ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައަކީ ރަސޫލާއަށް ފުރައްސާރަ ކުރުމާ ދެކޮޅު މައްސަލައެއް ނޫން ކަމަށް ވެރިކަން ކުރާ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ ރަސޫލާއަށް ފުރައްސާރަ ކުރުން ކުށްވެރިކޮށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ އެމްޑީޕީން ބޭރުކޮށްލުމުން އަމާޒުވެފައިވާ ފާޑުކިޔުންތަކުން ދިފާއުވުމަށް މިރޭ ދަންވަރު ނެރުނު ބަޔާނެއްގައެވެ.

މައްސަލަ ބޭރުކުރުމަށްފަހު މިއަދު ކުރިން ވަނީ ރައްޔިތުން ފިނި ކުރެވޭތޯ ދިވެހި ސަރުކާރާއި އެމްޑީޕީއިން ވެސް ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ އިސްތަރުޖަމާނު މާތް ނަބިއްޔާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކުރި މައްސަލައިގައި އެކަން ކުށްވެރިކޮށް މިއަދު ބަޔާން ނެރުއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެމަސައްކަތް ކުރިއަށް ގެންދަވާ ކަމުގެ މައުލޫމާތު އެޕާޓީގެ ޕާލިމަންޓަރީ ގްރޫޕަށް ސަރުކާރުން ދެއްވަވާފައިވާ މައްސަލައެއް ކަމަށެވެ.

ބަޔާނުގައި ބުނީ، އެމް.ޑީ.ޕީ.ގެ ޕާލިމަންޓަރީ ގްރޫޕުން އެގޮތަށް ޢަމަލުކުރަން ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ނަންފުޅު ބޭނުން ކުރައްވައިގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ ކަމަށެވެ.

"އެ މައްސަލައަކީ ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫނެވެ. އެހެނަސް އެއީ ސަރުކާރާ ދާކޮޅަށް ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެކެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހެޅުއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީ ބީޖޭޕީން ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ އާއި ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ކުށްވެރިކޮށް، އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.

ނަމަވެސް ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން މަޖިލީހުގެ ތިންބައިކުޅަ ދެބައި ކޮންޓްރޯލް ކުރާ ވެރިކަން ކުރާ އެމްޑީޕީން ތާއިދު ނުކުރުމުން މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.

އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 36 މެމްބަރުން ވޯޓު ދެއްވިއެވެ. އަދި އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައި ވަނީ 10 މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ޢަހަންމާ

    ލާދީނީ ކިޔަނީ ކިޔަންވެގެން

    56
    1
  2. މޫސަ

    ބޮލަށްއަރާ ހާވަން ފެށީމަ މަޖީހުގަ މިއަދު ހެދި ހަޑި ފޮރުވަން ކޮންމެ އެއްޗެކޭ ކިޔަސް މިއަދު ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ. ރަސޫލުﷲޞއވ އަށް ފުރައްސާރަ ކުރުން ކުއްވެރި ކުރަން ހުށައެޅި މައްސަލައެއް ނޫނޭ ބުނުމުން އެއިން އެނގެނީ ކަލޭ މެންގެ ޢިލްމީ ފެންވަރު. ލިޔެފައިވާ އެއްޗެއް ކިޔައި ދޭހަކުރަން ވެސް ނޭންގޭކަން.

    59
  3. ސަމީ

    ބަލަ ތިޔަށް ޖަވާބު ދޭން ހާދަ ގިނަ އިރެއްގަ ބަހުސް ކޮށްފަ މާ މޮޅު ޖަވާބެއް ކަމަށް ތިޔަ ޖަވާބު ދިނީ. ބަލަ ދީ ކޮން ކަހަލަ ޕާޓީ އެއްކަން ރައްޔިތުން ނަށް ނޯޅޭ. ޅަދު ކުޑަ

    53
  4. ބަބޫ

    ވަރަށް ސާފް. އެމްޑީޕީ އަކީ ދީނާއި ބީރައްޓެހި ބައެއް. މީކީ އިއްޔެއަކު މިއަދަކު މިމީހުންގެ ގައިން ފެންނަ ކަންތަކެއްނޫން. އުފެދުނީއްސުރެ މިހެން. ކޮބާ އިންތި އަށް ސަޖިދަކުރި މީހުން. އެސޮރުވެސް ވޯޓްދިނީ ބޭރުކޮށްލަން.

    45
  5. ވާރިސް

    ތީ ދެން ހުސް ބަހަނާ.. ކަލޭމެންނަށް ތި ބަހަނާގެ ހިތިކަން މި ދުނިޔޭގައި އަދި އާޚިރަތުގައިވެސް ދައްކަވާށި.

    50
  6. ހަސަން ކުރުސީ

    އެއީ ގެރިމޯދީއަށް ފުރައްސާރަ ކުރުމާގުޅޭގޮތުން ހުށައެޅި އެއްޗެއް

    30
  7. ހަމައައުޓް..

    އެމްޑީޕީ ނަހަދާނެ ތެދެއް! ރޯ ބުހުތާނު ދޮގުހަދާ ރައްޔިތުންނަށް އޮޅުވާލާ، ވ.މަކަރުވެރި ޔަހޫދީކަން ގަދަބައެއްތިއީ.. މިއޮށްހުރިހާ އިރުވީއިރު އެއްޗެއްބުނަންނޭގުނުދޯ؟ ގެރިމޯދީ ގެ ބަހެއްލިބެންދެން ބުނަންވީ އެއްޗެއްނުބުނެ ހުނަނަންޖެހުނީދޯ؟ ހަޔާތްމަދުބައެއް ޝަހާދެއް..

    34
  8. މަރިޔަމް މޫސާ

    މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް. ތިޔައީ ލާދީނީ ބައިގަނޑެއްކަން މައުމޫނާއި އިމްރާނަށް ވެސް އެނގިތިބެ، ހަސަދައާއި ދުނިޔޭގެ އެދުމުގައި ވޯޓުން ވައްކަންކޮށްގެން މި ބައިގަނޑު އަތްމައްޗަށް ރާއްޖެ ގެންދިޔައީ. ފާޑުފާޑުގެ ބަޔާން ނެރުނަސް ކައު ރަސޫލާއަށް ވުރެ ކަލޭމެންނަށް މުހިންމީ އިންޑިއާގެ އަބުރު. ހަލާކުހުރި!

    34
  9. ޟމ

    ކަލޭމެންނާ ގުޅޭ ކަންކަންތަ ތިތަނުގަ ކުރަމުން ތި ގެންދަނީ، ރައްޔިތުންނަކީ ކަންފަތް ބީރު ލޯ އަނދިރި ބަޔެއް ނޫން

    34
  10. Anonymous

    ދެން ކޮންމެހެން މަތި އަޅަން އުޅޭނެކަމެއްނެތް. އަޞްލު ހިތުގައި އޮތްގޮތް މަޖިލިސް ތެރެއިން އެ ނިކުތީ. ދެން ރައްޔިތުން ކެކިއެރީމާ ދެން އެޔޭ މިޔޭ ކިޔަސް ރައްޔިތުން ޤަބޫލެއް ނުކުރެ.
    ﷲއާއި ރަސޫލާއަށް ލޯތްބެެއް ނެތް ބަޔަކު ޤައުމަށްވެސް ލޯތްބެއް ނޯންނާނެ.
    ﷲ އާއި ރަސޫލާ އެންގެވި އަމުރުތަކަށް ކިތައްފަހަރުތޯ ގޮންޖެއްސެވީ.
    ބަޔަކު ފަޟީޙަތްވާނީ ތިހާކަށްވަރަށް.

    36
  11. އަހުމަދު

    އެމްޑީޕީ އަކީ ހަމަ ލާދީނީ ބައެއް. ރަސޫލާގެ ދިފާއުގައި ބަސް ނުބުނެ ހިންދޫން ރުއްސަން އުޅެފަ އޮޅުވާލެވޭނެކަމަށް ހީނުކުރޭ. އެމްޑީޕީ ވުޖޫދުން ފޮހެލަންވީ

    33
  12. ޙާލަތު

    އަދިވެސް ދޮގުހަދާތި.... ލާދީނީ ބައިގަނޑު... އިދިކޮޅަށް ވޯޓްދިން ބަޔަކު ކޮންމެފަދަ ދޮގެއްވެސް ހަދާނެ. ތިޔަ އެމްޑީޕީގެ ލާދީނީ ބައިގަނޑު

    31
  13. މަޖުބޫރީހާލަތް.

    ޢެމްޑީޕީޔައް އެހުތުރު އަމަލު ކުއްވެ ރި ކޮއްލެވުނީވެސް ކަމުގެ މުއާލާތްކެނޑި ހަމަހޭ ޖެހުނުފަހުން ވީމާ އެމްޑީޕީ އިން ކިތަންމެވަ ރަކައް އޮޅުވާލާފަ ބަޔާން ނެ ރުނަސް މިހާ ރަކު އެމްޑީޕީގެ ބޭގަ ރާ ރު ތަކަކައް އިތުބާ ރެއް ނުކުރާނެ

    26
  14. އަބުދުﷲ

    އިންޑިޔާގެ ބ ޖ ޕ ގެ ފަންޑު ލިބިގެން ވެރިކަމައް އައިސް އަދި ކުރާހާ އިސްރާފު ޚަރަދު ރައްޓެހިންނައް ވަޒީފާގެ ނަމުގަ ފައިސާ މަހުންމަހައް ދިނުން ނޭވާވެސް ބ ޖ ޕ ގެ ދަރަނީގަލާ މީހުންނަކައް ބ ޖ ޕ އާއިދިކޮޅު ކަންތަކެއް ބަލައެއް ނުގަނެވޭނެ.

    27
  15. ހަހް

    ދިވެހިން ނަކީ ލިޔަން ކިޔަން ނުދަންނަ. ކަނފަތައް އަޑުވެސް އަދި ލޮލައް ނުފެންނަ ބަޔެކޭތަ ތިކިޔަނީ ؟ 😂. ލާދީނީ ބައިގަޑު ސޯޓައް ގުއިރެވުނީދޯ 😂 އަދި ދުވެ ފިލާ މަންޒަރުވެސް ދިވެހިން ދެކޭނެ.

    29
  16. ލިލީ

    ދެން ކޯއްޗެއް ހުށަހެޅީ

    22
  17. އަޙްމަދް

    ހުސްދޮގު ހުސްދޮގު ހުސްދޮގު
    އެމްޑީޕީ ދުވަހަކު ތެދެއްނަހަދާނެއެވެ.
    އެބައި މީހުންގެ ފިކުރަކީ އެބައިމީހުންގެ ސިޔާސަތކީ އެބައިމީހުންގެ މަސައްކަތަކީ މި ދިވެހިރާއްޖޭގައި އިސްލާމީ ޝިޢާރުތަށް ފާޅުކުރެވޭ އެއް ހަމައެއްގައި ލާދީނީ ސިޔާސަތު ފާޅުކޮށް ދެމެހެއްޓުމެވެ.
    މިކަން ރަމްޒު ކޮއްދެނީ އެބައިމީހުންގެ ޕާޓީގެ ދިދާގައި އެވާ ހަމަހަމަ ތިލަފަތެވެ.

    28
  18. އަހްމަދު

    އާދަމް ސަރީފް މާދީން ވެރިވެގެން ރަސޫލާދެކެ ލޯބިފުޅުވެގެން އުޅޭއިރު ﷲއާއި ރަސޫލާ ލޯބިފުޅު ނުވާ ކަންތަކަށްް ހިއްވަރު ދެއްވަނީ ކީއްވެތޯ؟ މީހުންގެ ދަތްދޮޅި ދުއްވަން ބާރު އެޅުމަކީ ނަބިއްޔާ އުޅުއްވި ގޮތް ކޮޅުތޯ؟

    3
    31
  19. ފެއިލްވެފަ

    ކަލޭމެންގެ ރޫހާނީ ލީޑަރަކީ ދުނިޔޭގަ ހިނގާ ކޮންމެ ކަމަކާ ބެހޭ ލީޑަރެއް..އެކަމަކު މުސްލިމުންނާއި ގުޅުންހުރި މިފަދަ ކޮންމެ ކަމެއްގަ އަބަދުވެސް މިއޮންނަނީ ފަހަތު ފަޔަށް ބަރުވެފަ..ތިބުނާ ބޮޑު ހުވާކޮށްގެން ތިބި މެމްބަރުންނަށްވެސް ނުކެރުނު އަމިއްލަ ގޮތުންވެސް އެއްޗެއް ބުނެލަން..ރައްޔިތުން ހޯބޯ ލަވައިގަތީމަ ތިއުޅެނީ އެއްދޮގު ފޮރުވަން ސަތޭކަ ދޮގު ހަދަންވެސް ނޭނގިގެން..

    20
  20. ހުސެން

    ވަރަށް ސާ....ފް. އެމްޑީޕީ ގައުޅެނީ ލާދީނީ ބައެއް. މީކީ އިއްޔެއަކު މިއަދަކު މިމީހުންގެ ގައިން ފެންނަ ކަންތަކެއްނޫން. އުފެދުނީއްސުރެ ހަމަމިގޮތަށް އުޅޭބައެއް ކޮބާ އިންތި އަށް ސަޖިދަކުރި މީހުން. އެސޮރުވެސް ވޯޓްދިނީ ބޭރުކޮށްލަން ' އެސޮރު ހީކުރީ ތާވަޅު ގަނޑެއް އެނބުރޭހެން ތިމަންނަމެން ފަހަތުން ދިވެހިން އެނބުރޭނެކަމަށް. އިންޑިއާ ގެ މިލިޓަރީ ހުރިހާމީހުން ވެސް ރާއްޖެ އިން ބޭރުކޮށްފަ ދޫކުރާނީ!!!

    18
  21. ސޯލިބޭ

    ބަޔާންނެރުނަސް ތިޔަބަޔާން ގަބޫލުކުރާނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުން.

    20
  22. މޕ

    ހައްހައް ހަމަ ހިނި އަންނަނީ

    20
  23. ނޯ ދަތްދޮޅި

    ބުރޯ ބުނަން މިހާރު މިދެކެވެނީ ދަތްދޮޅީގެ ވާހަކައެއް ނޫން..މައުލޫއާ ނުގުޅޭ ވާހަކަ ދައްކައިގެން އަސްލު މައްސަލަ އޮއްބާލަން ނޫޅޭ..

    21
  24. މޑުކށި

    ލާދީނީ ކިޔަނީ ކިޔަންވެގެން
    ލާދީނީ ކިޔަނީ ކިޔަންވެގެން
    ލާދީނީ ކިޔަނީ ކިޔަންވެގެން
    ލާދީނީ ކިޔަނީ ކިޔަންވެގެން ތީ ލާދީނީ އިސްލާމްދީނާ ދުރު ފިކުރުގެ މިހުން ގިނަ ބައެއް ކޮބާ ޕިއްލޭ އެވެސް މޑޕ ވެރިކަމުގަ މޑނ ޖަމިއްޔަ އެމީހުންތިބީ މޑޕ އިންބޮޑުމުސާރަދިފަ ޑެންމަކުގަ އަންނި ދެއްކިވާހަކަ ހުސް ލަދީނީ ވަގުން ތީ

    20
  25. ރަދީފްއޮފިޝިއަލް

    ''އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ގެ ނަންފުޅު ބޭނުން ކުރައްވައިގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ ކަމަށެވެ.'' ކަނޑައެޅިގެން ދޮގެއް.އިންޑިޔާ ދެކެ ބިރުން ފުރުސަތު ނުދިނީ. ވ.ވެދުން

    24
    1
  26. ގަބޫލެއް ނުކުރެވޭ

    "އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހެޅުއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީ ބީޖޭޕީން ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ އާއި ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ކުށްވެރިކޮށް، އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ." މިއީ ސަރުކަރުގެ ވާހަކަތޯ

  27. އަލީމޫސަ

    އެމްޑީޕީ މީހުންގެ ކަށީގައި ހިފާފަހުންނަ ކަމެއް ބޮޑެތި ދޮގުހެދުމާއި ، އޮޅުވާލުމަކީ، މަޖިލީހަށް ހުށަހެޅީ ރަސޫލާއަށް ފުރައްސާރަ ކުރުމާގުޅޭ މައްސަލައެއް ނޫނޭ ބުނާއިރު މީ އެތައްބަޔައްގެ ހާޒިރުގަ ކުރެވުނުކަމެއް. ތިޔާ ބޮޑަތި ދޮގުހަދައިގެންވެސް ވެރިކަން ދެމެހެއްޓޭތޯ ދޯ ތިބަލަނީ. ﷲ އިރާދަކުރެވިއްޔާ ތިޔާ ދީނަށް ހުރުމަތްތެރިކޮށް ނުހިތާ ބައިގަޑު ވަރަށް އަވަހަސް ނިމިިގެންދާނެ.

    10
  28. ލަންޑަނު

    ފެންފޯއްރުކޭ ކިޔާ ދެން

  29. ޖުލައި

    ލާދީނީ. ޔަހޫދީ އެމްޑީޕީ

  30. ޢަސްލު ންރޯ

    އަތަށް ގޮވީމައި ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. ތި ޕާރޓީގެ އަސްލު ސިޔާސަތު ހާމަވަނީ ތި. ބޭރުގެ ފަންޑިން ދޭ މީހުން ބުނާ ގޮތަށް ހަދަނީ.. އެމް.ޑީ.ޕީ ތެރޭގައި ތިބި ހަރުދަނާ ދީނަށް ލޯބިކުރާ މީހުން ތި ޕާރޓީ ދޫކޮށް ދާކަށް މާކަ ގިނައިރެއް ނެތް..

    12
  31. ބާބޫ

    ދެން ކަލޭމެން އަމިއްލައަށް އެމައްސަލަ ހުށަނޭޅީ ކީއްވެ. އަމިއްލައަށް ސޯޓް ބޭލުނީމަ ފޮރުވަން މަތިޖަހަން އުޅުނަސް ދެން ތިޔަކަމެއް ނުވާނެ. އެމް،ޑީ،ޕީގެ ޙަޤީޤަތް އެނގިއްޖެ....މަވާ ސަލާން

  32. ސަންތިމަރިޔަބު

    ސަރުކާރުން މަޑުކުރީ އިންޑިޔާގެ ހުއްދަ މިކަމުގާ ލިބެންދެން ހުއްދަ ލިބުމާއެކު ބަޔާން ނެރެ ނިންމާލަމުން ބަޔާނުގެ ފަހުކޮޅުގާއި ހިންދުތުއާ ސަރުކާރަށް ސަނާކިޔާފާ

  33. ސުވޭބު

    ހެލޯ އެމްޑީޕީ ...ނޯ މޯ ޖަސްޓިފިކޭޝަން. 32 ލާދީނީ މެމްބްރުން އެއީ. ޢެއީ އިންޑިއާގެ މި އުދުވާނަށް ހިއްވަރުދީ އެހީތެރިވެ މި މުސްލިމް ދިވެހިރާއްޖެ ފަލީހަތްކުރި ޙާއިނުން...އެޖެންޑާ19 ތަފާތު ވާނެކަން އިނގޭ.

  34. ާސދފގހ

    2023 ގެެ ވެއްޓުން މޑޕ ގެ

  35. ސސ

    އެންމެހާ މުސްލިމުންނާއި މަލާއިކަތުންގެ ލައުނަތް ރައްދުވާނެކަން ދަންނާށެވެ. ދުނިޔޭގައިޔާއި އާޚިރަތުގައި ތި މީހުންގެ ތި އަމަލުގެ ހިތިކަން އިހުސާސްކޮއްދެއްވާށި.

  36. ކިނބޫ

    ތަ ހުވޭތަ ލާދީނީތަކޭ!🤣🤣 ތިއެއް ހުށަޅައިގެން ރައްޔިތުންނަށް އޮޅުވާލަން އުޅުނީ ކޮންކަމެއް؟ އެއެއް އެނގެން އެބަޖެހޭ. ވަގުތު ނޫހުން މިއަށް ޖަވާބެއް ހޯދަ ދީބަލަ.