ދައުލަތުގެ އާމްދަނީ ވަނީ ރަނގަޅުވެފައި ކަމަށާއި ނަމަވެސް ދައުލަތުގެ ޚަރަދުތަކަށް ވަނީ ވާންވެފައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީރު މިހެން ވިދާޅުވީ ދައުލަތުގެ ރިޒާވްދަށްވެ، ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ރައްދުދެއްވާ ކުރެއްވި ދިގު ޓްވޯޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ޚިދުމަތްތަކަށް ބުރޫ ނާރާނޭހެން ޚަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓު ފައިނޭންސްކުރުމެވެ. އަދި މެދުރާސްތާގައި ރަނގަޅު ފިސްކަލް މިސްރާބެއްގައި ސާބިތުވުމެވެ.
އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ލެވެލްގައި ދެމެހެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް ކަމަށް ސަރުކާރުން ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން މިނިސްޓަރުގެ ޓްވީޓްގައި ވެސް ވިދާޅުވީ ދަރަނި ދެއްކުމުގެ ޤާބިލުކަން އެބަހުރި ކަމަށެވެ. މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އަހަރު ނިމޭއިރު ރިޒާވްގައި ހުންނާނެ ކަމަށް ލަފާކުރެވޭ ފައިސާގެ އަދަދެއް ވިދާޅެއް ނުވެއެވެ.
"ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް. މިފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަޤީޤަތް އޮޅޭގޮތައް ދެއްކުމުން, ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެއް. އިޤްތިސާދުގައި ނުތަނަވަސްތަކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެެއް." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
އާމްދަނީ އަށް ވުރެ ހަރަދު ބޮޑުވުމާއި، ދަރަނި ފޫބައްދަން ގިނަ އަދަދެއްގެ ލޯނު ސަރުކާރުން ނަގަމުން ދިއުމާއި ހަރަދުތައް ފޫބައްދަން ސަރުކާރުން ފައިސާ ޗާޕް ކުރުން ފަދަ ކަންކަން ކުރަމުން އަންނާތީ ރާއްޖެ ބަނގުރޫޓް ވެދާނެ ކަމަށް އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ވިދާޅުވަމުންނެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެއެވެ.
ހަމަ ބުނަން ނުކެރިގެން ދޯ . ވާންފެޔޯ، ވެދާނެއޭ ، ތިކިޔަނީ. ވިސްނޭބަޔަކަށް އެގޭނެ ވެގެން އުޅޭގޮތް
ކުޅޭ ކުޅިވަރެއް ކަމުގަ ހީކޮއް އިންތިޚާބުތަކާ ދިމާކޮއް ވަޒީފާ ޕާޓީ މިހުންނަށާ ރައްޓެހިންނައް ދިނުމަކީ އެއްމެ ބޮޑު ޚިޔާނާތް ވަކި ގިންތިއެއްގެ ބަޔަކު މަސައްކަތެއް ނުކޮއް ހައްދެއް ނެތް އަރާމުގަ ބައިތިއްބުމައް ދައުލަތައް ލިބޭ އެއްޗަކާ ނުލިބި ލޯނުނަގައިގެން ވެސް ބަހާތީ ޚަރަދައް ވާންވެ ވާބުރިވެގެން ތިދަނީ. މަތިފަޑިމަތީގަ ތިބި
މީހުންނައް ތިބަހާ ބެހުމުގެ ދައްމާނުގެ މުގޫނަގާފަ ދޫކޮއްލާއިރައް ވާބުރިވުމުގެ ނުރައްކަލެއް ނޯންނާނެ. !!!!!! ފަތަހެރި މަޑުލުގެ ތިރިއައް ކީހި ތިލަނުވެދާނެތީ ކަލޭ ބިރުގަންނާކައް ނުޖެހޭނެ.
މުސާރަަ ތައް ބޮޑެތިކޮށް ސިޔާސީ މަގާމުތަކަށް ލާ މީހުންގެ އަދަދު އިތުރު ކުރުމުން ތިޔަކަން ހައްލުވެދާނެ. ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުން އިނދަޖައްސަމުން ތިޔަ ދަނީ.
ފޮނި ބުރުވިޔަސް ދިވެހި ސަރުކާރުވަނީ ބޮޑުތަނުން ފެއިލްވެފަ!
ދައުލަތަށް ނުކަތާވަރަށް ބޮޑެތި މަގާމުތައް އުފައްދާ.
ޤާނޫނަކުން އުފެދިފައި ހުރި ކޮމިޝަންތައް އުވާލާ އެތަންތާނގެ މަސައްކަތް ޤާނޫނު އަސާސީން އުފައްދާފައިވާ ކޮމިޝަންތަކާ ހަވާލުކޮށްލަބަލަ. އަދި ކުދި ކޮމިޝަންތައް ހިންގުމަށް މީހުންގެ ގޭގެއިން ބޮޑު ކުލީގައި ހިފާފައިހުރި އޮފީސްތައް އުވާލަބަލަ. މުޅި ދިވެހި ދައުލަތަށްވުރެ މުއްސަނދި އީލޮން މަސްކުމެންވެސް އެމީހުންގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް އެއޮތީ ފަށާފައި. މިފަދަ ނާޒުކު އިގްތިސާދެއް އޮތް ގައުމެއްގެ ފިނޭންސް މިނިސްޓަރާ ރައީސްއާއި މަޖްލިސްގެ ރައީސްއަށް ތަނެއްދޮރެއް ނޭނގުމަކީ ދިވެހިރާއްޖެވެސް ސްރީލަންކާ ދަރަޖައަށް ވެއްޓޭނެ ކަމެއް.
ސަހާބީންގެ ނަމުން ނަންކިޔައިގެންތިބި ބޮޑެތި ވަގުން. ގައުމު ލޫޓުވާ ޣައްދާރުން.
ވަޒީރު އަމީރު އިސްތި އުފާ ދެއްވަންޖެހެނީ ރައްޔިތުންނަށް
ކަންކަން ސިއްރުކުރެއްވުމުންނާއި އޮޅުވާލެއްވުން ގެންގުޅުއްވާ
ތީއެވެ
ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެ ގައުމު ބަނގުރޫޓްވާން
ގަތްވެފައިވާ އިރުވެސް އެއީ މާބޮޑުކަމެއްނޫންކަމަށް ދައްކަން
އުޅުމަކީ ގޯހެކެވެ މިހާރުން މިހާރަށް ދަރަނިނެގުމާއި ދައުލަތުގެއާމްދަނީން އިސްރާފްކުރުން ހުއްޓާލަން ޖެހެއެވެ.
ވާންކޮށްފަ ބަހަޢްޓާ ...ދުލެއްޖަށްސަާ ނުލާަތި...... ބަދަލުދިނުން ވެސް ވ މުހިއްމު ތާކުންތާކު ނުޖެހޭ ގިނަބަޔަކަށް ބޮޑު މުސާރަ ބެހުން ކުރިއަށް ގެންގޮސް ބެއިތުލްމާލު ލޫޓުވައިގެންވެސް 2023 ކާމިޔާބު ކުރުމަކީ ބޮޑު އަމާޒު ނޫންތޯ މނސޓރ އމރޫ
ބަލަ ޕީޕީއެމުގައިތިބީ ކަލޭމެންހެން ވެރިކަންނުލިބިއްޖެނަމަ ދުނިޔޭގައި ރާއްޖެއަށް ޓުވަރިސްޓުން ނައުމަށްގޮވާ އެހީނުދޭންގޮވާކަހަލަބައެއްނޫނެވެ. އަދިލޯނުނެގިއަސް އެދެއްކޭނެގޮތްވަނީ ޔާމީން ހޯދާދެއްވާފައެވެ. ކަލޭމެންގެ ލޯނުތަށްގިނަވެފައި ދެއްކޭނެގޮތެއްނޯވެއެވެ.
ވަރަށް ވާންވެފަ ތިތިބީ ވާންކޮށްގެން 2023 ވަރަށްކާމިޔާބު ވާނެ.
މަހިތަށްއަރާ ވާންވެފަ ތިބޭތަންތަން ނުކެޑިހިގައިދާނެތޯ. މިވަރަށް ވާން ވަންޏާ ދާނެ ކަޑައިގެން ދެމީހުން ވެގެން ތިކުރާވާން ވޭނަކަށް ނުވިއްޔާ ރަގަޅު.
ވާން ކޮއްފަ ބަހައްޓާ 2023 ގަ ތިޔަ ވާންކަން ކަނޑާލާނަން.