ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އއ. އުކުޅަހަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު އުކުޅަހަށް ވަޑައިގެންފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ރައީސް ސޯލިހް އެރަށަށް ވަޑައިގެންނެވީ "ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއީ ވިޔަވަތި ރާއްޖޭގެ ދެވަނަ އެޑިޝަނެވެ.

މި ކޮންފަރެންސް މިއަދު އެރަށުގައި ފެށޭއިރު، މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މި ކޮންފަރެންސް ކުރިއަށް ދާނެއެވެ.

މި ބައްދަލުވުމުގައި މެދު ރާއްޖެތެރޭގެ ހުރިހާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވާނެއެވެ. އެއީ ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގައި ހިމެނޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކެވެ.

މި ބައްދަލުވުމުގައި ލާމަރުކަޒީ ގާނޫނު ހިންގުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރަން ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާޅި

    މުސްލިމް ޤައުމުތައް ހިންގަން މިޖެހެނީ ހުޅަގުގެ އެޖެންޓުން ވެސް ތިބެގެން އެމީހުން ބޭނުންގޮތަކަށް އެމީހުނަށް ވަފާތެރި މީހުންލައިގެން މުސްލިމް ޤައުމުތަކުގެ މާލީ ފައިދާ ހުޅަގުމީހުނަށްވެސް ލިބޭނެގޮތަކަށް، އަދި މަދުން ނަމަވެސް ސަރުކާރުގައި ދީނީ ޝޭހުންވެސް ތިބެންޖެހޭ ޢަރަބިން އަތުން ތެލާއި ގޭސް ހޯދަންވެސް !😀