ފ. ދަރަނބޫދޫގެ ކުރީގެ މިސްކިތެއްގައި އިންޑިއާ މީހުން ދިރިއުޅެން ބައިތިއްބާފައި ވީޑިއޯއާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ އިސްތިއުފާ ދެއްވަން ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.

ޖަމީލް މިގޮތަށަ ގޮވާލާފައިވަނީ ގިނަ އަދަދެއްގެ ބިދޭސީންތަކެއް މިސްކިތެއްގައި ދިރިއުޅެމުން އަންނަ ކަމަށް ބުނެ މީސްމީޑިއާގައި ބަޔަކު މީހުން އާންމު ކުރި ވީޑިއޯއާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނަކާއި ގުޅިގެންނެވެ.

އެގޮތުން މިނިސްޓްރީން ބުނީ، ބިދޭސީން ތިބި މިސްކިތަކީ މިހާރު މިސްކިތެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިމާރާތެއް ނޫން ކަމަށާއި އެއީ 2017 ވަނަ އަހަރު އެރަށުގައި އާ މިސްކިތެއް ހުޅުވުމުން ކައުންސިލަށް ގުރުއާން ކްލާހެއް ހިންގުމަށް ހަވާލު ކޮށްފައިވާ އިމާރާތެއް ކަމަށެވެ.

މިނިސްޓްރީން އެފަދައިން ބުނުމުން ޖަމީލު ވިދާޅުވީ، މިއީ މިހާ ހިސާބަށް ރާއްޖޭގައި މާތްالله ގެ ގެކޮޅުގެ ޙުރުމަތް ކަނޑާލުމަށް ހިންގުނު އެންމެ ފާޅުކަންބޮޑު ވިޔާނުދާ އަމަލު ކަމަށެވެ. އަދި މިކަން ހުއްޓުވަން ފުލުހުން ނުުކުޅުދޭނަމަ މުޅި ރާއްޖޭގެ ރައްޔިތުން ތެދުވަންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ބަހާނާ ނުދައްކައި އިސްލާމިކް މިނިސްޓަރު އިސްތިޢުފާ ދެއްވާ" ޖަމީލް ކުރެވި ޓުވިޓުގައި ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ބިދޭސީން ދިރިއުޅެމުން އަންނަ މަންޒަރު ފެންނަ މިސްކިތް ބަންދު ކޮށްފައިވަނީ ގަބުރުތަކެއް ފެނިގެންނެވެ. އަދި އޭގެ ފަހުން އެތަނުގައި އިންޑިއާގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އަންނަ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ދަރަނބޫދޫގެ އާސާރީ މިސްކިތުގައި އިންޑިއާގެ މަސައްކަތްތެރިން ގެންގުޅޭތީ ރާއްޖޭގެ ދީނީ ބައެއް ބޭފުޅުން ވެސް ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަރޫ

    މިސްކިތް ބެލެހެއްޓުން ހަވާލުކުރެވިފައި ވަނީ ކައުންސިލާ ކަން ވެސް ޖަމީލަށް ނޭނގެނީ؟

    1
    3
  2. ހެސްކިޔާފަ

    ބޮނޑިބަތްކައްކަން ޔާމީނާއެކު އުޅެގަ.

    1
    2