އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ލަދުން އުޅުއްވާނެކަމެއް ނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް (ރީކޯ މޫސަ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފިއެވެ.

މިހާރު ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނަވާ ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ތްރީލައިން ވިޕާ ހިލާފަށް ވޯޓު ދެއްވާ މެންބަރުން ޕާޓީން ވަކިނުކުރައްވާނެ ކަމަށް އުންމީދުކުރައްވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ޕީޖީ ޝަމީމް ވަކިކުރުމަށް މަޖިލީހަށް ހުށަހަަޅަން ނިންމާފައެވެ.

އެމްޑީޕީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ޝަމީމް މަގާމުން ވަކިކުރެއްވުމާ ދެކޮޅު ކަމަށެވެ. އެކަމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ޕީޖީން ކަންކަން ނިންމަމުން ގެންދާ ގޮތަށް ބަލައި، ކޮންމެ ފަހަރަކު ވިޕް ލައިނާއި އެއްގޮތަށް ވޯޓު ލާން ބޭނުން ނުވާ މެމްބަރުން ނަން ނޯޓު ކޮށްދެއްވުން އެދޭ ކަމަށެވެ.

"އާއްމު މެންބަރުންނަށް ސާފްވާނެ އަޅުގަނޑުމެން އެއްގޮތަށް ވޯޓު ލާ ސަބަބު، އަޅުގަނޑު އުއްމީދު ކުރަނީ އާއްމު މެންބަރުން އަޅުގަނޑުމެންގެ ޕާޓީން ވަކި ނުކުރާނެ ކަމަށް". ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ރީކޯ މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދުގެ ތާއީދާއެކު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ބަލިކުރަން މަސައްކަތްކުރެއްވި މަގުސަދު ހާސިލްވެއްޖެ ކަމަށާއި، ވިޕްލައިނާ ހިލާފްވިޔަސް ނަަޝީދު ޕާޓީން ބޭރުކުރަން ދެކޮޅުު ކަމަށެވެ.

"ވިޕްލައިނާ ހިލާފުވިޔަސް މިކަލޭގެ (ނަޝީދު) ޕާޓީން ބޭރުނުކުރާތި. ކޮންމެވެސް ކުރީގެ ރައީސުންނަށް 3،000 ހަމަވަނީ ވެސް ކިރިޔާ." ރީކޯ މޫސާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާާޅުވީ، ނަޝީދު އުޅުއްވަނީ އެމްޑީޕީން ކަނޑައިނުލައިގެން އަދި އެހެން މީހެއްގެ ރަނިން މޭޓަކަށް ނުވެވިގެން ނުވަތަ އަމިއްލަ ޕާޓީއެއް އުފައްދަން ލަދުން ކަމަށެވެ.

"ޕާޓީން ކަނޑާނުލައިގެން އެހެންމީހެއްގެ ރަނިންމޭޓަކަށް ނުވެވިގެން ނުވަތަ އަމިއްލަ ޕާޓީއެއް އުފައްދަން ލަދުން އުޅުއްވާނެކަމެއް ނެތް. ރައީސްކަން ކޮށްފަ ޕާޓީދޫކޮށްފަ ދާ މީހާގެ ހާލަކީ 3،000 މެންބަރުން ވެސް ހަމަވަނީ މަރަށް ފުރާނަޔަށް ކިރިޔާ. ހަތެއް ފެބްރުއަރީ ކަހަލަ ޅަ އެއްޗެއް ނާޅާތި." ރީކޯ މޫސާ ވިދާޅުވިއެވެ.

ރީކޯ މޫސަ އަކީ އަބަދުވެސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މުޙައްމަދު

    ރަގަޅު ވާހަކައެއް

  2. ހިޔާލު

    ސަރުކާރަށް ދޭންޖެހޭ ލާރިކޮޅު ނުދޭންވެގެން ހާދަވަރެކޭ ތި ކޮއްލަނީދޯ؟ ކަލޭމެންނަށް ތިހެން ފެލިގެންވެސް ދޭންޖެހޭ އެއްޗެއް ނުދީ ތިބެވިދާނެ.. ނިކަމެތި ރައްޔިތުމީހާ އަށް އެގޮތްވެސް ނޯންނާނީ

  3. ޝަރު

    ރައްޔިތުންގެ ފައިސާ އަބުރާ ދައްކާ ހަލާސް ކޮައްފަ އަގަތަޅާބަލަ ދަރަނިބޯ..

  4. އަލްޖިބްރާ

    " ރީކޯ މޫސަ އަކީ އަބަދުވެސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ." ! އެކަން ވާނީ އެހެން ! ރީކޯ މޫސަ ޕަރޓީން ވަކި ކުރީ ނަޝީދުގެ ބާރުގަ ! ދެން ކިހާ ރުޅިއެއް ބާލާނެ !

    15
  5. ނަމަ

    ރީކޯ ކަރޯކޭ ލަވަ ކިއަން އުޅުނަކަސް ނުކިޔޭނެ

    7
    5
  6. އދ

    ނަސީދަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ އާ ސިޔާސީ ޕާޓީއެއް ހެދުމެވެ އެހެން ނުހަދައިފިނަމަ ސިޔާސީ ކެރިއާރ ގެއްލި ތާއީދު ގެއްލި މޑޕ އިންވެސް ބޭރުވެގެން
    ހިގައިދާނެއެވެ.

    15
  7. ޖިންނި

    އަހުން އަޖައިބު ވެއްޖެ މީ ހަމަ އެކައްޗެއްވިއްޔާ އެއް ޒަމާނެއްގަ މިވޫ ކިހިނަކާ

    14
  8. މަތަރަސް

    މިހިރަ ހަޔާކުޑަ ރީކޯމޫސާ މިހާރު ރައީސްމީހާފަޅީގައި އެއީލޯނާ ރަށާ ފަޅާ ކުލިނުދައްކާ އެއްސަތޭކަމިލިއަންރުފިޔާއާވީމާ ކޮބައިނަޝީދު އެއަރޕޯޓް ބިންހިއްކަންދިން ފައިސާތަ މިވަރުގެ ލަދުކުޑަމީހެއް މިރީކޯއެކީ<

    20
    2
  9. ސަމްކުޅިބޭ

    ނަޝީދު ޕާޓީއެއްއުފައްދާނަމަ އެމްޑީޕީގެ އާންމު ގިނަމެމްބަރުންދާނީ އެޕާޓީއަށް ކަމުގައި ޝައްކެއްވެސްނެތް. ރައީސްސޯލިހު މިވަގުތު ރައީސް ކަމުގައި ހުރީމާ ވަޒީފާއާއި އެހެނިހެން މުހުތާދުތަކުގެ ބޭނުމުގައި ސޯލިހުފަހަތުގައި މިހާރު ތިބި ބަޔަކުވެސް ސޯލިހު އެވަޒީފާއިން ވަކިވާއިރަށް ނަޝީދުފަހަތައް އަންނާނެކަމީ ޔަގީން ކަށަވަރު މުޖައްރިބު ކަމެއް.

  10. ވިސްނާ

    އަމިއްލަޕާޓީއެއް އުފައްދަން ލަދުގަންނާނެ މީހުން ހަމަނުވާނެތީ އެކަން އެގޭނެ ފަހުންބޭއްވި
    ޕާޓީގެ އެތެރޭގެ ަިންތިޚާބުންވެސް މިހާރު ފަޔާޒަށްލިބޭ ތާއީދުވެސް

  11. ކާސިމު

    ދަރަނި ބޯ، ދަރަނި ގޯނި ، އަނގަ ނުހުޅުވާ، ދަރަނި ދައްކަބަލަ!