ރާއްޖެ އިން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ފުދުންތެރި ބަޔަކަށް ހެދުމަށާއި އޯގާތެރި ވެރިކަމެއް ކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް "ވަގުތަށް" މިއަދު ވިދާޅުވީ އެމްޑީއޭގެ ލީޑަރު ކަން ވެސް ކުރައްވާ ސިޔާމް، ރައީސް ކަމަށް އިންތިހާބު ކުރެއްވުމަށް ޕާޓީގެ ތެރެއިން މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. ސިޔާމް ވެރިކަމަށް ކުރިމަތިލައްވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ދަހިވެތިކަން އޮތީމަ ކަމަށް ވިދާޅުވިއެވެ.

އެމްޑީއޭ އިން ރާއްޖޭގެ ވެރިކަމަށް އައުމަށް ކުރާ މަސައްކަތުގެ ދަށުން މައުރޫފް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އޮތީ ޕާޓީ ވަރުގަދަ ކުރުމެވެ. އެގޮތުން އަންނަ ޖުލައި 31 ގެ ކުރިން އެމްޑީއޭގެ މެމްބަރުންގެ އަދަދު 10،000 އަށް އެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

އެމްޑީއޭގައި މިވަގުތު ތިބީ 7،000 އަށް ވުރެ ގިނަ މެމްބަރުންނެވެ. މައުރޫފް ވިދާޅުވި ގޮތުގައި އެމްޑީއޭގެ އަމާޒަކީ ރިޔާސީ އިންތިހާބު އަންނަންވާ އިރަށް ޕާޓީ އަށް 30،000 މެމްބަރުން ހަމަ ކުރުމެވެ.

މައުރޫފް ވިދާޅުވީ، އެ ޕާޓީގެ ކެންޑިޑޭޓް ނިންމާނީ، ވަރަށް އަވަހަށް ބާއްވާ އޯޑިނަރީ ކޮންގްރެސްގައި ކަމަށެވެ. އެ ކޮންގްރެސްގައި އަސާސީ ގަވައިދަށް ގެންނަން ފެންނަ ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް -- ފޮޓޯ: މަޖިލީސް

އެމްޑީއޭގެ އޯޑިނަރީ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 30 ގައެވެ. އެ ޕާޓީގެ ކައުންސިލް ބޮޑުކޮށް، 300 މެމްބަރުން ތިބޭ ގޮތަށް ބަދަލު ކުރަން ވަނީ ނިންމައިފައެވެ.

"ސިޔާމް ވޯލްޑް" ގައި ދާދި ފަހުން އޮތް ހަފްލާއެއްގައި ސިޔާމް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ސިޔާމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ކަންކަން ކޮށްދެއްވުމުގެ ދަހިވެތިކަން ކުޑައިރުއްސުރެ އޮންނަ ކަމަށެވެ. އެހެންވެ، މިކަން ކުރުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ވިޔަފާރިވެރިޔާ ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވި ގޮތުގައި ދަހިވެތިކަން އޮތީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށެވެ.

"ދަހިވެތިކަން އިތުރުވަމުން ގޮސް ބޮޑުވި ވަރަކަށް އެބައި އިތުރުވޭ. އެހެންވެ މިއަދު އަޅުގަނޑު ބޭނުންވޭ ތި ބޭފުޅުންގެ ފުލް ސަޕޯޓް. ކުރިއަށް ވުރެ މަތީ ދަރަޖައަކަށް، މި އަތޮޅާއި ރާއްޖޭގައި ތިޔަބޭފުޅުންގެ ރައްޓެހިން ހުއްޓަސް އަދި ތިމާގެ ބަޔަކު އެހެން އަތޮޅެއްގައި ހުއްޓަސް އަޅުގަނޑުމެންގެ ޕާޓީ އެ ހިސާބަށް ގޮސް އެބަޖެހޭ އަޅުގަނޑުމެންގެ އަޑާއި ކުރަން މިއުޅޭ ކަމެއް ރައްޔިތުންނަށް ފޯރަން،" ސިޔާމް ވިދާޅުވިއެވެ.

ދ. މީދޫން އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދަށް ހޫނު މަރުހަބާއެއް - ފޮޓޯ: އެމްޑީއޭ

މައުރޫފް ވިދާޅުވީ ޕާޓީގެ ހަރަކާތްތައް ފުޅާކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކަށް ޕާޓީ "ފަތުރާލަން" ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ޕާޓީގެ ކައުންސިލަރަކު ބަހައްޓަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އަދި ބޮޑެތި ރަށްރަށުގައި 3-4 ބައިތިއްބަވާނެ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދޭތެރެއިން ވަރަށް ސައިލެންޓްކޮށް ތިބީ. ދެން ކޮވިޑް-19 އާ ވެސް ހެދި އަޅުގަނޑުމެން އެގޮތަށް ތިބީ. އެކަމަކު ކުއްލިއަކަށް ވިސްނުން ބަދަލުވެ، އޮނިގަނޑަށް ބަދަލު ގެނެސް ޕާޓީގެ ހަރަކާތްތައް ފުޅާ ކުރަން އަޅުގަނޑުމެން ވާނީ ނިންމާފައި،" މައުރޫފް ވިދާޅުވިއެވެ.

ސިޔާމްގެ ސިޔާސީ ހަޔާތް ފެއްޓެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އޭގެ ފަހުން އެ ޕާޓީން ވަކިވެވަޑައިގެން 2012 ވަނަ އަހަރު އެމްޑީއޭ ނަމުގައި ސިޔާސީ ޕާޓީއެއް ސިޔާމް އުފެއްދެވިއެވެ. އަދި ޖެހިގެން އައިއިރު، ޕީޕީއެމްއާ އެކުގައި ކޯލިޝަން ހަދައި އެ އިންތިހާބު ކާމިޔާބު ކުރިއެވެ.

އޭގެ ފަހުން، 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި އެމްޑީއޭ އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެފައެއް ނުވެއެވެ. އަދި އިންތިހާބަށް ނުކުތް އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިހުގައި ހަތަރު ދައުރު ފުރިހަމަ ކުރައްވާފައިވާ ސިޔާމަކީ މަޖިލިހުގައި މިވަގުތު ތިއްބެވި އެންމެ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް މެމްބަރެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް. --- ފޮޓޯ: މަޖިލިސް

މައުރޫފް ވިދާޅުވީ ސިޔާސީ ދާއިރާގެ 20 އަހަރު ދުވަހުގެ ތަޖުރިބާ އާއި ފަތުރުވެރިކަމުގެ ދާއިރާ އާއި ވިޔަފާރީގެ ދާއިރާގެ ތަޖުރިބާއާއެކު މިވަގުތު އެންމެ ރަނގަޅު ކެންޑިޑޭޓަކީ ސިޔާމް ކަމަށެވެ.

"ސިޔާމް ދަހިވެތި ވަނީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން. ވެރިކަން ކުރެއްވުމަށް ދަހިވެތިވެގެން ނޫޅޭ،" ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އެއްވެސް ގޮތަކަށް ހުއްޓިގެން ނުދާ ކަމަށެވެ. އަދި ވައްކަންތައް އިތުރުވެ، އަދުލު އިންސާފު ވެސް ގާއިމުވެފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި އަދިވެސް ކޮރަޕްޝަން ހުއްޓިގެން ނުދޭ، ވައްކަން ވަނީ އިތުރުވެފައި، އަދުލު އިންސާފު ނެތް. ކޮރަޕްޝަނާއި ފަސާދަ އިތުރުވެ އެކަމުގެ ބިރުވެރިކަން އޮތީމަ އެކަންކަމަށް ހައްލު ހޯދައި ދިނުން ބޭނުމަކީ. މިއީ ސިޔާމް ވެސް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަންކަން،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވި ގޮތުގައި ސިޔާމަކީ ޓެކްސް ފައިސާ އެންމެ ގިނަ އިން ދައްކަވާ އެއް ބޭފުޅަށްވާ އިރު، އެ ފައިސާ ރައްޔިތުންނަށް ފައިދާ އާއި ލާބަ ހުރި ކަންކަމުގައި ބޭނުން ނުކޮށް، އެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ސިޔާމް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންފައިވާ އެއް ކަމެވެ.

ރައީސް ޔާމީން އާއި ސިޔާމް
ރައީސް ޔާމީން އާއި ސިޔާމް

ރިޔާސީ އިންތިހާބުގައި ސިޔާމް ވާދަކުރައްވާ އިރު، ނ. އަތޮޅުގެ އިތުރުން ދ. އަތޮޅަކީ ސިޔާމް އަށް ބޮޑު ތާއީދެއް އޮންނަ ދެ އަތޮޅެވެ.

ރިޔާސީ އިންތިހާބުގެ ފޯރި ކުރިއަށް ވުރެ ވަރުގަދަ ވަނީ ވެފައެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނަމުން އަންނަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނުކުންނަވާނެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީން ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާންކޮށްފައެވެ. އެކަމަކު، ވާދަކުރާނީ ކިހިނެއް ކަމެއް ނިންމާނީ ކައުންސިލުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބުގައި ދެން ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑީއާރުޕީގެ ލީޑަރު އަދި މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. އަދި އިންތިހާބަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް އެބަހުންނެވިއެވެ.

ރައީސް ސޯލިހް އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީން ނުކުންނާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ އެ ޕާޓީގެ ކޮންގްރެސްއިންނެވެ.

އެމްޑީޕީ ތެރެއިން ރައީސް ސޯލިހްއާ ވާދަކުރައްވަން ހުންނެވީ ނަޝީދެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ނަޝީދު ވަނީ އިއުލާން ކުރައްވައިފައެވެ. އެކަމަކު ޕްރައިމަރީއެއް ބޭއްވުމާ މެދުގައި ވަކި ގޮތެއް އަދި ނުނިންމައެވެ. ރައީސް ސޯލިހް ވެސް ވިދާޅުވި ގޮތުގައި އެންމެ ޑިމޮކްރަޓިކް ގޮތަކީ ޕްރައިމަރީއެއް ބޭއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ރިސޯޓް ބްރޯ

    ފުރަތަމަ އަހަރުންގެ މުސާރަ ދީބަލަ ހަމައައް.. ބލއއނ..

    41
    1
    • ނަންނު

      ކިހާއޯގާތެރި ވާނެ. ގެންގުޅޭ މުވައްޒަކުން ކޮޅަށް މަހު އުޖޫރަ ނުދީ އުޅޭ މީހަކު މުޅި ގަވުމުގަ ތިބި ރައްޔަތުންނަށް ވާނެ އޯގާތެރިކަން ވިސްނާލަމާ..

      52
      3
  2. ދަރަނި ދަންތުރަ

    ދާއިރާގެ ރައްޔިތުންގެ ހައްގުގައި ގަވާއިދުން މަޖިލީހަށް ހާޒިރުނުވެވޭ މީހަކު ، ރައްޔިތުންނަން އިތުރަށް އޯގާތެރިވާނެ ގޮތެއް ސިޔާމް ބުނެދީ ބަލަ ފާޑު ފާޑުގެ ސޮޑާ ފުޅިޔަށް ދެވިހިފާފަ ހުރި މީހަކު އިސްލާމީ ގައުމެއްގެ އެއްމެ އިސް މަގާމަށް ގެންނަން ހެޔޮވާނެތޯ ؟

    54
    4
  3. Anonymous

    ޢޯގާތެރިއެއް ކަންއެނގެޔޭ އިހައް ދުވަހު މުއައްޒަފުންނާ މެދު ކަންކުރި ގޮތާ ދެއްކި ވާހަކަޔާ ދިން އިންޒާރުން މަވާ ސަލާމް ދޅ ކާ ނގލއ މަދީ

    51
    1
  4. ޕޮގުބާ

    ނުވާނެ ތިކަމެއް އެމްޑީޕީ އާއި ޕީޕީއެމްގެ މީހުން މަރާ ވަޅުލީތަ؟

    37
    1
  5. ޙޯރަޮ

    ނުވާނެ ތިކަމެއް. ކަލޭ ތިއުޅެނީ ޖަރީމާތަކުން ސަލާމަތްވާން. ޥެރިކަން ބޭނުންނަމަ ފުރަތަމަ ތިމާގެ އަޚުލާޤު ރަނގަޅުކުރަންވީ

    48
  6. ޗާނދް

    އޯހ..ރާއްޖޭ އެންމެން ދެން އުޅޭނީ އަހުގަ.

    34
    1
  7. ނަން

    ހަމައިގައި ހުރެގެންތާ ވެރިކަން ކުރެވޭނީ. އަނެއްކާ ހަމާގައި ހުރެގެން ކުރަން ނިންމި ކަމެއްބާ މިއީ. ..

    34
  8. އަހަންމަދު

    ރާއްޖެއަށް ބަނގުރާ އެތެރެކުރުން ހުއްޓުވަން ކެރޭނެބާ؟ތީ ވަރަށް އަގަ ހުތުރު މީހެއް!

    31
    1
  9. ބޮސް

    ސިޔާމް ރަނގަޅުވާނީ ރިސޯޓްގައި ހުރިއްޔާ

    33
    1
  10. Anonymous

    މަގޭ ޝިޔާމް ބޭ މަގެ ވޯޓް ! ޝިޔާމް ރަގަޅުވާނެ !

    4
    35
    • ޙިނި ކެކެ

      ބޯ ގޯހެއް

  11. ޑައެލޯގް

    މަހައްދޭ ޝިޔާމް ކަލެއަކީ 2018 އަހަރު ޔާމީނުގެ ފަހަތުގައި ހުރެފައި ގައުމަށްވާނެގޮތަކާމެދު ނުވިސްނާ ކުއްލިއަކަށް އަމިއްލަ އެދުމާއިގެން ފިލިމީހެކެވެ. ގައުމެއްގެ ވެރިކަންބޭނުމިއްޔާ ފުރަތަމަ އިސްލާމިއްޔަތު ދެން ގައުމިއްޔަތު ހުންނަންޖެހޭ އެކަމަކު ކަލެއަށް މުހިއްމުވީ އަމިއްލައެދުން

  12. އިބްރާހިމް

    ދީނީ ވާހަކަ ނުދައްކަވާނެކަމަށް އުންމީދުކުރަން. ރަނގަޅަށް އެއްޗެއް ނުބުނެވޭތީ މިދެންނެވީ

  13. ރައްޔިތު މީހާ

    ހައްޤު ތެދެއްތަ؟

  14. ރައްޔިތު މީހާ

    ޝިޔާމް ފުރަތަމަ ކަލެއަށް މަންފާ ހޯދާދޭން ރެޔާދުވާލު ގުދާރު ބިނދޭވަރަށް މަސައްކަތް ކޮށްދެމުން ގެންދާ މުޢައްޒަފުންގެ މުސާރަ އާއި ސާރވިސް ޗާރޖް ކޮޅު ހަމައަށް ދީފައި އެމީހުން ނަށް އޯގާތެރި ވެރި އަކަށް ވާން އެބަ ޖެހޭ!؟ މަޖާ މީހެއްދޯ!!! ގަދަކަލޭ! ޙައް ހައް ހައް ހާއް

  15. ސަދޫމް

    މަށައް އަހަކާއި، ވައިކުޑައެއް ދޭތި އޯގަާތެރި، ދީލަތި، ލަދުވެތި، ރީތިބަހުން ވާހަކަދައްކާ އޯގާތެރި ވެރިޔާ. ވަރަށް ވެދުން. ބއޅބޭ.

  16. އައްމަޓަ

    ހަތަރެސްކަން ހަމަވީ.

  17. ޝީއުލް

    އެހެންވީމާ އެންމެ ފުރަތަމަ ކަމަކަށް ކުރަންވީކަމަކީ ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީގެކޮޅުގައި ޑުރަގު ރިހެބިލިޓޭޝަން ސެންޓަރަކައި ސުޕާއެއް އުފެއްދުމެވެ. އެޔައްފަހު ކެންޑިޑޭޓްކަމަށް ކުރިމަތިލުމުގެ މަސައްކަތް ބާރު ސުޕީޑުގައި ކުރިޔައް ގެންދަންވީ. އަދި ސިޔާމް ވޯލްޑަކީ ސަރުކާރުގެ ސޮވެރިން ގެރެންޓީއެެއް މޭޒުދަށުން ހޯދާލައިގެން ސީސީސީ ކުންފުނި ލައްވާ ކޮންޓުރެކްޓާ ފައިނޭންސުކޮއް ދިވެހި ސަރުކާރުގެ ބޮލުގައި ދަރަނި އެޅޭހެން ހިންގައި ލިބިގަނެފައިވާ އެސެޓެއްކަން ނަމަނަމަ ރައްޔިތަކަށް ނޭނގޭނޭހެން ކެންފޭނު ހިންގަވަންވާނެއެވެ.

  18. އަޙްމަދް

    ކެނެރީގޭ ނަޝީދައްވުރެ ރަންގަޅުވާނެ.

  19. ޙިލް

    އަބަދުމެ ބޮއެގެން ހުންނަ މީހަކަށް ވެރިކަން ކުރެވޭނެބާ

  20. އަހްމަދު

    ދާއިރާގެ ރައްޔިތުންވެސްބުނޭ މެމްބަރުވަރައްއޯގާތެރިވާހަކަ

  21. Anonymous

    މިފަދަ ބޮޑާމީހަކު ވެރިކަން ކީއްކުރަން މަޖިލިސްއަށްވެސް ނުހޮވުން އެދެނީ. ޔާމީނުވެސް ދައުލަތް މޯގޭޖްކޮށްފަ މިކަލޭގެއަށް 1 ބިލިއަން ރުފިޔާގެ ލޯނެއް ދިނީމާ ވާނެގޮތްމީ. އެއްކަހަލަ މީހުން.

  22. އއ

    މިރާއްޖޭގަ ހުރި އެންމެ ބޮޑު ކަރަޕްޓް އެކަކު. އޯޑިއޯ ގައި އެ ކީ ހަޑި އަވަގުރާނަ ހަދާނުން ނުދާނެ ، ވެރިއަކަށް ގެނެސްފި ނަމަ އެއީ ގައުމީ ލަވައަށްވެސް ހަދާފާނެ.

  23. ކަމަނަ

    ރައްޔިތުން ވިސްނާލަބަލަ މިފަދަމީހުން ރައްޔިތުންނަށް ހެޔޮއެދޭވަރު މުއައްޒަފުން ގަނަތަޅުވަނީ

  24. Anonymous

    އިސްތިއުފާ ސިޔާމް ، އަދި ވެރިކަމައް ނާދެވޭ އެކަމަކުވެސް.

  25. މުހަންމަދު

    ދެއިރު ދެދަޅަޔަށް ވިލާތު ސަރުބަތު ހިއްޕަވާ، މުވައްޒިފުންގެ ސަރވިސް ޗާރޖު ފައިސާ އިން ބޮޑު ބަޔެއްކާލާ މީހަކަށް ރައްޔަތަކަށް ވެވޭނެ އޯގާތެރި ކަމެއް އޮންނާނެބާ؟؟

  26. އަހްމަދު

    30ހާސް ވޯޓަކުން ރައީސްކަމެއް ނުލިބޭނެ.

  27. ސަމްކުޅިބޭ

    މިހާތަނަށް މިހިރަ ކޮމެންޓްތަކުން ޝިޔާމަށްއޮތް ތާއީދު އެނގިއްޖެ. ވީމާ އިންތިޚާބަކާނުލައި ކުރިއަށް އޮތް ދައުރުގެ ރަޢީސްކަން މިހާރުވެސް ހަވާލުކުރަންވީ.

  28. ތޮށީ

    ތީ ބަނގު އައިވި ހެސްކިޔާފަ އިތުރުވީ!

  29. ޓައްޓާނަ

    ނަގާފަ ހުރި ލޯނުތަކާ ރިސޯޓް ބޯއިސްގެ އަތުން ފޭރިފަހުރި ފައިސާ ދައްކާބަލަ