ރައްޔިތުންގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިމް ޒިޔާދު (ފިއްޓޭ)، މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ވައްދައިފައިވާ މައްސަލައާއި ގުޅިގެން އެޕާޓީއާއި ސުވާލުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.

ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މްބަރު ފިއްޓެ އެމްއެންޕީއަށް ވައްދައިފައި ވަނީ އޭނާގެ ފިންގަރ ޕްރިންޓުކަމަށް ބުނެ ފިންގަރ ޕްރިންޓެއް ޖަހައި ހެކިވެރިންގެ ސޮއި ވެސް ކޮށް ފޯމު ހުށައަޅައިގެންނެވެ.

އެކަމަކު ފިއްޓޭ ވަނީ އެއީ އޭނާއަށް އެނގިގެން ކުރި ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިފައެވެ.

މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދަނީ އުސޫލުތައް ހުރި ގޮތުންކަމަށް ފާހަގަކުރެއްވި ނަމަވެސް އެކަމާ އެއްބަސްވެވަޑައިނުގެންނެވޭކަމަށް ޒިޔާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭނާ އެމްއެންޕީއަށް ވައްދާފައި އޮންނަތާ ހަ މަހެއްހައި ދުވަސްވީއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޕާޓީ ބަދަލުކުރާނަމަ އަމަލުކުރާނެ ޚާއްޞަ އުސޫލުތަކާއި އެސްއޯޕީތައް އިލެކްޝަންސް ކޮމިޝަނުން އެކުލަވައިލާފައި ހުންނަ ކަމަށެވެ.

އެހެންނަމަވެސް އެކަމާއި ގުޅިގެން އީސީން ވިދާޅުވީ އެކޮމިޝަނަށް ހުށަހެޅޭ ފޯމުތަކުގައި ޖަހާފައިވާ އިނގިލީގެ ނިޝާނުގެ ސައްހަކަން ކަށަވަރު ކުރެވޭނެ އިންތިޒާމުތައް އެ ކޮމިޝަނުގައި ހަމަޖެހިފައި ނުހުންނަ ކަމަށެވެ.

މެންބަރު ފިއްޓޭ އެމްއެންޕީއަށް ވައްދާފައިވާ ފޯމުގައި ދެ ހެކިވެރިން ވެސް ވަނީ ސޮއިކޮށްފައެވެ. އަދި އޭނާ އެޕާޓީއަށް ސޮއިކޮށްފައިވަނީ އެމީހުންގެ ހާޒިރުގައި ކަމަށް ވަނީ އިގުރާރުވެފައެވެ. ހަމައެހެންމެ އެމްއެންޕީގެ ރަޖިސްޓަރާ ވަނީ އެ ފޯމުގައި ވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށްފައިވާ ކަމަށާއި ޒިންމާ ނަގާނެ ކަމަށް ސޮއި ކުރައްވާފައެވެ.

މީހުންނަށް ނޭނގި "ވަގަށް" ޕާޓީތަކަށް ވައްދާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އެކަމާއި ގުޅިގެން އީސީން ވަނީ އެކަން ހުއްޓުވުމަށްޓަކައި ޕާޓީތަކަށް މެންބަރުން ވައްދަން ފޯމު ހުށަހެޅުމުން އެ ފޯމް އާންމު ކުރަން ފަށާފައެވެ. އަދި ފޯމު ހުށަހަޅާ ފަރާތުގެ ނަންބަރަށް އެކަން އަންގައިދީ އެސްއެމްއެސް އެއް ވެސް ދާގޮތަށް އިންތިޒާމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްނި

    ތިޔަފެށުނީ އަނެއްކަންތައް ބަލަ މޮޔައިންނޭ ފިންގާޕުރިންޓް ޖަހަނީ ކީއްކުރަންތަ އެވެރިފައި ނުކުރެވޭނަމަ ތިޔަ ހިންޖައް ހަކުރު އޮޅުވާލެވޭނެތަ ދެން ކޯޓްތަކުގަ ހުންނާނީ ތިޔަމައްސަލަތައް ބަލަ ދެހެކިން އެބުނަނީ ހަމައޭނަ ސޮއިކުރިއޭ ދެން ހަދާނީ ކިހިނެއް ކޮންކޮޅަކައްދާނީ ތިޔަފި ފިއްޓޭ ތެދެއްނަހަދާނެ ރުފިޔާނަގާފަ ސޮއިކުރީ އިރުވެސް އެގެންވާނެ ފިންގާގަ ނުބާލާކަން

  2. މަރުމޯލް

    މީނާ ވެސް ޖެހޭނެ ޕާރޓީ ހަދަން ގައިގަ ފެންވަރުނެތީސް
    ހޫ ... ވަރަށް ފޫހިވޭ
    ހިތުން މާ މޮޅު ބަޔެކޯމީ ތިމާ މެން ވަރު ބައެއް ނެތިގެން
    މިމީހުން ފެނުނަސް ވާ ފޫއްސެއް ބުނެދޭން ވެސް ނޭނގޭ