މާލެ ސަރަހައްދުގައި ބޭރަށް ހިނގުމާއި ހޮޑުލުމުގެ ރޯގާއެއް ފެތުރުނު ނަމަވެސް މިނިވަން ދުވަހާއި ގުޅިގެން ސަރުކާރުން ބާއްވަން ނިންމި ހަރަކާތްތަތައް މިއަދު ކުރިއަށް ގެންދިއުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.

އިއްޔެއިން ފެށިގެން މާލެ ސަރަހައްދުގައި ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކަށް ވަނީ ހޮޑު ރޯގާއެއް ޖެހިފައެވެ. މިއާއި އެކީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ހަލުވި ކަމާއި އެކީ ބަލި ފެތުރޭތީ ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން އެފަދައިން އިލްތިމާސް ކުރުމާއި އެކީ އިއްޔެ ހަވީރުގެ ވަގުތެއްގައި ހޯމް މިނިސްޓްރީން ވަނީ މިނިވަން އުފާ ކާނިވާ ފަސް ކުރަން ނިންމައި އެކަން އިއުލާން ކޮށްފައެވެ. އަދި އެކަން ކޮށްފައިވަނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މީގެ ކުޑައިރުކޮޅެއް ކުރިން ހޯމް މިނިސްޓްރީން ވިދާޅުވީ، މިނިވަން އުފާ ކާނިވާ ހުޅުވުން މިރޭ 20:00 ގައި އޮންނާނެ ކަމަށާއި މި އިވެންޓް އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. އަދި ފުޅަނދުބުރު ދައްކާލުން ވެސް މިއަދު ހަވީރު 16:30 އިން 18:00 އަށް އެސަރަހައްދުގައި އޮންނާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުފައެވެ.

މިނިވަން އުފާ ކާނިވާ މިރޭ ބާއްވާއިރު، އެޗްޕީއޭއިން މިއަދު ވިދާޅުވީ، މާލެ ސަރަހައްދުގައި ފެތުރެމުން އަންނަ ބައްޔަކީ ނޯވޯވައިރަސްގެ ސަބަބުން ފެތުރޭ ބައްޔެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މިމީހާ

    އިމްރާން، އިބްރާހިމް ގޮވައިގެންގޮސް ތިތަން ހުޅުވައިގެން ދެބޭފުޅުން ކުޅިބައްލަވާފަ ކުޅި ކުޅެފަ ނިންމާލައްވާ. އަޅުގަނޑުމެން ގޭގަ މަޑުކޮއްލާނަން. ވަރަށް ވެދުން.

  2. ނަމަ

    ރައްޔަތުން ދެކެ ލޯބިވާވަރު ފެނޭނު އެބަ

  3. Anonymous

    ސޯ މިހާރުނޯވޯވައިރަސް ނުފެތުރެނީ ރޭގަނޑު 8 ގެ ފަހުން ދޯ ފެތުރެން ފަށަނީ.

  4. ބާބަ

    ކޮންތާކް މިޖެހުނީ

  5. ހުސޭނުބޭ

    ސޯލިބޭ އެކަނި ކޭމްޕޭންކުރުމަށް ކިބިފައި އޮތް ފުރުސަތުގެ ބޭނުންހިފަނީ. އެ ވަރިހަމަ ރައްޔިތުން ހަނާވިޔަސް.

  6. Anonymous

    ޕީޕީއެމް އިންވެސް ހަރަކާތްތައް ފައްޓާ . ޖަގަވެސް މިރޭ ހުޅުވަންވީ.

  7. ނިހާދު554

    މިނިވަންދުވަހުގެ ނަމުގަ ސަރުކާރުން ރޭވުމުގެ ދަށުން ކެންޕޭންތިކުރަނީ ކުޑަކުދިން އިނދަޖެހުނަސް ނުބަލާނެ ވެރިކަމާހެދި ފާއިތުވި 4 އަހަރުވެސް މިނިވަން ދުވަސް އައި މިވަރެއްނާރުވާ

    36
    2
    • ޙައްޕު

      ސަރުކާރުންވަނީ ރޯގާގެ ޙަޤީޤަތް ހޯދާފަ. އެހެންނޫނަސް ސަރުކާރުން މިދަނޑިވަޅުގަ ނުކުރާނެދޯ ރައްޔިތުންނަށް ގެއްލުމެއް ލިބޭކަމެއް. ނިހާދު މާބޮޑަށް ތިހުރީ ފިޔާތޮށި ބޮޑިބަތް ކައިގެން.ކިތަންމެ އެއްޗެއް ލިޔުނަސް އިބޫ ހޮވޭނީ.

  8. ނަމަސްތޭ

    މާ ކަނަތަށް ބޮޑުކުރާނެ ކަމެއް ނެތް . . ދާން ބޭނުުން ނެތިއްޔާ ގޭގަ އޮތުމުގެ ފުރުސަތުވެސް އެބައޮތް ދޯ . . މަޖްބޫރެއްނޫން ކޮންމެހެން ދާކަށް

  9. ޔ

    ބަޔަކުޖަހާހާބެރަކަށްނަށާކަށްނުޖެހޭ. އެކަކުވެސްނުގޮސްގޭގަތިބެބަލަ

  10. އަބްސީ

    ޤައުމަށް ޓަކާ ރައްޔިތުންނަށް ޓަކާ..... ސާބަހޭ އިބޫ

  11. ސަގަރު

    ތިކަމާހުރެ އެއްދުވަސް ގެއްލިއްޖެ. އަދި އެއްދުވަސް ބަންދު ކޮއްދީ.