ރާއްޖޭގައި މިނިވަންކަން އޮތް ވާހަކަ ދައްކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުން ކުރިމައްޗަށް ނޭރޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ރައީސް ސޯލިހް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވާފައެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިއްޔެ ރައީސް ސޯލިހް ވިދާޅުވީ ނޫސްވެރިން ބޭނުން ކޮންމެ ވާހަކައެއް މިހާރު ލިޔެވޭނެ ކަމަށާއި ހިޔާލު ފާޅުކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
އެވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ އިންޑިއާ އާއި ދެކޮޅަށް އަޑުއުފުލަން 50 އަށް ވުރެ މަދު އަންހެނުން ނިކުތުމުން އެކަން ސަރުކާރަށް ހަޖަމުނުކުރެވޭ ކަމަށެވެ. ފުލުހުން ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވެ އެމީހުން ހައްޔަރު ކުރަމުން ގެންދަނީ ރައީސް ސޯލިހް ބިރު ގަންނާތީ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ނެރުއްވި ރިޔާސީ ޤަރާރަށް އަލިއަޅުއްވާލައްވާ ޔާމީން ވިދާޅުވީ އެއީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "އިދިކޮޅުގެ އަޑު ކަނޑުވާލަނީ ފުލުހުން. ފުލުހުން އެއަންނަނީ ޣައިރު ޤާނޫނީ އަމުރަކަށް ތަބާވެގެން. ގާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސްއަށް ގާނޫނު ހެދުމުގެ ބާރެއް ނޯންނާނެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ބައެއް ގާނޫނުތައް، އަސާސީ ހައްގުތައް ނުހިމެނޭ ގޮތައް ހިފެހެއްޓުމުގެ ބާރު ރައީސް އަށް އޮންނާނެ. އެކަމަކު ގާނޫނުތައް ސަސްޕެންޑްކޮށްފައި އެކަން ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭނެ." ޔާމީން ވިދާޅުވިއެވެ.
ރައީސް ސޯލިހް ރާއްޖޭގެ އިޤުތިޞާދީ ހާލަތާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގެ ދެކޮޅު ދިމާނުވާ ކަމަށެވެ. "ބައެއް ފަހަރު އެބަވިދާޅުވީ ދުނިޔެ އެދަނީ ބޮޑު ތަދަކާއި ދިމާއަށޭ. ދިވެހިރާއްޖެ މިދަނީ ބޮޑު ތަދަކާއި ދިމާއަށޭ. އެއީ ރަނގަޅު ވާހަކައެއް. ނަމަވެސް ދެން މިވިދާޅުވަނީ ދިވެހި ރައްޔިތުން ހާސްވާނެ ކަމެއް ނެތޭ. ހުރިހާ ކަމެއް ދާނީ ރަނގަޅަށޭ. މިދައްކާ ވާހަކައިގެ ދެކޮޅު ދިމާކުރާނީ ކިހިނެއްތޯ." ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ދިވެހިރާއްޖެ މިއޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި ދުނިޔެއަށް އަންނަ ބަދަލުތައް ރާއްޖެ އަށް ވެސް ނައިސް ނުދާނެ ކަމަށެވެ. އެހެންކަމުން ސްރީލަންކާ އަށްވީގޮތް ވެދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވުމުން އެކަން ދޮގުކޮށް ވާހަކަ ދެއްކުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ދެން ރައީސް ސޯލިހަށް ފާޑުވިދާޅުވީ ޔާމީން ވެރިކަމުގައި ހުންނެވުމަކުން ޗައިނާ އިން ވަކި އިތުރު އެހީތަކެއް ނުލިބޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވުމުން އެކަމަށެވެ. ޔާމީން ވިދާޅުވީ ރައީސް ސޯލިހް އެވާހަކަފުޅު އެވިދާޅުވީ "ޑިޕްލޮމެސީގެ އަލިފް ބާ ވެސް އެނގިވަޑައި ނުގަންނަވާތީ." އެވެ.
ޔާމީން ދެން ސުވާލު ކުރެއްވެވީ މިހާރު ޗައިނާ އިން ރާއްޖެއަށް ލޯނު ނުލިބެނީ ކީއްވެތޯއެވެ. ޔާމީން ވިދާޅުވީ ދެގައުމެއްގެ ދެމެދުގައި ރަސްމީ ވާހަކަތައް ދެކެވޭ އިރުވެސް އެއީ ދަންނަ ގާތް ބަޔަކު ނަމަ އެގުޅުމުގެ ތެރެއިން އެހީތައް ލިބުމުގައި ފަސޭހަތައް ހުންނާނެ ކަމަށެވެ.
"ގާތް ގުޅުމަކީ ތަނަވަސް ގައުމުތަކުން ކުދިގައުމުތަކަށް އެހީ ލިބުމަށް އޮންނަ ތަޅުދަނޑިއެއް." ޔާމީން ވިދާޅުވިއެވެ.
ޔާމީން ވަނީ ރައީސް ސޯލިހް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ގިނަ ވާހަކަތައް ހަގީގަތާއި ހިލާފަށް ދެއްކެވިކަން ފާހަގަ ކުރައްވާ އެކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ވެސް ގޮވާލައްވާފައެވެ.
އެމްޑީޕީގަ ނެއް ރައްޖެ ދެކެ ލޯބިވާ އެކަކުވެސް
ރ ސޯލިހަކީ ޣައްދާރެއް ޚާއިނެއް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމް ގެދިފާއުގަ ބަހެއް ބުނެލަން ނުކެރުނު މުނާފިޤެއް
އެގުރިމަންޓުތައް ރައްޔިތުންނަ ނުދައްކާ. އެމްޑީޕީ ބޮޑުތަނުން ފެލްވެއްޖެ.
ޔާމީނުގެ ވެރިކަމުގައި ހުރިހާ ސިޔާސީ ފަރާތްތަށް ހިފާ ހައްޔަރުކޮށްގެން ގެންގުޅުނީ މައުމޫނު ބޭބެ ވެސް އޮތީ ޖަލުގައި
ސާބަހޭ ރ ޔާމީން، ނުބުންޏަން އުޅުނަސް ބުނެވޭނީ ތިނޫން ބޭކަލަކު ހަމނެތޭ ގައުމަށާއ ނިކަމެތި ރައްޔިތުންނަށް ފައިދާހުރި ވެރިކަމެއް ކޮށްދީފައިވާ އަދި ކޮށްދެވޭނެވެސް، ތިޔަ އިބޫސާލިހު ވެރިކަމަށް އައިފަހުން ގައުމާއި ނިކަމެތި ރައްޔިތުން ބިކަވެ ފަގީރުވެއްޖެ!! މިފަދަ ހާލަތްތަކުން އަންގައިދެނީ ރައީސެއްގެ ކިބައިގައި ޢިލްމާއި ޙިލްމާއި ހުނަރާއި ގާބިލުކަން ހުންނަންޖެހޭ ބޭނުންތެރިކަން،
ރ.ޔާމީނަށް ސެލިއުޓް، ރ.ޢިބޫ އިސްތިއުފާ، އިންޑިއާ އައުޓް، ރ.ޔާމީނަށް ސެލިއުޓް، ރ.ޢިބޫ އިސްތިއުފާ، އިންޑިއާ އައުޓް، ރ.ޔާމީނަށް ސެލިއުޓް، ރ.ޢިބޫ އިސްތިއުފާ، އިންޑިއާ އައުޓް.
ޙިސްޓު ރީ އޮތް އެކަކުވެސް ނާ ރުވާނަން މިފަހަ ރު، މަގުމަތީން މީހަކު ހޮވިޔަސް މާ ރަގަޅުވާނެ،
ސޯލިހުގެ ބަސްމަގުން ހަދަނީ ހުސްދޮގު ދޮގުވެރިޔަކު ވެރިކަމުގަ ހުރެގެގެން 150 ދޮގު ހަދައިގެންވެސް އިގުތިސޯދީ ވަޅުގަނޑުން މިގައުމު ދެން އަރައިނުގަނެވޭނެކަން ރަށްޔަތުންނާއި ބޭރުގެ ގައުމުތަކުން އެދަނީ ގޮވަމުން ރައީސް ޔާމީންގެ ބަލާޣާތްތެރި ލަފުޘުތަކުންވެސް ސޯލިހަކީ ވާނުވާ ނޭނގޭމީހެއްކަން އެދަނީ ފާޅުކުރަމުން ރަށްތަތުންނޭވެ މިގައުމަށް ނާމާން ދުވަސްވަރެއް (ބަނޑުހައި ހޫނުކަމުގެ ދުވަސްވަރެއް) އަތުވެދާނެ ތަށްޔާރަށް ތިބުމަށް ގޮވާލަން..
ލަދުވެތިކަމުގެ ކަންފުޅެއް ހުރިމީހެއްނަމަ ވައްކަމޭ . ކޮރަޕްޝަނޭ ކިޔާގެން ރައްޔަތުން ކުރިމައްޗަކަށް ނިކުންނާކަށް ބޮޑު ވަގަކަށް ނުކެރޭނެ.
މިއީ އެވާހަކަ ދައްކަން ކުފޫހަމަވާ މީހެއްތަ
ވެރިކަން ކޮށްފައި "ރައީސް" ލަގަބު ނަމުގެ ކުރީގައި ޖަހައިގެން އަމިއްލަ ނަފްސަށް އިޝާރާތްކުރާ ކޮންމެ ފަހަރަކު ރައީސްގެ ލަގަބާއިއެކު އަމިއްލަ ނަންކިޔާ މީހަކު އަވައްޓެރި ޤައުމަކާއި ޒާތީގޮތުން ޖައްސާލައިގެން އެޤައުމުގެ ދިދައިގެ ކަރާމާތާއި ހުރުމަތްކަނޑައި އަމިއްލަ ގޭގެ ބޭރުގައި އެޤައުމުގެ ދިދަ ރަމްޒުކޮށްދޭ ކުލައާއި ނިޝާންތައް ޖަހައިގެން އެޤައުމަށް ފުރައްސާރަ ކުރަމުންދަނީ ޔާމީން ޑިޕްލޮމެސީ ގިރައިގެން ބޮއެގެން ހުރީމަތޯ؟
އަދި ވެރިކަމުގައި ހުރިއިރު ހިންގި ނާތަހުޒީބު ޚުދުމުހުތާރު އަމަލުތައް ކުއްވެރިކޮށް ބަސްބުނި ކޮންމެ ބައިނަލްއަޤްވާމީ ޖަމާއަތަކުން ވަކިވެގަތީ ޔާމީން ޑިޕްލޮމެސީގެ މާހިރެއް ވީމަތަ؟ އަދިއަމިއްލަ ޖީބު މުއްސަނދިކުރަން ޤައުމުގެ ބިންވިއްކަން ނުކުތުމުން އެބިން ގަންނަން އައި ސައުދާގަރުންގެ އެނގުމަށް އެކުވެރި މުސްލިމު ޤައުމުތާކާއި ގުޅުން ކަނޑާލީ ޑިޕްލޮމެސީއަކީ ޔާމީންގެ ބަނޑުން ވިހޭ މުތެއް ވީމަތަ؟
މަގޭ މިކޮމެންޓްގެ މުރާދަކީ ރާއްޖޭގެ މައްޗަށް އަތްގަދަކުރާ އެއްވެސް ޤައުމަކާއި މެދު ނުރުހުން ފާޅުނުކޮށް އިހްތިޖާޖް ނުކުރުމަށް ވަކާލާތުކުރުމެއް ނޫން. އެހެން ނަމަވެސް އެފަދަ ކަމެއް ވެސް ކުރަން ޖެހޭ ހާލަތެއްގައި ޑިޕްލޮމެސީގެ ތަހުޒީބު ގޮތްތައް އިޚްތިޔާރު ކުރުމުގެ ވާހަކަ ދެއްކުން. އަދި ޔާމިން މިއަދު ޑިޕްލޮމެސީއޭ ކިޔައިގެން މޮޅުވާހަކަ ދެއްކިޔަސް ޔާމީންގެ އަމަލުތަކުގައި ވެސް ޑިޕްލޮމެސީގެ އެއވެސް ކުލަވަރެއް ނެތްކަން ބަޔާނކުރުން.
ވަގުތައް މިކޮމެންޓް ޖަހާލަން ކެރޭނެތަ؟
ސޯލުހު ރައްޔިތުން ކުރިމައްޗަށް އެއަރަކީ އޭނާގެ ލަދެއްޔަހާތެއް ނެތީމަ، އަދި މިގައުމު ދެކޭނެ މިސޯލިހުއާއި އޭނާގެ އަހުވާނުން ޖަލުތަކުގެ ގޮލިތަކުން އިންޝާﷲ
ބޮޑު ވަގު
މިނޫނީ ނޫޅޭނެ އމިެްލަޔަށް ލަގަބު ކިޔައިގެން އުޅޭމީހަކު. ކުރިޔަށް އެހެން ނަމެއް ކިޔާބަލަ އަމިއްލައަށް