ނަމާދު ކުރުމަކީ ހަރުކަށި ފިކުރަށް ކުއްޖަކު ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ދިވެހި ސަރުކާރުން ހިންގި ވޯކްޝޮޕެއްގައި ކިޔައި ދިން ކަން އެނގިވަޑައިނުގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ މަޖިލިހުގެ ޖަލްސާގައި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޔޫތު މިނިސްޓްރީ އާއި ކައުންޓާ ޓެރަރިޒަމް ޔުނިޓް ގުޅިގެން ރ. އުނގޫފާރުގައި ސްކޫލު ޓީޗަރުންނަށް ހާއްސަކޮށް ކުރިއަށް ދިޔަ ޕްރޮގްރާމެއްގައި ވަނީ ސްކޫލު ގަޑީގައި ނަމާދު ގަޑިއަށް ސަމާލުވުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ބުނެފައެވެ. އެހެންވެ އެކަމާ ގުޅޭ ގޮތުން ސައީދު މިއަދު މަޖިލީހުގައި ވަނީ އެޑިއުކޭޝަން މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެެއްވައި މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގެ ކަރިކިއުލަމްގެ މައިގަނޑު އަސާސަކީ އިސްލާމް ދީން ކަމަށެވެ. އަދި އިސްލާމް ދީނަށް ލޯބިކުރާ ހުނަރުވެރި ދަރިވަރުން އުފެއްދުމަކީ މައިގަނޑު އަސާސެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގައި ދަރިވަރުންނަށް ނަމާދު ކުރެވޭނެ ގޮތް އޮންނަނީ ހަމަޖައްސާފައި ކަމަށާއި އަދި ދަރިވަރުން ސްކޫލުތެރޭގައި ނަމާދު ކުރާ ކަން މަޖިލިސް މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ނަމާދު ކުރުމަކީ އިސްލާމް ދީނުގެ ރުކުނެއް ކަމަށާއި އަދި އެކަމަށް ބާރު ވެސް އަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ތިޔަ ވިދާޅުވި ހަބަރެއް [އުނގޫފާރުގައި ނަމާދާ ގުޅޭ ގޮތުން ދެކެވުނު ވާހަކަ] އަޅުގަނޑަށް އެނގިފައެއް ނެތް. ނަމަވެސް ސްކޫލު ތެރޭގެ ކަންކަން އަޅުގަނޑަށް އެނގެނީ ސްކޫލު ތެރޭގައި ނަމާދު ކުރުމަކީ ހަރުކަށިކަމެއް ކަމަށް އަޅުގަނޑު ނުބަލަން. " މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އައްމަޑޭ

    މިނިސްޓަރަށް އެނގިފަ ނެތިއްޔާ އެކަން ހިނގިގޮތް ބަލާ ފިޔަވަޅު އަޅަންވީނު. އެބަޔަކާ ދޭތެރޭ ފިޔަވަޅު ނާޅައިފިނަމަ މިނިސްޓަރު ތިދެއްކި ވާހަކަ ގަބޫލެއް ނުކުރެވޭނެ.

    16
  2. Anonymous

    މީ ކޮންބައެއްތަ! މިމީހުންނަށް ނޭގޭނެ ކޮއްމެ ކަމެއް ހިގިޔަސް ނޭގޭކަމަށް ހެދިގެން ތިބޭ މިމީހުންނަށް ނޭގި ސްކޫލްތަކުގަ ޕްރޮގްރާމް ހިންގޭތޯ!؟

    14
  3. Anonymous

    ސްކޫލްތަކުގެ ކަރިކިއުލަމްގެ މައިގަނޑު އަސާސަކީ އިސްލާމްދީން ކަމަށް މިނިސްޓަރު ބުންޏަސް އެއީ ގަބޫލުކުރަން ދަތި ވާހަކައެއް.. އާނ ދެން ކަރިކިއުލަމްގަ ލިޔެފަ އޮންނަނީ އެހެން. ކަން ހިނގަމުންދަނީ އެއާ އިދިކޮޅަށް. ސްކޫލްތަކުގެ ގަޑިތައް ހަމަޖައްސާފަ އޮންނަ ގޮތުން ފެށިގެން ސްކޫލްތަކުގެ ގިނަ ހަރަކާތްތަކެއް ރޭވިފަ އޮންނަނީ ދަރިވަރުން ނަމާދާއި ދުރުހެލި ވެވޭނެ ގޮތްގޮތަށް ބަލައިގެން. ދަރިވަރުން ދީނަށް ލޯބި ޖެއްސުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރަންޖެހެނީ އިސްލާމް އަދި ގުރުއާން ޓީޗަރުން ކަމަށްވާއިރު ޓީޗަރުންނަށް ފޮތުގަ އޮންނަ މިންވަރަށް ދަރިވަރަށް ކިރިޔާ ކިޔައިދެވެނީ.. ދެން މިހެންގޮސް އެތައްއެތައް ވާހަކައެއް.

  4. ނަން

    ނޭނގޭ ހާލުގަ ބޮޑު މުސާރަ ނުކައި އިސްތިއުފާ ދީފަ ގޭގަ އޮވެބަލަ

    15
    1
  5. މި

    ތިޔަ މިނިސްޓަރ ތިޔަ މަޖިލިހުގަ ނޫންތޯ ވިދާޅުވީ ސްކޫލްގަ ދަރިވަރުން ނަމާދު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަކަށް ދެކެވަޑައި ނުގަންނަވަމޭ. އެދުވަހު އެހެން ވިދާޅުވުމުން މަޖިލިސް ރައީސް މިނިސްޓަރަށް އޭ + ވެސް ދެއްވި ނޫންތޯ؟ ދެން ރަނގަޅަށް ނޫންތޯ ކަންތައް ވަމުން މިދަނީ؟

    12
    1
  6. ޕޮގުބާ

    މިނިސްޓަރ އަކަށް ނޭންގޭނެ މިނިސްޓަރ ހުރިގޮތް ބަލާބަލަ އިސްލާމް ދީނުގަ ހުރެގެން އިސްލާމް ނީނާ ދެކޮޅަށް ކުރާ ކަންކަމަށް ދެކޮޅު ހެދޭނީ

    11
    1
  7. ލޮލްލޮލް

    އޭނާ އެއީ ޣައިބު އިނގޭ މީހެއްތޯ؟ ހަމަ ކަމެއް ތާކު ވާއިރަށް އެކަމެއް އިނގެން! އިންސާނުން އެއީވެސް....ހަމަ ޖެހޭނީ އޮޅުން ފިލުވަން....ހޭބަލި ނުވެބަލަ..ސަރުކާރުން 50000 ޖަހާލާ އިރަށް އާޓިކަލް ނެރޭ ބައެއްތީ!

    1
    13
  8. މރެތެޔޮ

    ކަލޭ ތިޔަ ތަނުގަ ތިޔައިނީ ދީނަށް ފުރަށްސާރަ ކުރާ މީހުން ޕްރޮމޯޓް ކުރަންތަ ނޭނގޭކަމަށް ހެދިގެން
    އެހެންޔާފަހެ އަޅާލާނެ ބުރުގާ ގަނޑެއް ވެސް ނުލިބުނިއްޔާ
    އިބޫ ސޯލިހަށް މި ކަހަލަ ނގާބިލް މީހަކު ނޫނީ މިނިސްޓަރު ކަމަށް ލާން ނޭންގުނީ ތަ އެހެންތާ ވާނީ އިބޫ ސޯލިހުވެސް ބޭނުންވާ ގޮތް ވިއްޔާ

    10
    1
  9. ނާހަމަ ތެދެއް

    ގޯސް ކޮއް ކަމެއް ކޮއްފަ ދުވަހަކު ވެސް އިނގި ވަޑައި ނުގަންނަވާނެ

    12
  10. ހުސޭނުބޭ

    ތިއީ ހަމަ އަބޫލަހަބުގެ އަބިމީހާ. ހުސް ދޮގު

  11. ހަގީގަތް

    ރަސޫލާއަށް ވެސް ފުރައްސާރަ ކުރިކަން ވެސް އިނގުނީ ނޫހުން މިސަރުކާރައް

    11
  12. އހ

    އެއްވެސް ކަމެއް އިނގޭ ކަމަކަށް ނުވާނެ، އެކަން ކޮއްފަ.
    ޔޫތް މިނިސްޓްރީ އާއި އަދި އެޑިޔުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ބޭއްވި ޝެޝަން ތަކެއް. ކޮންމެ ކަމެއްވެސް އާމުން ރަތައް އައީމަ އެވީ އޮޅުވާލަން

    11
    1
  13. އަލީ

    ބޯދަމައިގަންނަން އުޅޭނެކަމެއް ނެއް!! ކަލޭމެން ކުރާކަމެއް އެއީ

    10
    1
  14. ބުރޯ

    އަމިއްލަ ނަފްސް އިސްލާހުކުރަންވީ

    10
    1
  15. އަލީ

    މިއީ ވަރަށް ބޭކާރު މިނިސްޓަރެއް. ޕާޓީ ފިކުރުން ހައްދުފަހަނަ އަޅާ ގޮސް ވާނުވާނޭގޭނެ. ފުއްޖަހައިގެން ތިމާގެ ބުރުސޫރަ ދައްކާ ތުއިވެގެން އުޅެން އެނގޭނެ. މިވަރުގެ މީހުން މިތިބީ ލާފައި ގައުމުގެ ދަރިން ތަރުބިިޔަތުކުރަން. ރާއްޖޭގެ މުޅި ތައުލީމީ ނިޒާމު ފުޑާލައިފި.