އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައިގައި އުމުރުން 16 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ދެ ގްރޫޕް ދެމެދުގައި ހިންގި މަރާމާރީއެއްގައި ހަމަލާ ދިނުމުން ޒަހަމްވެ ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ، 21، އެވެ. މާރާމާރީގައި ޒަޔާންގެ ހަށިގަނޑު އެތައް ތަނަކަށް ވަނީ ތޫނު އެއްޗެހި ހަރައި ޒަހަމްކޮށްލާފައެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގެ ތުހުމަތުގައި ރޭ ކޯޓު އަމުރެއްގެ ދަށުން 16 އަހަރުގެ ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ރޭ ވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފްލެޓަކަށް ވަދެ އޮޕަރޭޝަނެއް ހިންގާފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނަކީ ފޭދޫގައި ޒުވާނަކު މަރާލި މައްސަލަ އާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ނަމަވެސް އެކަން ފުލުހުން އަދި ކަށަވަރު ކޮށެއް ނުދެއެވެ.

ފުލުހުން ވިދާޅުވީ 16 އަހަރުގެ ކުއްޖާގެ އިތުރުން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެމީހުންނާއި 29 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޒުވާނާގެ މަރުގެ މައްސަލައިގައި ކުޑަކުއްޖަކު ހައްޔަރު ކޮށްފައި ވާއިރު ފަހަކަށް އައިސް ޖިނާއީ ބޮޑެތި މައްސަލަތަކުގައި ކުޑަކުދިން ބައިވެރިވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދާދިފަހުން ރާއްޖޭގައި ފާސްކޮށްފައިވާ ކުޑަކުދިންގެ ޖިނާއީ އަދުލްގެ ގާނޫނުގެ ދަށުން ޖިނާއީ ކުށްކުރާ ކުޑަކުދިންނަށް ބޮޑެތި ލުއިތަކެއް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޫސަ

    ކުޑަ ކުއްޖާގެ ހައްގުތައް ބަރަށް ބޮޑުވާނެ. އަނިޔާ ލިބި ދުނިޔެ ދޫކޮށް ދިޔަ ފަރާތުގެ އެއްވެސް ނޯންނާނެ. ކޮބާ ޖެންޑަރ މިނިސްޓްރީ އެސޮރުގެ ހައްގުތައް ހިފައިގެން އަވަހަށް ތެދުވޭ.

    18
    1
  2. އަލީީ

    އިމްރާނަށް ހުންނާނެ މިހާރުވެސް އަތް ޖަހާލަ ޖަހާލާ. އިމްރާނަށް ސަރުކާރު ވަޒީރުކަން ނުލިބޭއިރު ހީވަނީ ފަޔަށް ހިނިއަރައިގެން އުޅުއްވާހެން. އޭރު ޤާނުނުތަކާއި ޤަވާއިދުތަށް ހުރިގޮތް އަދި އަމަލުކުރަމުން އަންނަގޮތްވެސް ގޯސް ، ކަމަކުނުދޭ. އެކަމު މިހާރު އެބުނަނީ ހުރިހާ ކަމެއްވެސް އޯކޭ.

    12
  3. ކެރި

    ދޫކޮށްލާ ކުޑަކުއްޖެކޭ ކިޔާފަ.. ކުޑަކުދިން ނުދުވާނެ ވަޅި ހިފައިގެން މީހުން މަރާކަށް މީޒާތަކަށް.

    14
  4. ސދަސދ

    ތިހުރިހާ މީހުން ކޮއްޓަކަށް ލާފައި ކޮއްމެ މީހެއްގެ އަތަށް ވަޅިއެއްދީ.
    އެއިރުން ރައްޔތުން ސަލާމަތް ކޔރެވޭނެ.

  5. ކަހުރަބު

    ތިކަން ކުރިޔަށް ނުގެންދަން ވެގެން ހެދި އެއްޗެއްތީ ކުޑަ ކުއްޖަކު ހައްޔަރު ކޮށްގެން ޑްރާމާ ކުޅެނީ ސާބަސް ތީ މިހާރު ބާވެފަ އޮތް ސްޓަންޓެއް

    • ވަކަރުގޭ ސޮރު

      ދާދިފަހުން ރާއްޖޭގައި ފާސްކޮށްފައިވާ ކުޑަކުދިންގެ ޖިނާއީ އަދުލްގެ ގާނޫނުގެ ދަށުން ޖިނާއީ ކުށްކުރާ ކުޑަކުދިންނަށް ބޮޑެތި ލުއިތަކެއް ލިބެއެވެ. މިކަލަ ޤާނުނު ތަކުގެ ސަބަބުން މިގައުމު މިހަލާކުވެގެން ދަނީ

  6. ތޭރިއެމްވީ

    އޭ އޭ ތީ ކުޑަކުއްޖެއް. ނަމަ ނަމަ ހައްޔަރު ނުކުރާތި. ތިކުއްޖާގެ ޙައްޤު ބޮޑުވާނެ، ނިޔާވި ކުއްޖާ އާއި އެކުއްޖާގެ އާއިލާއަށްވުރެވެސް.

    5
    1