ރާއްޖޭގެ ވިސާއަށް އެދޭއިރު ހެލްތުު އިންޝުއަރެންސް ޕޮލިސީއާއި މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް ހަދަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ވިސާއަށް އެދޭއިރު ހެލްތު އިންޝުއަރެންސް ޕޮލިސީއާއި މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހޭނީ މެއި 31 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އަދި ވިސާ މުއްދަތު ހަމަވެގެން މުއްދަތު އިތުރުކުރުމަށް އެދޭއިރުވެސް އެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އެ އިދާރާއަށް ހުށަހަޅާ މެޑިކަލް ރިޕޯޓް ވާން ޖެހޭނީ ހެލްތު މިނިސްޓްރީން ބިދޭސީންގެ މެޑިކަލް ހެއްދުމަށް ހުއްދަދީފައިވާ ހޮސްޕިޓަލަކުން ނުވަތަ ކްލިނިކަކުން ހަދާފައިވާ ރިޕޯޓަކަށް ކަމަށް ވެސް ބުނެފައި ވެއެވެ.

އިމިގްރޭޝަނުން ބުނީ އިންޝުއަރެންސް ވާން ޖެހޭނީ ރާއްޖޭގައި އިންޝުއަރެންސް ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއްގެ ޕޮލިސީއަކަށް ކަމަށެވެ.

ނަމަވެސް ވޯކް ވިސާއާއި ބިޒްނަސް ވިސާގެ އިތުރުން ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރަން ހުށަހަޅާއިރު އިންޝުއަރެންސް ޕޮލިސީއާއި މެޑިކަލް ރިޕޯޓް ހުށަހަޅަން ނުޖެހެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ިމމ

    އެކްސްޕެޓްރިއޭޓް ހެލްތް އިންސުއަރެންސް ޕޮލިސީ އަދި މެޑިކަލް ރިޕޯޓް ހުށަހެޅުމާއި ގުޅޭ

    31 މެއި 2022 އިން ފެށިގެން ވާރކްވީޒާ އާއި ބިޒްނަސް ވީޒާ ފިޔަވައި އެހެނިހެން ވީޒާއަށް އެދި ހުށަހަޅާ ފަރާތްތަކުންނާއި، ވީޒާ މުއްދަތު ހަމަވެގެން މުއްދަތު އިތުރުކުރުމަށް ހުށަހަޅާއިރު އަންނަނިވި ލިޔެކިއުންތައް ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސައިފީމެވެ.

    1. މިނިސްޓްރީ އޮފް ހެލްތް އިން ބިދޭސީންގެ މެޑިކަލް ހެއްދުމަށް ހުއްދަދީފައިވާ ހޮސްޕިޓަލް/ކްލިނިކް އަކުން ހަދާފައިވާ މެޑިކަލް ރިޕޯޓް

    2. ރާއްޖޭގައި އިންސުއަރެންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއްގެ "އެކްސްޕެޓްރިއޭޓް ހެލްތް އިންޝުއަރަންސް ޕޮލިސީ" ގައި ބިދޭސީފަރާތް ބައިވެރިވެފައިކަމުގެ ލިޔުން

    އަދި، ދަންނަވަމެވެ. އެހެނިހެން ވިޒާގެ ތަކުގެ ތެރެއިން، ޓޫރިސްޓް ވީޒާ ގެ މުއްދަތު އިތުރުކުރުމަށްހުށަހަޅާއިރު އާއި ސްޕޮންސަރޝިޕް ޑިކްލަރޭޝަން ހުށަހަޅުއްވާއިރު، މަތީގައި ބަޔާންކުރެވިފައިވާ ލިއުންތައް ހުށަހަޅަން ނުޖެހޭނެ ވާހަކަދެންނެވީމެވެ.

  2. ކޮރަލް

    ބަޔަކަށް ފައިސާ ލިބޭނެ އިތުރު ގޮތެކެވެ.