ކައިވެނިކޮށްގެން އުޅޭ ދެ ފިލްމީ ތަރިން ކަމަށްވާ ފާތުމަތު އާޒިފާ (އަޒޫ) އާއި އަހުމަދު ސައީދު ޖުމްހުރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކޮށްފި އެވެ.

އެ ދެ ތަރިން ޖޭޕީއަށް ސޮއި ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.

ދެ ތަރިންގެ ފޯމާ ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޖޭޕީގެ ނާއިބު ރައީސް އަހުމަދު ސައުދެވެ.

ސައީދު ބުނީ، ޖުމުހޫރީ ޕާޓީއާއި ގުޅުނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަކީ ދެގޮތެއް ނުވެ ދިވެހި ރައްޔިތުންނަށް ހިދުމަތްކޮށް ދެއްވުމުގައި ސާބިތުވެ ހުންނެވި ބޭފުޅަކަށްވާތީ އެވެ.

އަދި ޖޭޕީއާ ގުޅިގެން ކުރިއަށް ދެވޭނެތީ ކަމަށް ވެސް ސައީދު ބުންޏެވެ.

ޖުމްހޫރީ ޕާޓީއަށް މީގެ ކުރިން ވެސް މަޝްހޫރު ގިނަ ފަންނާނުންތަކެއް ވަނީ ސޮއި ކޮށްފަ އެވެ.

ޖޭޕީއިން ދަނީ އެ ޕާޓީއަށް މެމްބަރުން ގިނަ ކުރުމުގެ މަސައްކަތް ކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އާދަނު

    އެތިކޮޅެއް ދީފިއްޔާ މަވެސް ތައްޔާރު!!!

    43
  2. ހ. ހުސައިން

    އަނެއް ސިޔާސީ މަގާމު އުފައްދަންޖެހުނީތާ؟ ކިހިނެއްތޯ ދެން މިވަރުން ޚަރަދުކުޑަކުރާނީ.

    39
  3. ނޯވޭ

    ޢޯ ތިޔައީ އަދި އަހަރުމެން މާބޮޑަށް ސިހޭބަޔެއްތަ!؟ ދިވެހިން މިހާރު ދަނޭ ތިޔަ ފިލްމީ ތަރިން.

    46
  4. Anonymous

    ލާރިކޮޅެއް ދިނީ ދޯ ނާޗަރަންގީ ކުޅެލަން.

    44
  5. އަލީ

    ތި ދެމީހުންގެ ނިމުން އަންނަން ކައިރިވެއްޖެ.

    33
  6. ރަދީފުލް ކުމާރު

    ފިލްމީ އުދަރެސްމަތި މިހާރު އެންމެރަނގަޅީ ނާޒިމްސޯމެންގެ ޕާޓީގާ.

  7. ޔަހުޔާ

    ތި ކަހަލަ ކުނި ބުނިން ވެއްދީމަ ހުންނާނީ ވެރިކަން ލިބިފަ

  8. ދަރަނި ދަންތުރަ

    ކަލޭނޭ ތިޔަ ދެމީހުން ކިތައްފަހަރު ޖޭ ޕީ އަށްތިޔަ ސޮއި ކުރަނީ ބޮޑުގެރި ބޭރަށްހިންގާހެން ތިޔަ ދެމީހުން ޖޭ ޕީ އަށް އެބަ ސޮއިކުރޭ ތިޔަ ޕާޓީގައި ތިބި ހުރިހާ މީހުން އަލުން ތިޔަ ޕާޓީ އަށް ސޮއިކުރި ކުރިޔަސް އަދަދު ގިނައެއް ނުވާނެދޯ

  9. ވަގު ފޯމް

    މުޅިންވެސް ވަގަށް މީހުންވަށްދަނީ ޕާޓީ އަށް.މ..މަށަކީ ދުވަހަކުވެސް ސިޔާސީ ޕާޓީ އެއްގެ ފޯމެއް ދެކުނު މީހެއް ނޫން އެކަމް ތި ޕާޓީގަ މަގޭ ނަންވެސް އެބައިން

  10. ބޮންދު

    ވަގުތު ނޫސްގަ ތިބެނީހޭނުޖެހޭ ކުޑަކުދިންހެންހީވަނީ
    އެހެންޏާފަހެ ދުނިޔޭގެ ނިމުން ކައިރިވަމުންވިއްޔާ މިދަނީ
    ޝައިޠާނުންނައް ވާގިވެރިވާބަޔަކައްނުވަމާތޯ

  11. ާކުންނު

    އަތުގަ ލާރިކޮޅެއް ނެތިގެން އެޕާޓީއަށްވަނީ ތިޔަދެމީހުންގެ ގޮތް ރަނގަޅަށް އެނގޭ.

  12. Anonymous

    ސާބަސް. ދެމޫނުގެ ދިވެހީން، ޚާއްސަކޮށް ފިލްމީތަރިން ގެ ސިޔާސަތަކީ ގަނެވިއްކާ ބާޒާރުގައި އަގުބޮޑު އެއްޗެއް.

  13. މަތަރަސް

    ބަލަ ތިޔަގާސިމަކީ ނުބައި ރައްޔަތުންގެ ޓެކްސްފައިސާނުދައްކާ ވެރިކަމަންއަނަކޮންމެރައީސަކައްބިރުދައްކާގެން ފަޅާ ކަޑާ ބިމާ ފައިސާހޯދާ ލަދުކުޑަމީހެއް ޔާމީނުކަމުނުދިޔައީ ގައުމުގެބައެއްނުދިނީމާ ދެހާސްތޭވީސް މިމުންޑުކޯލޭސަން ފޭލި އަސްލައްރުޖޫވާނީ އިރާދަފުޅާއެކު މިނުބައިނުލަފާ ގައްދާރުންގެކިބައި މިގައުމުސަލާމަތްކުރައްވާށީ އާމީން.

  14. އިމްރާމް

    އަނެއްކާ؟