އުއްތަމަ ފަނޑިޔާރު އަބްދުއްﷲ ސައީދަށާއި ފަނޑީޔާރު އަލީ ހަމީދު އަދި ޖުޑީޝަލް އެޑްމިނިސްޓޭޝަންގެ އިސްވެރިޔާ ސައީދަށް ރާއްޖޭގެ ބޮޑު ކުންފުންޔަކުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ދިންކަން ހާމަވެއްޖެއެވެ.

ސުޕްރިންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ މިތިން ބޭފުޅުންނަށް ގިނަ އަދަދެއްގެ ފައިސަާ ކުންފުންޔަކުން ދެއްވިކަން ހާމަވާ ޑޮކިއުމެންޓްރީ ހެކިތަކެއް ފެނިފައިވާކަމަށެވެ.

"މިތިން ބޭފުޅުންނަށް އަގުބޮޑަތި ފުލެޓް ގަތުމަށް، ކުރިން އަޅުގަނޑުމެން ނޫސްވެރިން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުން ތަކުގައި ފާހަގަކޮށްފައިނުވާ ކުންފުނި ނޫން އެހެން ކުންފުންޔަކުން، ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ ރާއްޖޭގެ ކުންފުންޔަކުން ގިނަ އަދަދެއްގެ ޑޮލަރު، ތުހުމަތު ތަކެއް އެކުލެވޭގޮތަށް އެފަރާތްތަކަށް ލިބިފައިވާކަން ނުވަތަ އެކުންފުނިން އެފައިސާ ހޯދައިފާވާކަމުގެ ޑޮކުއުމެންޓުރީ އެވިޑެްންސް ލިބިފައިވާކަން ފާޙަކޮށްލަން" ޝިފާން ވިދާޅުވިއެވެ.

ޝިފާން އިތުރަށް ވިދާޅުވީ މިމައްސަލާގެ ތަޙްޤީޤް ހިގަމުންދަނީ ހަމައެކަނި ދިވެހި ރާއްޖޭގައި ނޫންކަމަށާއި މިބޭފުޅުންގެ ރާއްޖެއިން ބޭރުން ކުރައްވާފައިވާ މުއާމަލާތް ތަކުގައި ތުހުމަތު ތަކެއް ހުރުމާއެކު ރާއްޖެއިން ބޭރާށް މިމައްސަލަ ތަޙްޤީޤް ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި ވިދާޚުވީ ރާއްޖޭން ބޭރުގައި ކުރިޔަށް ގެންދާ ތަޙްޤީޤްތަކަށްވެސް ވަރަށް ބޮޑަތި ކުރިއެރުން ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އްބުދުﷲ

    ކަޅުފޮށި ވިހެތަ އަންއަކާވެސް؟

  2. ތިމަންނަ

    ބަލަ! ފަޑިޔާރަށް ފައިސާ ލިބުނީމަތަ މައްސަލައަކީ ، އެއަށްވުރެ އުސް މީހުނަށް ހަލާލަށާ އެހެންގޮތްގޮތަށް ލިބޭފައިސާގެ މައްސަލަ ކޮބާ؟؟؟؟؟؟؟؟؟

  3. ޙަމަހާމަވާ

    ލާރި ގެއައް ވަންނަ ގޮއި އަބިން ނާހާ އިރު މީސްމީހުންގެ އަނބިން ހައްޔަރު ކުރަނީ ކީއްވެބާ.

  4. ބީރުބޭ

    ހާދަ ޑޮލަރެކޭދޯ ދޯ އުއްތަމަ ފަނޑިޔާރަށް އަށް ތި ލިބެނީ. މިހާރު މިއޮތީ ޑޮލަރުގެ މޫސުން އައިސްފަ. ޑޮލަރު! ޑޮލަރު! ޑޮލަރު! އެތާވެސް ޑޮލަރު! މިތާވެސް ޑޮލަރު! މުޅިއޮޑީގަވެސް ޑޮލަރު!

  5. ޙުސޭނު

    ލައްބަ. ވަރަށް ބޮޑެތި ކުރއެރުން ލިބިފައިވާ ކަމަށް ބުނާ އަޑު ވަރަށް ގަދަ. ލޮލަށް ދެއްކޭ އެއްޗެއް ހަމަ ބަޚަބަރު

  6. ޟައިނީ ކޮއިން

    އަމައްޔާއި، އެއީ ކޮންކުންފުންޏެކޯ؟ އެނުބުނެވެނީ އެއީ ވެލިފުންޏެއްވީމައުތާ؟

  7. ޑިމޮކްރަޓިސްޓް

    އެއްބަހެއްނުވާނެ#### ތީ ހުދުކާފޫރު#### މިމީހިންގެ ދިފާއުގަވެސް ބަޔަކު ގައުމު ހަލަބޮލިކުރާނެ####

  8. އައްލާ

    ހުސްދޮގު އެކައްޗެއްވެސް ނުފެނޭ އެކައްޗެއްވެސް ނުދޭ މިރާއްޖޭގަ ކަންތަށްތަށް ހިގަމުންދާގޮތް ދިވެހިންނަށް ވަރައް ސާފްކޮއް އެގޭ

  9. ޙެހެހޭ

    ޢަސްތަ ތިހަޖަމުނިވީ

  10. ނަގޫރޯޅި

    ﷲ ގަންދީހުވާ މަށައްތީގެން އެންމެ ލާރިއެއްވެސް ނުލިބެ. މައޭރުވެސް ބުނިން ލަސްވަނީއޭ އަވަހައް ތަންފީޒު ކުރާށޭ.

  11. އަޙުމަދު

    ދެންވެސްބުނޭ ނޫނެކޭ!

  12. ނަހޫ

    ހަޖަމުގެ މައްސަލަތައް ހަރުގޭގައާ ކުނޫޒުގަ އުޅޭނެ.

  13. މުހައްމަދު ފިކުރީ

    ދެންވެސް ބުނާނެ އެއީ ފުލުހުން ހިފައިގެންގޮސް ބެހެއްޓި ޑޮލަރޭ.

  14. ހަސަނު

    ސާބަސް ޕޮލިސް. ތި ކުންފުނިތަކުގެ ވެރިންނަށްވެސް ދައުވާ ކުރެވެން ޖެހޭނެ. ދޭމީހާއެކޭ ހިފިމީހާ އެކޭ ވާނީ އެއްވަރެއް. އެމީހުނާ ދެކޮޅަސްވެސް ދައުވާ އުފުލޭނެ.

  15. ފިރުޓޭ

    ތި ފަނޑިޔާރުންތައް ތި ގަނޑެއް ގަންނަތާ ކިހާ ދުވަހެއްތަ އަޅެ! ވެލެޒިނީ ދެެއްކީ ތި ވާހަކަ އެއްނު! މިއަދު އެފަކީރު މޮޔަކަށް ހަދައިގެން އެންމެން ހީ ސަކަރާތް ޖަހަމުން އެ ދަނީ!

  16. ނަކެ

    ތިހަދާދޮގަށްސާބަސްކަޅުފޮށި

  17. މިނަ

    ކަޅުފޮށީގަގަތައޮތީ