މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެރި އަތަކަށް އިންތިހާބު ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް އެހެން ވިދާޅުވީ މިއަދު އެމްއެންޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެމްއެންޕީން އުފެއްދި ފަހުން މިހާތަނަށް ބޭއްވި ގައުމީ ހުރިހާ އިންތިހާބު ތަކެއްގައި އެމްއެންޕީން ވާދަކޮށް ހިތްހަމަޖެހޭ ވަރުގެ ނަތީޖާތަކެއް ހޯދާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި އެމްއެންޕީ އުފެއްދި ފަހުން، ނުވަ މަސް ނުވާއިރު ކޮންމެ އިންތިހާބެއްގައި ރާއްޖޭގެ އެންމެ ބޮޑެތި ޕާޓީތަކާއި ވާދަ ކުރުމަކީ ވެސް އެމްއެންޕީއަށް ކާމިޔާބީއެއް ކަމަށާއި އެކަމުން އަންގައިދެނީ ޑިމޮކްރެޓިކް ނިޒާމެއްގައި އެމްއެންޕީގެ މެންބަރުން މަސައްކަތް ކުރަން ބޭނުންވާ މިންވަރު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްއެންޕީ ޑިސައިޑިން ފެކްޓާއެއްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީން އެރި އަތަކަށް އިންތިހާބު ބަދަލުވެގެންދާނެ ކަމަށެވެ. އެހެންކަމުން އެ ޕާޓީއާއި ނުލައި އެއްވެސް ބަޔަކަށް ރާއްޖޭގެ އިންތިހާބެއް ކާމިޔާބު ނުކުރެވޭ ވަރަށް ކާމިޔާބުތަކެއް ލިބިއްޖެ ކަމަށް ވިދާޅުވިއެވެ.

"މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭގެ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓާ ބައްދަލުކޮށް އެންމެ ވޯޓަކުން އެމްއެންޕީގެ ކެންޑިޑޭޓް ބަލިވުމަކީ ވެސް ކާމިޔާބެއް. ޕީޕީއެމް އަކީ ގިނަ އަދަދެއްގެ މެންބަރުންނާއި އަދި ކުރިން ވެރިކަން ކުރެއްވެވި ބޭފުޅުން ހިމެނޭ ތަޖުރިބާކާރު ޕާޓީއެއް. އެ ޕާޓީއާ ވާދަކޮށް އެންމެ ވޯޓަކުން ބަލިވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އިންތިހާބެއް ކާމިޔާބުކުރުމަށް އެމްއެންޕީއަށް މިހާރު އެންމެ ވޯޓަކާއި ކައިރިއަށް ގާތަކަށް ދެވިފައިވާ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް ވާދަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އަންހެނުންގެ ކޮމިޓީގެ ވިލިމާލެ ދާއިރާގެ އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހެޅުމާއި ގުޅޭގޮތުން ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހްމަދު އުޝާމު ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހެޅުމަށް ލިބިފައިވާ 14 ދުވަސް އަދި ހަމަނުވާތީ އެކަމުގައި އަދި ވަކި ގޮތެއް އެ ޕާޓީން ނުނިންމާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. މަރުމޯލް

    އައްދޭ އެ ކީއްވެޔޯ
    ތިޕާރޓީގަ ތިބީ ރައްޔިތުން ދެކެ ފަކުރުން އުޅުނު ކިބުރުވެރި ބޮޑާ ބަޔަކަށް ވާތީތަ

    15
  2. ލޯބިވާ ވަޠަން

    މައުމޫނާއި ގާސިމާ އިމްރާނަށް ވެސް ހީވަނީ ތިހެން. ބަލަން ތިބޭ ދެން.

    18
  3. ހަނި

    ހުރިހާ
    ޕާޓާއެތްއެކޮލާގެންވީވަރު

    10
  4. މުއާ

    ދުގުވާހަކަ ދެއްކުމުގައިވެސް ހައްދުފަ ހަނަޅައިފައި! ވޭތުވެދިޔަ ދިގުމުއްދަތުގައި ޕާޓީތައް އުފައްދައިގެން ނުލބުނު ކާމިޔާބީ އެންހަގު ފިސްތޯލަ ޕާޓީއަށް ލިބުނީ ކިހިނެއްތޯ؟ ބުނެދެއްވަބަލަ! ވެރިކަމަށް ތިހުރީ ހާދަ ދަހިވެފައިތަ! ބައިލައްކައަށްވުރެވެސް ގިނަ މެންބަރުންތި ޕާޓީގެ ވެރި މީހާވެސް ބުނުއްވަނީ އަދި އިންތިޚާބުގެ ވާހަކަ ނުދެއްކުމަށް! ކިޔާނެ ނުކިޔާނެ އެއްޗެއް ނޭގި އަތައްގޮވަނީދޯ!

    14
  5. ސަރީ

    ލޮލް، ތިޕާޓީ އައްވުރެ މެމްބަރުން ގިނަ އާއިލާތައްވެސް އެބަހުރި ބައިވަރު.

    15
  6. ޙަނދުކޭތަ

    ކަލޭ ހީކުރީ ވިލީމާލެ ދާއިރާގެ ގޮނޑި ކުޑަ ތަފާތެއްއިނީމަ އެއީހުސްކަލޭއައް ތާއިދުކުރާ މީހުންކަމައްތަ މި މަރުމޯލައް ނޭންގުނޭ އެމްޑީޕީގެ މެންބަރުންނާ ޖޭޕީގެ މެންބަރުންނާ އަދާލަތުގެ މީހުން ވޯޓްލީ ތިޔަޕާރޓިގެ އަންހެންމެންބަރު ހޮވަންކަމެއް ބޯގޯސް ނާޒިމް

    18
  7. އަލްޖިބްރާ

    ކަލެއަށް ތިހެން ހީވިއަސް ތީ ވާނެ ކަމެއްނޫން ! ކަލޭމެން އަރައިފި ތަނެއް ދާނީ ފަނުފުލުން ! ތިއީ މި ޤައުމުގާ ބަގާވާތް ކުރި އެންމެ އިސް މީހާ ހުރި ޕާރޓީ ! ތިއީ ބާޣީން !

    13
  8. ޙަދިސައިބު

    ސޮރީ އަދި ތިޔަ ވަރުގެ އުރައްޕަތެއްނެތް، ތިޔަ ޕާޓީގައި 15000 ހާސް މީހުން ތިއްބަސް އޭގެ %50 އަކީ ސިޔާސީގޮތުން ވަކި ކޮޅެއް ނަގައިގެން ތިބި ބައެއްނޫން އަމިއްލަ އެޖެންޑާއެއްގައު މަސްލަހަތަށް ބަލައިގެން ތިބިބައެއް!

    12
  9. ހަސަން

    އާ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ވިއްޔާ ތީ

    13
  10. އަލީ

    ބަގާވާތްކޮއް ފްލެޓް ލާރި ކާލައިފަ އަދިވެސް އިންތިހާބޯ

    11
  11. މުހައްމަދު އަހްމަދު

    މިހާތަނަށް ތި ޕާޓީ ވާދަ ކުރީ 2 އިންތިޚާބުގަ. ފުރަތަމަ އިންތިޚާބުން ބޮޑު ތަފާތަކުން ދިޔައީ ފުލަށް. 2 ވަނަ އިންތިޚާބުގައި، ސަރުކާރު ހިންގާ އެމްޑީޕީއާއި، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީ، އަދާލަތު، އަދި އެމްއާރުއެމްއާ އެންމެން ވެގެން މަސައްކަތް ކުރީމާ ވެސް ތިޔަ ޕާޓީ ވީ ބަލި.

    17
  12. ހަސަންބެ

    ކަލޭމެން އެރިޔަސް ނޭރިޔަސް އެމްޑީޕީ ނުވަތަ ޕީޕީއެމް ރިޔާސީ އިންތިޚާބު ކާމިޔާކުރާނީ. ރިޔާސީ އިންތިޚާބުގައި ކަލޭމެންނަށް އެންމެ ގިނައިން ވެސް ލިބޭނީ 500 ވަރަކަށް ވޯޓް އެއީ 0.24 އިން ސައްތަ. ޤާސިމަށް 10000 ވޯޓް. އެއީ 4.80 އިންސައްތަ. އެމްއާރު އެމަށް، 500 ވަރަކަށް ވޯޓް. އެއީ 0.24 އިންސައްތަ. އަދާލަތަށް 1000 ވޯޓް. އެއީ 0.48 އިންސައްތަ. ތި އެންމެންނަށް 5.76 އިންސައްތަ.

    14
  13. ދުމައިން

    ކަނޑު ކޮހެެއްނުމި އަޅެ. އެމްޑީޕީން ވާދަނުކޮށް ޕީޕީއެމް އާ 1 ވޯޓު ކައިރިއަަށް އާދެވުނީ. އެމްޑީޕީ ވާދަކުރިނަމަ ލިބޭނީ 1 ވޯޓު ތޯއްޗެއް

    13
  14. އަޙުމަދު

    2023 ގެ ރިޔާސީ އިންތިޚާބުގައި ނައިބު ރައީސް އަކަށް ވާން ބޭނުންނަމަ، އަރަންޖެހޭނީ ރައީސް ޞީލިހުގެ ފަހަތަށް، ނުވަތަ ރައީސް ޔާމީން ގެ ފަހަތަށް، ނޫނީ ރައީސް ނަޝީދު ގެ ފަހަތަށް، މިނޫން މަގަކުން ނާއިބު ރައީސް ކަމާއި ހަމައަށް އާދެވޭނޭ މަގެއް ފެނާކަށްނެތް، ޢުމަރު ނަޞީރު އާއި، ނާޒިމް އާއި ޤާސިމް ރިޔާސީ ރޭހުގައި ވާދަކުރުމުން ރައީސް ޔާމީން އަށް ލިބޭ ވޯޓް މަދުވުމަކީ ދިމާވެދާނެ ކަމެކެވެ. މި މަޤުޞަދު ޙާޞިލް ކުރުވަން އިންޑިޔާ އިން މަސައްކަތް ކުރާނެ، މި މަގަށް ތަބާވެއްޖެ ނަމަ 2023 ގައި ރާއްޖޭގައި އޮންނަނީ 100% އެމްޑީޕީގެ ވެރިކަމެއް، ރައީސް ކަމާއި ނައިބު ރައީސް ކަންވެސް އޮންނާނީ އެޕާޓީގައި، ދެވަނަ ބުރަކަށް ދާންޖެހޭ ހާލަތެއް މެދުވެރި ވިޔަސް، ރައީސް ޞާލިހަށް ތާއީދު ކުރަން ޖެހޭނީ، ނުވަތަ ރައީސް ނަޝީދު އަށް ތާއީދު ކުރަން، ސިޔާސީގޮތުން ރާއްޖޭގެ ވެރިކަމުގައި ހުންނާނީ އިންޑިޔާ ބޭނުންވާ ގޮތަށް ކަންކުރާ މީހާ. މި ފަހަރު ސަރުކާރުގެ ހިއްސާ އެހެން ޕާޓީ ތަކަށް ބަހަކަށް ނުޖެހޭނެ

    2
    5
  15. ޤައުމު

    ހެހެ ސައިޒު އޮޅުނީ ދޯ ވިލިނގިލިން 2 ވޯޓާފަޅި ލިބުނީމަ.
    ތިޕާޓީގެ އަސްލުސައިޒު ފެންނާނެ ރިޔާސީ އިންތިޚާބަށް ނިކުތީމަ %3 ވެސްނުލިބޭނެ

    12
  16. އަލްޖިބްރާ

    ތިޔަ ބުނަނީ ބަޣާވާތް ކުރާމީހުން ކުރިއަރާނެ ވާހަކަ ތަ ؟ ހިލާ އެހެނެއް ނުވާނެ ! ބަޣާވާތް ކުރާމީހުންނަށް އޮތީ ޝަރުޢީ ގޮތުން މަރު ހުއްދަ ކުރައްވާފަ !

  17. އާދަޅޭ

    ތިޔާ އެމުއެނުޕީސް އަކީ ރައީސް ސޯލިހުއަށް ފުލުހުންނާ ސިފައިން ކޮންޓްރޯލްކުރަން އުފައްދާފައި އޮތް ކުޑަ ޖަމާއަތެެއް. ވޯޓުގެ މާބާރުވެރިކަމެއް އަދި ނެތް. އެކަން ކޮމަންޑޫ ދާއިރާގެ ވޯޓުން އޮތީ އެނގިފަ

  18. ނަސީރު..

    ކަލޭމެން ބުނި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރާނަމޭ.. އެކަމު ދިޔައީ ޗޮކުން. ބާތިލް ވޯޓްކޮޅާ އެއްވަރަށްވެސް ވޯޓް ލިބުނީ ކިރިޔާ.. އެ ކާމިޔާބީއަށްފަހު އަނެއްކާ އަނގައަރުވަން ތިފެށީ..

    10
  19. ދ. މީދޫ ފިލޮޅު ލަތީފު

    ތިމާމެން ރައީސްކަމަށް ކުފޫ ހަމަނުވާކަން އަމިއްލަ އިޢުތިރާފުން ޤަބޫލު ކުރީތީ ޝުކުރިއްޔާ..

  20. ސުމަން

    ނާޒިމޫ ކިތައްމީހުން ހަމަވެގެން ިތއުޅެނީ؟ މުއާޒު ތީ އެއްލައްކަ މީހުންތަ؟

  21. ޖުލައި

    ކޮމްޕެނީ ޕާޓީގަ ރުޕީސް ހުންނާނެތާ ލައްކަ ބައިވަރު

  22. މުލޭ

    ކިބުރުވެރިކަމާއި، ބޮޑާކަމާއި، އަމިއްލަ އެދުމުގައި ރައްޔިތުން ވާވައްދާ ބަައެއްކަމުގައި ނުވަމާތޯއެވެ. ޝުކުރިއްޔާ

  23. އަލީ

    ޕާޓީ ހެދުމަށްޓަކައި ގިނައީ ގަނެގެން މެންބާޝިޕް ފޯމު ފުރުވާފަ ތިބި މީހުން ކަަމަށް ޚަބަރުތައްލިބޭ، އިބޫ އަށް ބައިއަތު ހިއްޕަވައިގެން މިވެރިކަމުންކުރާ ހަނޑިކަންކަން ދިފާއުކުރަން ނިކުމެ ނޫންތޯ ތިހުރީ

  24. ޏަޖަނ

    ގަޔަށް ރިއްޕާ. ގައުމުގަތިބި އަޙްލާޤް ދަށް ވިޔާނުދާ ކުދިންކޮޅެއް ލާރިކޮޅެއް ދިނީމަ ޕާޓީޔަށް ސޮއިކޮށްލީމަ ސައިޒް އޮޅުނީތޯ.

  25. ަަާެަައަލީ

    އަވަހައްކެބިނެޓަށްލައްވާނެބޭފުޅުންހަމަޖައްސަވާ

    3
    1