މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތަށް އޮފިޝަލުން ހޯދަން ހުޅުވާލި ފުރުސަތުގައި މީހުން ހަމަވެފައި ނުވާތީ އަނެއްކާވެސް އެ މަސައްކަތަށް އެދުމުގެ ފުރުސަތު ތަފާސް ހިސާބުތަކާ ބެހޭ އިދާރާއިން ހުޅުވާލައިފިއެވެ.

ތަފާސް ހިސާބުތަކާ ބެހޭ އިދާރާއިން ބުނީ މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ ޕްރޮގްރާމްގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ހުޅުވާލީ މިދިޔަ މެއި މަހުގެ ނިޔަލަށެވެ.

ނަމަވެސް އެ މުއްދަތު ހަމަވިއިރު ވެސް އޮފިޝަލުން ހަމަނުވެއެވެ. އެހެންކަމުން އެ މަސައްކަތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

ބޯހިމެނުމުގެ މަސައްކަތަށް ޖުމްލަ 4،400 މީހުން ބޭނުންވެއެވެ. އެއީ މާލެ ސަރަހައްދަށް 2،409 މީހުންނާއި އަތޮޅުތަކަށް 1،991 މީހުންނެވެ.

ބޯހިމެނުގައި ބައިވެރިވާ އޮފިޝަލުނަށް ދޭ އިނާޔަތްތައް:

  • ބޯހިމެނުގެ މަސައްކަތުގައި 7-11 ދުވަހު އުޅެފިނަމަ ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ ގެ އެލަވެންސެއް ދޭނެ. އަދި އިތުރަށް 10 ރުފިޔާގެ އެލަވެންސެއްވެސް ދޭނެ.
  • ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ދޭ އެއް ހަފުތާގެ ތަމްރީނު ފުރިހަމަ ކުރުމަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާ ދޭނެ.

މާލޭ ސަރަހައްދުގައި ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުއެވެ. އަދި އެ މަހުގެ 17 ވަނަ ދުވަހުން 25 ވަނަ ދުވަހަށް ކުރިއަށް ދާނީ ބޯހިމެނުގެ އަމަލީ މަސައްކަތްތައް ކަމަށް ތަފާސް ހިސާބުތަކާއި ބެހޭ އިދާރާއިން ބުނެއެވެ.

ބޮޑެތި ރަށްތަކުގައި ބޯހިމެނުމަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާނީ ވެސް ޖޫން މަހުގެ 13 އިން 15 އަށެވެ. ނަމަވެސްއެ ރަށްތަކުގައި ބޯހިމެނުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެ މަހުގެ 17 އިން 22 އަށެވެ.

ކުދި ރަށްތަކުގައި މައުލޫމާތު އެއްކުރާނީ ޖޫން މަހުގެ 13 އިނަ 15 އަށެވެ. އަދި އަމަލީ މަސައްކަތް ކުރާނީ އެ މަހުގެ 12 އިން 21 އަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މިލިންކުން މަސައްކަތަށް ހުށަހެޅޭނެއެވެ. އަދި އިތުރު މައުލޫމާތު 3008400/3008408 އަށް ގުޅައިގެން ހޯދޭނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާއިޒު

    މީހުން ހަމަނުވާ ރަށްރަށާ އެ ރަށްރަށަށް ބޭނުންވާ ޢަދަދު އެނގޭނެހެން އިޢުލާނު ކުރާނަމަ ތަންކޮޅެއް މީހުން ވާނެހެން ހީވޭ ު

  2. ޢަލި

    މީހުން ހަމަނުވާ ރަށްރަށާ އެ ރަށްރަށަށް ބޭނުންވާ ޢަދަދު އެނގޭނެހެން އިޢުލާނު ކުރާނަމަ ތަންކޮޅެއް މީހުން ވާނެހެން ހީވޭ ު