ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކޮށްފައިވާ ކަންކަމުގެ ސަބަބުން ދިވެހިރާއްޖެ ބަނގުރޫޓް ވަމުންދާ ކަމުގެ އަލާމާތްތައް ފެންނަމުން އެބަދާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެ ދެއްވައިފިއެވެ. ޓޮމް އަކީ މެލޭޝިއާގެ ލިމްކޮކް ޔުނިވަސިޓީ އިން ބިޒްނަސް އެކައުންޓިންގެ ދާއިރާ އިން މަތީތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ޓޮމް ކުރެއްވި ޓްވީޓްތަކެއްގައި ވަނީ ދިވެހިރާއްޖެ ބަނގުރޫޓް ވަމުންދާ ކަމުގެ އަލާމާތްތައް ލިސްޓް ކުރައްވާފައެވެ. ޓޮމް ވިދާޅުވީ ބަނގުރޫޓްވާއިރު ފެންނަ އަލާމަތްތަކެއް ހުންނަ ކަމަށެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި އޭނާ ސުވާލު ކުރެއްވީ އަސާސީ ބޭނުންތަކަށް ބޭނުން ކުރަން ޖެހޭ ތަކެތި ގަންނަން ހުރި ފައިސާގެ އަދަދާއި ގުޅޭ ގޮތުންނެވެ. ޓޮމްގެ ޓްވީޓްގައި ވަނީ 800 މިލިއަން ޑޮލަރު އެބަހުރި ކަމަށް މިނިސްޓަރު އަމީރު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެވިދާޅުވާ ރިޒާވްއަކީ މީހުންގެ އެކައުންޓްގައި ހުރި ޑޮލަރު އެއްކުރީމަ އަންނަ އަދަދެއް ކަމަށާއި އެއީ ދައުލަތުގެ ޔޫސެބަލް ރިޒާވް ނޫން ކަމަށް ޓޮމް ވިދާޅުވިއެވެ. "ހަނޑޫ ގަންނަން ހުރި އަދަދު ހާމަ ނުކުރަނީ ކީއްވެ؟" ޓޮމް ސުވާލު ކުރެއްވިއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއްހާ ދުވަސް ފަހުން ޔޫސަބަލް ރިޒާވްގައި ހުންނަ ފައިސާގެ އަދަދު ހާމަކުރުން ވަނީ ހުއްޓާލާފައެވެ.

ޓޮމް ދެން ވިދާޅުވީ އެސްޓީއޯ ކޭޝްފްލޯ ނެތިގެން، ކާޑު ގަންނަން ލޯނު ނަގަން ޖެހުމަކީ ވެސް ގައުމު ބަނގުރޫޓް ވަމުންދާކަމުގެ އަލާމާތެއް ކަމަށެވެ. ޓޮމް އިޝާރާތް ކުރެއްވީ 2021 ވަނަ އަހަރު ކާޑުގެ ބާވަތްތަކާއި ބޭސް ގަތުމަށް އެސްޓީއޯ އިން ނެގި 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)ގެ ލޯނަށެވެ. އެލޯނަށް ސަރުކާރުން ވަނީ ސަވަރިން ގެރެންޓީ ވެސް ދީފައެވެ.

ޓޮމް ވިދާޅުވީ އެންމެ މަދުން ހުންނަން ބޭނުންވާ ތެލުގެ ސްޓޮކް އެފްއެސްއެމް އަށް ނުހިފެހެއްޓޭ ކަމަށާއި އެއީ ވެސް ގައުމު ބަނގުރޫޓް ވަމުންދާ ކަމުގެ އަލާމާތެއް ކަމަށެވެ.

އެންމެފަހުންނެގި 500 މިލިއަން ޑޮލަރުން އެއްބައި ސަނީސައިޑް ބޮންޑު ދެއްކިކަމަށް، މިނިސްޓަރ އަމީރު ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް ދަރަނި ދައްކަން ދަރަނި ނެގުމަކީ 2013 ވަނަ އަހަރު ފާސްކޮށްފައިވާ ޚަރަދަށް ޒިންމާވުމުގެ ޤާނޫނާއި ޚިލާފަށް ކޮށްފައި އޮތް ކަމެއް ކަމަށް ޓޮމް ވިދާޅުވިއެވެ.

ޓޮމް ވިދާޅުވީ 2013 ވަނަ އަހަރު ފާސްކުރި ޚަރަދަަށް ޒިންމާވުމުގެ ޤާނޫނުގައި ބުނަނީ ދަރަނި ނަގަންވާނީ ޤައުމީ ތަރަށްޤީގެ މަސައްކަތަށް ކަމަށެވެ. ނުވަތަ އުފެއްދުންތެރިކަން އިތުރުކުރާނެ މަޝްރޫއަކަށް ކަމަށެވެ. ގާނޫނުގައި އެގޮތައް އޮތް ނަމަވެސް އިންޑިޔާ އިން ސަރުކާރުން ނަގާފައިވާ އެއްބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުން ހަރަދު ކޮށްފައި ވަނީ އަދި ހަރަދު ކުރަން ހަމަޖެހިފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކް ލޭންޑްސްކޭޕްކުރުމަށާއި ހުޅުމާލޭ ޖެޓީ ކައިރީ ބެންޗްހެދުމަށާއި ކުޑަކުދިން ކުޅޭ ޕާކް ހެދުމަށާއި ކުރިކެޓް ސްޓޭޑިއަމް އެޅުމަށް ކަމަށް ޓޮމް ވިދާޅުވިއެވެ. އޭނާ ވަނީ މިއީ ގާނޫނާއި އެއްގޮތައް ކުރަމުންދާ ކަމެއްތޯ ސުވާލު ކުރައްވާފައެވެ.

އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް ހުސްވެ ގައުމު ބަނގުރޫޓް ވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަން އިން ވެސް ވަނީ ދީފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލހްހާނު ފަހުދީ

    ގައުމު ވަނީ ބަގުރޫޓު. ކޮމަންޑޫ ދާއިރާއާއި އެމްޑީޕީ އިންތިހާބާ ދިމާކޮށް އެތައް ހާސް ބަޔަކަށް ތަނެއްދޮރެއް ނޭނގޭމީހުންވެސް ހިމެނޭގޮތަށްވަނީ ބޭކަރު ވަޒީފާތަކެއްދީފައި. އެމިހުން ކުރާކަމެއް ނޯވޭ. ގިނަމީހުން އިށިންނާނެ ތަނެއްވެސް އޮފީހުގަ ނުހުރޭ! ހަމައެކަނި ކާޑު ދީފައި އިން، އައުޓު ވެލަން އެތައް ބަޔަކަށް ވަޒީފާދީ ދައުލަތް ދަރުވާލަނީ. މީ ކޮރަޕްޝަނުގެ ކުޑަތަންކޮޅެއް މިބުނީ.

    20
  2. ހުސެން

    ބޭންކުގަ އޮށްލާރިކޮޅުނަގާފަ ފޮރުވަންވީ. ވަޅުލާފަނަމަވަެސް، ސޯލިހު ތިގޮނޑި ދޫކަށަލައްވާ !!

    15
    1
  3. ވަކިކުރޭ

    ފިނޭންސް މިނިސްޓަރު ކަމުން ތަޖްރިބާ އެއް ނެތް ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ ގައްދޫ އަމީރު ވަކިކުރޭ

    19
    1
  4. ކަޅުބެ

    ގައުމުބަނގުރޫޓުވުމުގެ އަލާމަތްތަށް ވަނީ ފާޅުވާންފަށާފަ އެއީ ތަކެތީގެ އަގުބޮޑުވެ އެންމެއާދައިގެ ތަކެތިވެސް އަތްނުފޯރާފަށަށް އެރުން ގައުމުގެ މާލީހާލަތުން އަރައިނުގަނެވުމުގެ އެންމެބޮޑު ގޯސް ޕުރިންސިޕަލުންނަށް މުސާރަބޮޑުކުރުމާއި ސަރުކާރުގެ އޮފީސްތަކުގެ ގޮނޑިއަށްވުރެ ގިނައިން މީހުންނަށް ވަޒީފާދިނުން ހިމެނެއެވެ އަދި މީގެ އިތުރުން އަމީރު ހަދާދޮގުންވެސް ގައުމު ކުއްލިއަކަށް ބަނޑަށް ޖެހިދާނެ ކަމުގެ ބިރުއެބައޮތެވެ.

  5. ދިބާ

    ދިވެހިންގެ އަތަކުނޫން މިހާރު ދިވެހި ރާއްޖޭގެ ވެރިކަން އޮތީކީ މިހާރު ގައުމު ހިންގަނީ ރައިސް އޮފީހައްވުރެ 300 އެއްހާ ފޫޓު އިރުމަތިން

  6. Anonymous

    ބަނގުރޫޓުވެފައިވާ މީހަކީ އަނެކާގެ އަބުރަށް އަރައިގަނެ، ވައްކަންކޮށް، ރިބާކާ، ފިކުރު ގަނެވިއްކާ، ދޮގުހަދާ، ﷲ ގެ ޙުކުމާ އިދިކޮޅަށް ބިލުތައް ފާސްކުރާ މީހުން. މިބައިގަނޑަކީ މަޖިލީސްތެރޭގައި ވަރަށް ގިނަ ބައެއް ކަމަށް ލަފާކުރެވޭ.