އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރޭ ކުރި އިހްތިޖާޖްގައި ހައްޔަރު ކުރި މީހުން ދޫކޮށްލައިފި އެވެ.

ފުލުހުން ވިދާޅުވީ ރޭ އިދިކޮޅުން ބޭއްވި އިހްތިޖާޖްގައި ހައްޔަރު ކުރީ ތިން މީހުން ކަމަށެވެ.

އަދި އެ މީހުން ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރޭގައި އިދިކޮޅުން އިހްތިޖާޖް ކޮށްފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ މިލިޓަރީ ސިފައިން ބޭރުކުރުމަށް ގޮވާލަ އެވެ.

އިދިކޮޅުން މިފަދަ ހަރަކާތްތައް މެދުކެނޑި ކުރިއަށްގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ.

އިދިކޮޅުން ބާއްވާ އިންޑިއާ އައިޓް ހަރަކާތުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަތަރަސްމާ

    މިކަން މިސަރުކާރައް މިހާރުވޭނަކައްވެއްޖެ ބަލަ ނޫސްވެރިން މަހުމުސާރަދެނީ އެންބަސީންތަ؟ނޫސްވެރިންގެހަބަރެއްނެތް؟؟ ހިޔާފުލެޓާއެކުދެހާސްތޭވީސް ތިރީސްފަސްހާސް ރައްޔަތުން އެއްފަހަރާވޯޓްއަޅާގެން ވެރިކަން ބަދަލޮކޮއްލާނީ ؟މިތިބީދިވެހިގައުމައްގައްދާރުން އިންޑިޔާގެއެންބަސީބުނާގޮތައްހިންގާ ބޯއީން//

  2. އަލީ

    ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބެންޗުގެ ގިނަ ސުވާލުތައް އަމާޒުވީ ފުލުހުންނަށާއި ޕީޖީގެ ވަކީލުންނަށެވެ.

    ރާއްޖޭގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާ ގާނޫނެއް އެބައޮތްތޯ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ހަސަން ޝަފީއު ސުވާލުކުރެއްވުމުން ދައުލަތުން ބުނީ އެފަދަ ގާނޫނެއް ނެތް ކަމަށެވެ.