ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވޯޓު ވިއްކައިގެން ލިބޭނެ ވޯޓެއް ނޯންނާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތަކަށާއި ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހުކުރު ދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ސަން އައިލެންޑްގައި ވަނީ މަޝްވަރާ ކުރައްވައިފައެވެ.
ރައީސް ސޯލިހް، ގާސިމާ ބައްދަލު ކުރައްވާފައި މިވަނީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ފުރަތަމަ ފަހަރަށް އިއުލާން ކުރައްވާފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވަނީ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވެއެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގައި އަދުލުވެރި، އިންސާފުވެރި އިންތިހާބެއް ބޭއްވެން އޮތީ ތަހުޒީބު ޝަރުއީ ދާއިރާއެއް އޮވެގެން ކަމަށެވެ. ފާއިތުވި ތަނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން "ބުރުވާލަން" އުޅުއްވީ ވެސް ޝަރުއީ ދާއިރާ މެދުވެރިކޮށް ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އެ އިޝާރާތް ކުރެއްވީ، ރައީސް ޔާމީންގެ ވެރިކަމުގައި ޖަލުގައި ތިއްބެވި އޭރުގެ އިދިކޮޅު ގިނަ ލީޑަރުންނާއި މަޖިލިހުގެ މެމްބަރުންތަކެއް ދޫކޮށްލުމަށް އެދި ފެބްރުއަރީ 1، 2018 ސުޕްރީމް ކޯޓުން ނެރުނު އަމުރަށެވެ. އެ އަމުރު ނެރެފައި ވަނީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަމަށް ޖާބިރު ވިދާޅުވިއެވެ.
އަދި އެކަމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ވެސް ގާސިމް ކަމަށް ޖާބިރު ތުހުމަތު ކުރެއްވެވިއެވެ.
"ގާސިމް އިބްރާހިމް ދަބަހެއް ހިފައިގެން ޖަރުމަނަށް ދިޔަ ކަމާއި މައުމޫން ލާރި ދިން ކަމާއި ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ފެބްރުއަރީ މަހު އެ ބުނާ ހުކުމެއް ނެރުނު ކަމީ ވަރަށް ސާފު ވާހަކަ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ކޮންމެ ބޭފުޅަކު ވެސް ވެރިކަމަށް ވަޑައިގަންނަވަނީ ޖުޑިޝަރީއަށް އަތް ބާނައިގެންނެވެ. ރާއްޖެ ކުރި ނާރައިގެން އުޅެނީ ސިޔާސީ ކަންތައްތަކާއި ވިޔަފާރީގެ ކަންތައްތައް ވެސް ޖުޑިޝަރީ އަށް އަތް ބާނައިގެން ކުރާތީ ކަމަށާއި އެއީ ދިގު ތާރީހެއް އޮތް ކަމެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
"ގާސިމް ޖޭއެސްސީގައި އިންނަވައިގެން އޭނާގެ ވިޔަފާރިތައް ބަރާބަރަށް ކުރިއަށް ގެންދިޔަ. އޭނާގެ ޖާހަތު ބޮޑުވި، އޭނާގެ މަތިންދާ ބޯޓު އޮތީ، ރިސޯޓުތައް އޮތީ، އެއާޕޯޓު ލިބުނީ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވި ގޮތުގައި މިއަދުގެ ރައީސް ސޯލިހް، "ގުދުވެފައި" ވަޑައިގަންނަވަން ޖެހުނީ ގާސިމްގެ "ފައިބުޑަށެވެ". އެކަމަކު، ގާސިމް ވިއްކައިގެން ލިބޭނެ ވޯޓެއް މި ގައުމަކު ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ރަގަޅު ވާހަކައެއް
ޤާސިމް ބުނެގެން ދޭނެ ވޯޓެއްނެތް! ބަޔަކު މީހުން މަތްނަބިއްޔާއަށް ފުރައްސާރަ ކުރާއިރި އެކަމުގައި ހަނު ހުންނަ ލީޑަރަކަށް ކުރެވޭނެ ތާޢީދެއްނެތް!!!
ޞަޙީހް
މޮޔަކުބުންޏަސް ރަގަޅު ވާހަކަ ވާނީ ރަގަޅު ވާހަކައަށް .
ޖާބިރު ކިތައްމެ ވާހަކައެއް ދެއްކިއަށް ތިޔައީ ޙަޤީޤަތެވެ.
ގާސިމް އެއީ ތިމަރަފަތް ގަނޑެށް
ޖާބިރު ބުންޏަސް ތިޔައީ ތެދެއް.
ރާއްޖޭގައި ހިޔޮ ވެރިކަމުގެ ހިޔާވަހިކަމެއް ގާއިމްކުރުމަށް
ކުރިމަތިވެފައިވާ އެންމެބޮޑު ހުރަކީ ބުރުމާގާސިމެވެ ގާސިމްގެ
މުއްސަދިކަމާއި ތަނަވަސްކަން ބޭނުންކޮށްގެން ރައްޔިތުންނަށް
ހުރަަސް އެޅުމާއި ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ވެރިން
މަގާމުން ފެއަށް ޖައްސައެވެ އޭނާ ހިއްޕުޅާނުވާ މީހަކުނަމަ
މަޖިލިސް މެބަރުން މެދުވެރިކޮށްގެންނާއި ކޯޓްތައް އަތްދަށު
ލައިގެން އެމީހަކު މަގާމުން ލުއްސާލައެވެ ކަން މިހެން
ހުރި އިރު އަނެއްކާވެސް ރައީސްކަމަށް އަންނަން ބޭނުންވާ
މީހުންވެސް ގާސިމަށް ބައިއަތުހިފުމަކީ ގޯހުންގޯހަށް ދިއުމެވެ.
ޖާ ބުންޏަސް ޏަމް އަށް ތިވާހަކަ ޤަބޫލު ކުރެވޭ.
ތެދެއް 100 ފަސެންޓް މިހާރު ބޭރުކުންފުނިތަކުންދޭ މުސާރަބޮޑުސާވިސްޗާޖުވެސް ގެންގުޅެނީ ބޮންދުން ވޯޓެއްނުދެވޭނެ އެމީހުނައް 100 ކުންފުނިއޮތަސް 2023 ރާއްޖެ ބަދަލުކޮށްލާނެ
ޖާބިރު ދައްކާަނީ ކަން އޮތްގޮތުގެ ވާހަކަ، ބައެއް ފޮރުވާކަށް ނޫޅޭނެ 👍🏾👏🏾