ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ފުޅަނދުބުދު ބާއްވަން ނިންމައިފިއެވެ.

މިއަހަރު ފުޅަނދުބުރު ބާއްވަން ނިންމާފައިވާ ކަން ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި އެމިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން ފުޅަނދުބުރު ބާއްވާފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ އަހަރުގެ ފުޅަނދު ބުރުގައި ސަރުކާރުގެ ފަސް ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން ބޭއްވި ފުޅަނދުބުރުގައި ވަނީ ތަފާތު ތީމްތަކަށް ފުޅަނދުތައް ހަދައިފައެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ މެދުގައި ޝައުގުވެރި ކާޓޫންތަކާއި ދިވެހި ސަގާފީ ކަންކަން ދައްކުވައިދޭ ފުޅަނދުތައް ހިމެނެއެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު ބާއްވާއިރު ގިނަ އަދަދެެއްގެ މީހުން ނިކުމެ މި ހަރަކާތް ބަލާލައެވެ. ފާއިތުވި ތިން އަހަރު މި ހަރަކާތް މަޑުޖެހިފައި އޮތީ ކޮވިޑް-19 ގެ ސަބަބުން ގިނައިން މީހުން އެއްވެގެން ބާއްވާ މިފަދަ ކަންކަން ރައްކާތެރި ނުވާތީއެވެ. މިހާރު ކޮވިޑްގެ ހާލަތުން އަރައިގަނެ އޭރު އެޅި ފިޔަވަޅުތައްވެސް އުވާލުމަށްފަހު އާންމު ހާލަތަށް ވަނީ ރުޖޫއަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. Anonymous

    ހާދަ ޚަރަދެއް ހިނގާނެ ކަމެކޭ
    ބޭކާރު ކަންކަމުގައި ވަގުތާއި ފައިސާ އިސްރާފް ނުކުރަމާތޯ

    36
  2. އަސާސް

    ޤައުމުގެ ހާލަތު ނިހާޔަތަށް ދަށަށް ގޮސްފައިވާ ވަނިކޮށް އަނެއްކާވެސް ފައިސާތަކެއް އިޝްރާފް ކޮށްލުމަށް ތިޔަކުރާ މަސައްކަތް ހުއްޓާލުން ބުއްދިވެރި.

    30
  3. ޙަނދުކޭތަ

    ތިއޮތީ ސޯލުހުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތު ފޫވެއްޓިފަ ލޮލް

    35
  4. ޙަފޯ

    ހަރަދުކުޑަކުރުން މެކުހައް، ވަގންގެއަމީރައް ހަމަސާބަސް. މިކަމަށް ދާ ހަރަދު މިފަހަރު ކަރަންޓް ބިލާއި ފެންބިލް، ދެންވެސްދޭ އަސާސީ ހިދުމަތައް އިތުރުކޮށް ރައްޔިތުން ފެލައިގެން ނަގާތި.

    24
  5. ޙައްޕު

    ތިކަން ނުކުރާގޮތަށް އޮތީ ނިންމާފަ. މީ ކުރިން ނިންމާފައިއޮތް ކަމެއް. މިހާރު ، ހަރަދު ކުޑަކުރަންވެގެން ބަދަލު ގެނައީ. ބަދަލުގައި ހަވާ އަރުވާގޮތަށް އޮތީ.

    12
  6. ޢާދަނުބެ

    ސަރުކާރުން ކަންކަން ކުރަންވީމަ ކޮވިޑް ފުރީވަނީތޯ ނިކަމެތިން ރަށަށްދާންވީމަ ކޮވިޑްފެތުރެނީ

    23
    1
  7. ބުއްޅަބޭ

    ތިހިރީ ހަރަދު ކުޑަ ކުރެވިފަ!

    22
  8. ހިމާރުލް

    ބަޖެޓާ އާސަންދަޔާ ދެކޮޅު ޖެހި، ތިލަފަތް ހަމަވަނީ

    18
  9. މަބޭ

    ޕްރޮމޯސަނާ އޮފީސް މެއިންޓަނަންސް ހުުއްޓުވާފަ ހަރަދުކުޑަކުރަން ކުރަންއެންމެ ރަނަގަޅުކަމަކީ ފްލޯޓްހެދުން

    18
  10. ސިޕް

    މީތޯ މިސަރުކާރުން ޚަރަދު ކުޑަކުރުމަށް ކުރަން ފެނުނު އެންމެ ރަނގަޅު ކަމަކީ ، އަހަރުމެން ދެރެ ނިކަމެތި ރައްޔިތުމީހާގެ ޕްރޮމޯޝަން ޚަރަދު ކުޑަކުރުމަށް ހިފަހައްޓާފައި މިކަހަލަ އިސްރާފު ކުރަންވީމަ މަތިން ފައިސާ ފައިބަނީތޯ ... ދެރަ ކަން ކަން

    12
  11. Anonymous

    ޚަރަފު ކުޑަކުރަން ގޮވާފަ މިނައްޓާލީ ޔޫރަޕަށް
    މިހިރީ މި މީހުންގެ މުނާފިޤުކަން.
    2023 އިންތިޚާބަށް ޚަރަދުކިރާނެ ފައިސާ ޖަމާކުރަން ެެއުޅެނީ. e

    12
  12. ކުރި

    މިހިރީ ތިޔަ ގެންގުޅޭ ހަރުދަނާ ސިޔާސަތު. އެއްކޮޅުން ޚަރަދު ކުޑަކުރުން އަނެއްކޮޅުން ތިޖޫރި ފޫކެހުން. ތަންކޮޅެއް ބޮޑުވަރު މީ. ހަމަ ބުއްދީގަ ތިއްބަވަގެން ކަންތައްކުރާނަމައޭ ހިތައްއަރާ. ހަމަ ސާބަސް. އައްސަރިބަހާއި ސާބަސް.

  13. ލާމު

    ޚަރަދު ކުޑަކޮށްލަން ކުރަން ވަރަށް ރަނގަޅު ކަމެއް.

  14. ހަގީގަތް

    އެއުޅެނީ އަނެއްކާވެސް ބައެއްގެ ޖީބައްފައިސާކޮޅެއްވަދަންވެގެން. ދުނިޔެމިދާގޮތުން ބޭކާރު ހަރަދުނުކުރުން ބުއްދިވެރީ.

  15. ަައިބޫ

    ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް އަޅުއްވާ ފުރަތަމަ ފިޔަވަޅު. ވަރަށް ފުރިހަމަ

  16. ޖޫލީ

    ވަޢި

  17. ރަނާ

    ޚަރަދު ކުޑަކުރަން ސިވިލް ސަރވަންޓުން ގެ އިތުރު ގަޑި ކަނޑާލާފަ މިހާރު ތިޔަ ކުރަނީ ކޮން އިސްރާފެއްބާ! މީ އަޅެ ބުއްދި ސަލާމަތުން ތިބި ބަޔެއްތަ.

  18. zero tolerance

    3 އަހަރު މެދު ކެނޑުމަށް ފަހު މިއަހަރު މިހާލަތުގައި އިގޭ ތިކަން ކުރަން އެންމެ ރަނގަޅީ ކަލޭނޭ. ދުނިޔޭގެ އިގުތިސޯދަށް ވަމުންދާ ގޮތް މިވެރިންނަށް އަޅެ ޓީވީ ހަބަރު ގަނޑަކުންވެސް ނުފެންނަނީތަ ނޫނީ ހަމަ ނުބައި ނުލަފާ ކަން ބޮޑީތަ މިވެރިންގެ ؟؟؟؟؟؟؟؟ 2023 ގެ ވެރިނަން ބޭނުންވާ ވިޔަސް ބޮޑުވަރޭ އިގޭ!!!

  19. Anonymous

    ރުފިޔާ ޗާޕްކޮށްގެން ނާއި ދަރަނި ނަގައިގެން ގައުމު ހިންގަމުންދާ ދުވަސްވަރެއްގަ ގާއުމަށް ހެޔޮއެދޭ ބަޔަކު މިފަދަ ކަންކަން ނުކުރާނެ.

  20. ޜޮޒޭ

    އުވާލަންވީ ބޭކާރު ތަނެއް.

  21. ރިހާކުރު

    ކީއްކުރަންހޭ ބޮޑެތި ރަސްމިއްޔާތު ބާއްވަނީ ދުވަހެއް އަންނަ އިރަށް؟ މިޒަމާނަކު ތަރައްގީ ގައުމުތަކުގައި އަބަދާ އަބަދު ކޮއްއުޅޭ ކަމެއް ނޫނޭ އެއީ. ޖޯއީ ބައިޑަން މެންވެސް ހާއްސަ ދުވަހެއް އައިމަ ސޯޝަލް މީޑީއާއިން އެދުވަހާ ގުޅޭ މެސެޖް ރައްޔިތުންނަށްދީފަ އެނިންމާލަނީއޭ...ދިވެހި ގިނަ ރައްޔިތުންވެސް މިހާރު ތިބީ ސޯޝަލް މީޑިއާގައޭ. .ސޯލިހުމެން ރައްޔެތުން ގުނބޯ ހައްދާލަން ބޭނުންވީމަ އެހެރީ ނޫންތަ ދައުލަތުގެ ޓީވީވެސް. ދެން ކޮން ހާ ހަފްލާތަކެއް ބާއްވާކަށްތަ؟ ބޮޑު ވޭސްޓޭއް!!!

  22. ބކ

    ފުޅަނދުބުރު ބޮއިކޮޓް ކުރަން. ހަރަދަށް ވިސްނާލަބަލަ ނިކަން ކުޑަކޮށްވެސް