ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކި ކުރުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ވިޕް ލައިނަށް އަމަލު ނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައިސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުން ނިންމައިފިއެވެ.

ޕީޖީ ޝަމީމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ޕީޖީގެ މަގާމަށް އައްޔަން ކުރެއްވި ޝަމީމް ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 21 މެމްބަރުންގެ ތެރެއިން 17 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުން އެކަމާއި ދެކޮޅެވެ.

އެކަމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ޕީޖީން ކަންކަން ނިންމަމުން ގެންދާ ގޮތަށް ބަލައި، ކޮންމެ ފަހަރަކު ވިޕް ލައިނާއި އެއްގޮތަށް ވޯޓު ލާން ބޭނުން ނުވާ މެމްބަރުން ނަން ނޯޓު ކޮށްދެއްވުން އެދޭ ކަމަށެވެ.

"އާއްމު މެންބަރުންނަށް ސާފްވާނެ އަޅުގަނޑުމެން އެއްގޮތަށް ވޯޓު ލާ ސަބަބު، އަޅުގަނޑު އުއްމީދު ކުރަނީ އާއްމު މެންބަރުން އަޅުގަނޑުމެންގެ ޕާޓީން ވަކި ނުކުރާނެ ކަމަށް". ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ މެސެޖާއެކު އެމަނިކުފާނު ހިމެނޭހެން 18 މެންބަރަކު ވަނީ އެކަމާއި ދެކޮޅުކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، ނަޝީދާއި، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނާއި، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގާއި، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި، މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އާއި ގައްދޫ ދާއިރާގެެ މެންބަރު އަހުމަދު ޒާހިރުގެ އިތުރުން މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާންގެ އިތުރުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ހިމެނެއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން "ވަގުތަށް" ކިޔައި ދެއްވި ގޮތުގައި ޝަމީމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި އޭނާ ވަކިކުރަން މާސް ލަސްވެއްޖެއެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި ޕީޖީގެ މަސްއޫލިއްޔަތާއި ޒިންމާތައް އެންމެ ފުރިހަމަ އަށް ޝަމީމް އަށް އަދާ ކުރެއްވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިސްތިއުފާ

    އެމްޑީޕީގެ ހުރިހާ ސިޔާސަތެއް ވަނީ ފެެއިލްވެ ކަޅުސައިތައްޓެއް 200 ރުފިޔާ އަށް އަރާފައޭ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ އެމްޑީޕީ އިސްތިއުފާ

    38
    1
    • ޒައިކް

      ބުހުތާނު ދޮގު ކޮންތާކުން ކަޅު ސައި 200 އަށް ހުރީ؟؟ ރަނގަޅު ތަކެތީގެ އަގު އުފުލިފަ.. އެކަމު އެއީ މުޅި ދުނިޔޭގަ ވެސް ތަކެތީގެ އަގު އުފުލި ގޮދަން ފަދަ ތަކެތި ހުސްވުމާ ގާތްވީމަ.. އެއީ ވެރިކަމުގަ ވަކި ބަޔަކު ތިބެގެން ވީކަމެއް ނޫން.. އެކަން ދިމާވީ ކޮވިޑުން އަރައި ނުގަނެވި އުޅެނިކޮށް ރަޝިޔާ ޔޫކްރެއިންގެ ވަރުގަދަ ހަނގުރާމަ ކުރިމަތިވުމުން.. ރާއްޖެއަށް ޓޫރިސްޓަކު ނައިސް ދޮޅު އަހަރު އޮތް އިރު ގަޢުމު ބަނޑަށް ނުޖެހި ހިފެހެއްޓޭނީ ލައްކަ ރަނގަޅުވީމަ. ތިޔަ ޕީޕީ ޔާމީނު ވެރިކަމުގަ ކާޑުގެ އަގު ބޮޑު ކުރީ އެކަހަލަ އެއްްވެސް ހާލަތެއް ނެތީސް. ކަލޭމެން ހަނދާންނެތަސް މަމެން ހަނދާން އެބަހުރި. މި ކަހަލަ ކަމެއް އޭރު ދުނިޔެއަށް ކުރިމަތިވިނަމަ ހާލަކީ ކޮބާ.

      1
      5
  2. ދޭންވީއޭ

    ތަމެން ޕްލާސްޓިކް ކޮތަޅު ތަކުގެ އަގުބޮޑު ކޮށްގެން އެފައިސާ ތަމެން ބަނޑުއަޅާލަން ދޯ އުޅެނީ ތަމެން ދެން އިސްތިއުފާ ދޭންވީއޭ ގާސިމް އިބްރާހިމަށް ދޭންވީއޭ މަޖްލީހުގެ ރައީސް ކަން އަދި ސަން ޓްރެވެލް ސިޔާމް އަށް ދޭންވީއޭ މަޖްލީހުގެ ނައިބް ރައީސް ކަން ދެން ކެނެރީގެ ނަޝީދު މަޖްލީހުގެ މެމްބަރު ކަމުން ވެސް އިސްތިއުފާ ދީފައި އިންޑިއާގެ ކަންނަނޫރަށް ކަނޑާލަންވީއޭ އަދި މުރައިދޫގެ ވެސް ސަރުކާރުގެ އޮފީހެއް ހިންގަން ދޭންވީއޭ...

  3. މުހައްމަދު

    ޒިންމާ ނުނެގެންޏާ ވަކިކުރަންވީ

    43
    1
  4. ހަމީދު

    ޢަސްލު މިފެއްނަނީ އެމްޑީއެން ގުރޫޕް ތެދުވާތަން އިދިކޮޅުން ވޯޓްދޭނީ އެގުރޫޕާދެކޮޅައް ސަރުކާރައް ކާމިޔާބުވާނެ ވޯޓް

  5. ރާއްޖެތެރެ

    އެމްޑީޕީގަ ރަނގަޅު އެކަކުވެސް ނެއް. ރައްޖެއަ އަބަދުވެސް ލިބެނީ އެއްލުން މި ބައިގަނޑުގެ ސަބަބުން

  6. ކަންބަލާ

    ޑިމޮކްރަސީ މިއޮއްގެން ކޯދުލާ އަރަނީ އެވެ! އެޖެންޑާ 19 ހަމަ ތަފާތީއެވެ!

  7. އޭއި

    ސަރުކާރުން ބުނާހާ ގޮތަކަށް ހުރިހާ ކަމެއްގަ މަޖިލިސް ހަދަންޏާ ކޮބާ ބޭނުމެއް؟ ޔާންޓޭގެ ދައުރާ ތަފާތު ކަމެއް ނެތެެއްނު؟ ތަކެތީގެ އަގު އުފުލޭ މައްސަލައިގައި އިދިކޮޅުން ހުށަހެޅި މައްސަލަ ބަަލައިގަތުން މުހިއްމު. ރައީސް ނަޝީދު މަސައްކަތްތަކެއް ކުރާކަން ފާހަގަކުރަން ނަމަވެސް ބިޑު ހޯދަން އުޅޭ މެންބަރުންގެ ސަބަބުން ރައްޔިތުންނާއި ގުޅުން ހުރި މައްސަލަތައް އެެޖެންޑާ އަށް ނުލެވި މިދަނީ.

  8. ރަން ރީނދޫ

    ނަޝީދަކީ ދަތްނެތް ހިޔަޅެއް. ކުޑަ މޯދީ 40 މެމްބަރުން ގަންނަން ހާދަ ބޮޑު ކޮރަޕްޝަން ހިންގާފައޭ އޮތީ. އެކަން ވެސް ބަލަން ނުކެރިފައި ،ހަތަރު ފަރާތުން އުދަރެސް ފެނުޖެހިފަ.

  9. ކާފަބޭ2020

    ތިޔަހުރިހާމީހުންވެސް ފަހުވަގުތުވޯޓުދޭނީއެއްކޮޅަށް! ޗެއަރޕާސަން އިންތިޚާބަށްވީކިހިނެއް! ތިޔައީކުޅޭޑުރާމާ! ރިޟްވާނުގެ އިންސާފުބެނާގައިހިފައިގެންހުރެ ރޮއެހޭރިފަގޮވި އިންސާފުކޮބާ؟ އަދި100 ދުވަސްނުވަނީތަ؟

  10. މުޙައްމަދު

    ސިފަ ފެންނަމުން މިދަނީ. އަދިވެސް ފެންނާނެ

  11. Anonymous

    މީ ކުރިންވެސް އެގޭ ކަންކަން ރައްޔިތުން ގުބޯ ހަދަން ފާޑުފާޑުގެ ގްރޫޕް ހަދައިގެން ތިބެ އަޑު އަރުވަނީ. ތިބުނާ ޕްރޮޑިއުސަރ ވަކިކުރަން އަޑުއަރުވަނީ އެއީ ތިޔާމީހުން ރާވައިގެން ދައްކާ ދަޅައެއް.