ސިރިއާގެ ކޭމްޕްތަކުގައި ވަރަށް ހާލުގައި 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާ ކަމަށް އދ. ގެ އިންސާނީ އަދި ކައުންޓަ-ޓެރަރިޒަމް ސްޕެޝަލް ރެޕަޓުއާ ފިއޮނުއަލަ ނި އަލައޮއިން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކުރެއްވި ނުވަ ދުވަހުގެ ރަސްމީ ދަތުރަށްފަހު އޭނާ ވިދާޅުވީ، ސީރިޔާގައި ތިިބި ދިވެހި އަންހެނުންނާއި ކުޑަކުދިން ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން ދީފައިވާ ކޮމިޓްމެންޓަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ކުޑަކުދިން ހިމެނޭގޮތަށް، ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިބި ދިވެހިންނަށް ދިމާވަމުންދާ ބިރުވެރި އަދި ފުރާނައަށް ނުރައްކާވާ ހާލަތްތަކަށް އިޖާބަ ދިނުމަށް، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އޭނާ ގޮވާލެއްވިއެވެ.

އަދި ސީރިއާގެ ކޭމްޕްތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލެއްވިއެވެ.

ނި އަލައޮއިން ވިދާޅުވީ، އެ ކޭމްޕްތަކުގައި 50 އަށްވުރެ ގިނަ ދިވެހި ރައްޔިތުން ބޯފެނާއި ކާނާ އާއި ސިއްހީ ހިދުމަތް އަދި ތައުލީމް ބޭނުންވާ މިންވަރަށް ނުލިބި ދިރިއުޅެމުންދާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ނި އަލައޮއިން ވިދާޅުވީ، މިފަދަ ކޭމްޕްތަކުގައި ދިރިއުޅެން އެކަށީގެންނުވާ، ބިރުވެރި މާހައުލެއްގައި ބަންދު ހާލަތުގައި ކުޑަކުދިން ދިރިއުޅެމުންދާ ކަމަށެވެ.

"މި ކުދިންނަކީ ޓެރަރިޒަމްގެ އަނިޔާ ލިބިފައިވާ ކުދިންކަމުން، އެކުދިންނާއި މެދު ކަންކުރަން ޖެހެނީ ފުރިހަމަ އިހްތިރާމާއި ފުރިހަމަ ކަރާމަތާއި އެކު، މި ކުދިން އަނބުރާ ރާއްޖެ ގެނެެސް އެއްވެސް އިޖްތިމާއީ ފުރަައްސާރައަކާއި ނުލާ، އާއްމު އާދައިގެ އުފެއްދުންތެރި ދިރިއުޅުމެއްގައި ދިރިއުޅެވޭނެ ފުރިހަމަ ފުރުސަތު ފަހިކޮށްދޭން ޖެހޭ". އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ތިއީ ސުވަރުގެ ހޯދަން ދިޔަ މީހުން ދޯ. އަޑީގައި އޮތީ އެމެރިކާ. މުސްލިމުންގެ ބޮލުގައި ޓެރަރިޒަމުގެ ކުށް އަޅުވަންވެގެން ކުރާ ނުބައި ކަންކަން.

  2. އަބްދޫ

    ރާއްޖެ ގަންނަން ޖެހޭ ބަޔަކު ސޫރިޔާ އަކު ނުތިބޭނެ. ސޫރިޔާ ގެ ހަގުރާމަޔަށް ދާން ވާޖިބުވާ ބަޔަކު ދިވެހިންގެތެރެއަކު ނުތިބޭނެ. ސޫރިޔާގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރާ ބާގީންނާ ގުޅިގެން ހަގުރާމަކުރަމުންދިޔަ ހުރިހާ ބާގީންނަށް ސޫރިޔާގެ ކޯޓްތަކުގާ ސަރީއަތް ހިންގާ އަދަބު ދެވެންވާނެ،

  3. ނަންވާނިމަ

    ހާލުގައި ކޭމްޕުގަ އުޅޭކައް ނުޖެހުނީހެއްނު ރާއްޖޭގަ އޮތް ނަމަކާ.ޖިހާދަށޭ ކިޔާފަ ށައިތޯނާގެ ބަހައް ހެއްލިގެން ގޮސް އެތައް ބަޔަކު ރަހުމު ކުޑަކޮއް މަރަން ދިޔަ ބަޔަކައް އެއްވެސް ހަމްދަރުދީވުމެއްނެއް. ކަލޭމެނައް އޮތީ ނަރަކައިގެވެސް އަޒާބު. މިގައުމު ނާމާން ކުރަން ދެން އެންބުރި އަނާނެކަމެއް ނެއް ޓެރަރިސްޓުން ތައް.

  4. Anonymous

    ދިވެހިން ބަންގާޅީން ނާއި ޤައުމުގެ ކަންކަން ހަވާލުކޮށްފައިގޮސް ސީރިޔާގައި ހަގުރާމަކުރަނީތާ !

  5. ހަގީގަތް

    ތީ ދޮގެއް. އެމީހުން ކޮންހާލެއްގަ އުޅެނީ. މިތަނުން ހާހުން ޑޮލަރު ގެންގޮސްގެން އަތުން ފައިން މަސައްކަތެއް ނުކޮށް ވ އަރާމު ދިރިއުޅުމެއް އުޅެނީ. އަހަރުމެން ޖެހެނީ ގުދާރު ބިންދައިގެން މަސައްކަތް ކުރަން އެކަމަކު ދެކޮޅު ނުޖެހޭ. އެމީހުންނަށް އެވަރަށް ހަރަދު ކުރާ މީހުން މިތާ އުޅޭ

  6. އަލީ

    މީގެ 2 އަހަރު ކުރިން ސީރިޔާގައި ތިބި ކުދިންނަށް ރައްކައުތެރިކަންދީ އަނބުރާ ގައުމަށް ގެނެސް ރިހަބްލިޓޭޝަން ދީ އާންމުން ފަދައިން އުޅެވޭނެ ފުރުސަތު ދޭންޖެހޭ ކަމަށް އަންގާފަވާނެ ކަމަށް އދ ގެ އިންސާނީ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށް ކުރިއެރުވުމާ ގުޅޭ އދ.ގެ ސްޕެޝަލް ރެޕަޓުއާ ފިނޯލާނީ އޯ ލައިން ވިދާޅުވި

    ، އަދި އެ ކުދިން ގެނައުމުގެ ކަންތަކުގައި ހަމައެކަނި ރާއްޖެއިން ހޯދައިފަވާ ކުރިއެރުމަކީ ޔޫއެން އިންފަންޑު ކޮށްގެން ހިންމަފުށީގައި އެފަދަ މީހުންނަށް ރިހަބްލިޓޭޝަން ދޭން އަޅާފަވާ މަރުކަޒުކަމުގައި ވެސް އެކަމަނާ ވިދާޅުވި ، ސީރިޔާގައި ތިބި ދިވެހި އާއިލާތައް އަނބުރާރާއްޖެ ގެނައުމަށްއދ ގެ ހިއުމަން ރައިޓްސް އިންމީގެ 2 އަހަރު ކުރިން އަންގާފަވި ނަމަވެސް އެ ކުދިން ގެނައުމަށް މަސައްކަތް ކުރުމުގައި ސަރުކާރުގެ ވަރަށްބޮޑު އިހުމާލު އޮތްކަމުގައިވެސް އެ ކަމަނާ ވިދާޅުވި .
    އަދިސަރުކާރުން އެކުދިންގެ ކަންތަކުގައި މަސައްކަތް ކުރާ ސްޕީޑަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން .

  7. ނީމޯ

    ދާންވާނެ ދާންވާނެ! ދެން ތިވާހަކަ ނުދައްކާ

  8. ސޯލިބޭ

    ފިހުނުއަލަ ވެސް މޮޅުވާހަކަވިއްޔާ ތިދައްކަނީ. އދ ގެ އެހީގައި އެމީހުންތައް ރާއްޖެ ފޮނުވާދޭން ވީނު.