެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

އޭނާއަކީ ކެފޭއެއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ.

އަދި ފުލުހުން މިހާރު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތުދިން މީހާ ބުނެފައި ވެއެވެ.

"މިއަދު ހެނދުނު ފެނުނީ ދަންޖެހިފައި ހުއްޓާ، ހަށިގަނޑު މާލެ ފޮނުވާލަން އުޅޭ ހެން ހީވަނީ". އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.


 

ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ހިމެނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."