އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލިތާ ތިން ދުވަސްވީ އިރު ވެސް އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވިދާޅެވެއްޖެއެވެ.

ފޭދޫގައި މިދިޔަ ބުދަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ އެއަވަށު ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21 އެވެ.

ފުލުހުން މީޑިއާ އޮފިޝަލް "ވަގުތަށް" ވިދާޅުވީ، މި މަރާމާރީއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އައިއިރު އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވަނީ ނުވަނީ އެކަށީގެންވާ ހެކި ނުލިބުމުގެ ސަބަބުންނާއި އެކަން ކޮށްފައިވަނީ ކޮން ބައެއް ކަން ދަނެގަނެވިފައި ނުވާތީއެވެ.

"ވަގުތަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި އެޒުވާނާ މަރާލާފައިވަނީ އައްޑޫ ސިޓީ ފޭދޫގައި ދެ ގޭންގެއްގެ ދެމެދު ޖެހިގެން އުޅޭ މައްސަލަތަކަކާއި ގުޅިގެން ކުރަމުން އަންނަ ސިލްސިލާ މާރާމާރީތަކެއްގެ ތެރެއިންނެވެ.

މި މާރާމާރީގެ އިތުރުން ވެސް މިދިޔަ ހަފްތާ ތެރޭގައި ވެސް އިތުރު މާރާމާރީއެއް ވަނީ ހިންގާފައެވެ. އެ މާރާމާރީގައި މީހެއްގެ ބޮލުގައި ދަގަނޑު ބުރިއަކުން ޖެހުމުން ސިކުނޑިއަށް ލޭ އެޅި މިހާރު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލެވޭވަރު

    ކިހާ ހެއްވާ! ފުލުހުން ބޭނުންވާ ކަންކަމުގަ ސުވާލުކުރަން ސިޔާސީ މީހުންނާ އަދި ފުލުހުންނާ ގުޅުން ނޯންނަ ފަރާތްއައް ފުލުހަށް ހާޒިރުކޮށް ބަންދުކޮށް ހަދާ! ދެ ގޭންގުގެ ދެމެދުގަ އުޅޭ މައްސަލައެއްކަން ގައިމު ފުލުހުންނަށް އެނގޭނެ! ދެން އެ ދެ ގޭންގު މީހުން ކުރެން ހޭ ވެސް އަހާލި ވާހަކަ ބުނެލަން އެންމެ ރަނގަޅުތާ!؟

    10
    1
  2. ކެނެރީގެ މާފަތް އެދުރު

    ދުނިޔޭގެ އެހެނިހެން ގައުމު ތަކުގައިވެސް މަރުގެ މައްސަލަތައް ތަހުގީގުކޮށް 6 މަސް ނުވަތަ 1 އަހަރު ފަހުންވެސް ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ހާޟިރުކޮށްފައި އެބަހުރި ކުށް ކުރާ މީހާ ކޮންމެ ފަހަރަކު ފުލުހުންނަށް ހެކި ހޯދޭ ގޮތަކަށް ކުށެއް ނުކުރާނެ އަދި ދިވެހިރާއްޖޭގައި ގާނޫނު އޮންނަ ގޮތުން އިޖްރާއީ މައްސަލަތައް އެހާ ގިނަ އެހެންވީމަ މިމައްސަލައިގެ ފޯކަސް ގެއްލޭ ގޮތައް ވާހަކަ ފަތުރަން ބަޔަކު މަސައްކަތް ކޮށްފާނެ ހައްޔަރު ކުރަންޏާ ހުރިހާ ރައްޔިތުން ހައްޔަރު ކުރަންވީ ދެއްތޯ

  3. މޫސް777

    މީގެ ދެމަސްވަރު ކުރިން ގއ ވިލިގިނލި ގެއަކަށް ދަންވަރުވަދެ މާރާމާރީ ހިންގާ މީހެއްގެ އިނގިލި ދަތްއާޅާފަ ބުރިކޮށްލިކަމަށް ބުނެ ނޫސްތަކުގަ ފޮޓޯޖަހާފަ ހުރިމީހާ މިހާރު ދޫކޮއްލާފަ އޭނަ ހަމަޖެހިފަ ހަމަ މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް ވަޒީފާގަ މިއަދުވެސް އެބައުޅޭ

  4. ގުލާބު

    ފުލުހުންނަށް އޮތީ އިނޑިޔާ އަޓު ކިޔާމީހުންނަށް ހޭއަރުވަލުމާ އެހެންޓާސްކެއްނެއް ދެން ޔާމިނު ފަހަތުން ދުވުން އިންޑިޔާ އަންގާގޮތަށް ފުލުހުން އަމަލް ކުރންޖެހޭނީ ތި ބީޖޭ ޕަޓީނ އެއުޅެނީ ރަސޫލަޔަށްފުރައްސާކޮށް އިސްލާމްދީނަށް ހަޖޫޖަހާގެން އެކަމު މިލަދީނީ ބީޖެޕީ ސަރުކާރު އިމުރާނަށް އިލްޔާސް އިޔާޒަށް އޯކޭ މުސާރަކޮޅާ މިނިސްޓަރުކަން އެކަމާ ބިރުން އެއްޗެއްބުނަންނުކެރި ފުލުހުންގެ ވާޖިބަކީ ޔާމިނު ދެއިރު ދެދަޅަޔަށް ޕޮލިހަށްދެމުމާ އިނޑިޔާ މިލިޓަރީ ބެރުކުރަން ގޮވާމީހުން އިނޑިޔާ އަންގަގޮތަށް ހަންދަމާލުން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް މިނޫސްތަކށްވެސް ބިޖޭޕިގެ މި މުޑުދާރު އަމަލު ޖަހާލަން ނުކެރޭ