މާލެ ސަރަހައްދުގައި ބޭރަށް ހިނގުމާއި ހޮޑުލުމުގެ ރޯގާއެއް ފެތުރުނު ނަމަވެސް މިނިވަން ދުވަހާއި ގުޅިގެން ސަރުކާރުން ބާއްވަން ނިންމި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކާނިވަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އާރބަންކޯއިން އިރުޝާދު ދިފިއެވެ.

އިއްޔެއިން ފެށިގެން މާލެ ސަރަހައްދުގައި ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކަށް ވަނީ ހޮޑު ރޯގާއެއް ޖެހިފައެވެ. މިއާއި އެކީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ހަލުވި ކަމާއި އެކީ ބަލި ފެތުރޭތީ ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައެވެ. މިއާއެކު އިއްޔެ ކާނިވަލް ކެންސަލް ކުރިއިރު، މިރޭ އަލުން ކާނިވަލް ފަށަން ވަނީ ތައްޔާރުވެފައެވެ.

މިއާއެކު އާރބަންކޯއިން ވަނީ ކާނިވަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކޮށްފައެވެ.

- ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ޒިޔާރަތް ނުކުރުން
- ކާނިވަލުގައި އުޅުއްވާއިރު ވީހާވެސް ގައިދުރުކަން ބެހެއްޓުން
- ގިނަގިނައިން އަތް ދޮވުން

އާރބަންކޯއިން ބުނީ މިރޭ ކާނިވާ ހުޅުވިގެން ދާއިރު، 6 ދުވަހުގެ މުއްދަތަކަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އެހެންކަމުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކާނިވަލަށް ޒިޔާރަތް ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޔ

    ކީއްކުރަންދައްކާވާހަކައެއްތީ. ތިހުރިހާކަމަކަށްވިސްނާބަޔަކުތިކަހަލަތަންތާކަށްނުދާނެ

    10
  2. ޢަހިމަދު

    ޢާން ރައްޔިތުން އަނެއްކާވެސް ވިސްނަންވީ ޗޯރޭމެނަކަށް ނުވިސްނެ ރައްޔިތުންނާ ދޭތެރެއަކު

  3. ކާސިންބެ

    މިހާރުފެތުރޭ ބަލިމަޑޫކަމާ ހުރެ އަދި ސުކޫލް ހުޅުވެން ކައިރިވެފައި ވަނިކޮށް ގިނަ ކުދިން ތަކަކަށް ބަލިޖެހުމުގެ ފުރުސަތު ބޮޑު މިފަދަ ހަރަކާތް ތައް ބާއްވައިގެން

  4. ބުރުމާ

    ހަރަކާތް ރާވާފަރާތުން ނުބެލި ކަމެއް އެހެން މީހުން ނުޖެހޭނެ ބަލާކަށް

  5. އަޙްމަދު

    ބަލިމީހުން ވެސް މިފެސްޓިވަލަށް ދާންވާނެ
    މީ އަބަދު އޮންނަ ކަމެއް ނޫން

  6. އަލީ ފާއިޒް

    ބަލިމީހުން ވެސް މިފެސްޓިވަލަށް ދާންވާނެ
    މީ އަބަދު އޮންނަ ކަމެއް ނޫން

  7. ހާލުފޮޅި

    ހުޅުވާފަ ކޮން ވާހައެއް.. ދިވެހިންގެ ގޮތް އިނގޭނު.. ބޭރަށް ހިންގާ ހޮޑުލަމުންވެސް ދާނެ..