އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ކަނޑައަޅާފައިވާ ބަޖެޓް ބޮޑުނުވި ނަމަވެސް އެކޮމިޝަނުން ކުރަންޖެހޭ މަސައްކަތް ތިންގުނަ ވެއްޖެ ކަމަށް އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުންނާއި އެކޮމިޓީގެ މެންޑޭޓާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ކަމާބެހޭ މުއައްސަސާތަކާ ބައްދަލުކުރަން ބޭއްވި ބައްދަލުވުމުގައި ފުއާދު ތައުފީގު މިއަދު ވިދާޅުވީ އީސީއަށް ބަޖެޓު ބޮޑުނުވާ ކަމަށެވެ.

"އަހަރެއްގެ މައްޗަށް ދެ މީހަކުވެސް އިތުރުވެފައި ނެތް، 2008 ގަ ވެސް 40 އެތަކެއް މުވައްޒަފުން ތިބިއިރު މިހާރުވެސް 50 އަކަށް މުވައްޒަފުން ތިބީ 14 އަހަރުވެގެން ދިޔައިރު" ކޮމެޓީގައި ވާހަކަދައްކަވަމުން ފުއާދު ވިދަޅުވިއެވެ.

އޭނާ ވިދާޅުވީ 2008 ގެ ކުރިން އޮންނަކީ ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބުކަމަށާއި ނަމަވެސް 2011އިން ފެށިގެން ލޯކަލް ކައުންސިލް އިންތިހާބުތައް ބާއްވާ މިދިޔަ އަހަރުން ފެށިގެން އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ އިންތިހާބުތައްވެސް ބާއްވަން ޖެހިފައިވާކަމަށެވެ.

އެކަމަކު މަސައްކަތްތައް އެތައް ގުނައެއް އިތުރުވީއިރުގައި ވެސް ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށް މާބޮޑު ބަދަލެއް އައިސްފައިނުވާކަން ފާހަގަކުރެއްވިއެވެ.

"ބަޖެޓް ބޮޑެއް ނުކުރެވޭ އެކަމު މަސައްކަތް ދެ ގުނަ ތިން ގުނަ ބުރަވޭ" އޭނާ ވިދާޅުވިއެވެ.

މަސައްކަތް ދެ ގުނަ ތިން ގުނައަށް ވުރެ ވެސް ބުރަ ވެއްޖެކަމަށާއި ލޯކަލް ކައުންސިލް އިންތިހާބަށްވުރެ ބޮޑަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޙާބާއި ގުޅިގެން ގިނަ ބައި އިލެކްޝަންސްތައް ބާއްވަން ޖެހިފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މަހެއްގެ މައްޗަށް ތިން ހަތަރު މަގާމު ހުސްވެގެންދާކަމަށެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ ފިނޭންސުން އީސީއަށް އެންގީ އިދާރީ ކަންކަމަށް ދީފައި އޮތް ބަޖެޓުން ބައި އިލެކްޝަންސްތައް ބޭއްވުމަށް ކަމަށާއި ނަމަވެސް މިހާރުދާ ރޭޓުން ދާނަމަ އަންނަ ޖުލައި މަހު މުޅި ބަޖެޓް ހުސްވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހައްހައްހަްއ

    ލާރިކޮޅެއް ބޭނުންވީ ދޯ؟

  2. ހަސަންބެ

    ޤާނޫނާއި ޤަވައިދުތަކަށް ބަދަލު ގެނެސް ޖެހިގެން އޮތްފަރާތަށް ފުރުޞަތު ދިނުމުން އިތުރު ޚަރަދު ކުރާކަށް ނުޖެހޭނެ.

  3. މާމީ

    ފޯޑު ގޭގަ އޮތްނަމަ ޖެހޭނީ ގޭމަސައްކަތް

  4. ޥަގުން

    މުޅި އާއިލާ ވަގަށް އެހެންޕާޓީ ތަކަށް ވެއްދިއިރު ކަލޭޢަށް އެ ފޯމުގައި އިން ފިންގަރ ވެސް ވެރިފައި ކުރެވެންނެތީ ދޯ؟ ހުސް ވައްކަން/އިސްތިއުފާ. މަ އޮތީ އެމް.އެން.ޕީ އަށް ވަގަށް ވައްދާފަ.އަންހެނުން ވަގަށް ޖޭޕީ އަށް ވައްދާފއަި.

  5. ރަފީގު

    މަ ހީކުރި ފުއާދަކިވެސް ހޭލުންތެރި ތައުލީމީ މީހެއްކަމަށް.

    ނޭންގޭތަ މުޅި ދުނިޔެ ދަނީ ބޮޑު އިގުތިސާދީ ވަޅުގަނޑަކާ ދިމާލައް ކަން ؟!

    ނެތޭ ލާރިއެ !

  6. މަތަރަސް

    ބަލަފޯޑު ބަލަ އަބިކަމަނާޔަކީ ރީދޫގެ އިސްލީޑަރު ދެން ފޯމުތަކައްވާނީކިހެނެއްތަފޯޑޫ އިންސާފު ބަޓްފޯޑޫ ވިކިފައިތިހިރި ކޮމެންޑޫގެ އިްތިހާބުންއެގޭފޯޑޫ؟

  7. ބަކަރިމަސް

    ދެން އެއްބައި ދީ މަޖިލިސްގައި އުޅޭ ގްރޫޕަށް ކުރާނެ ކަމެއް ނެތިގެން އެބަ އުޅޭ އެގުރޫޕް