މާލެ ސަރަހައްދުގައި މިވަގުތު ވަރުގަދަ ރޯގާއެއް ފެތުރުނު ނަމަވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ "މިނިވަން އުފާ" ކުޅިވަރުތައް ކުރިއަށްދާނެ ކަމަށް މި ކުޅިވަރުތައް އިންތިޒާމް ކުރާ ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ކުޅިވަރުތައް ޖުލައި 26 ވަނަ ދުވަހު ފަށައިގެން ކުރިއަށްދާއިރު، މިވަގުތު މާލޭ ސަރަހައްދުގައި އަންނަނީ ވަރުގަދަ ރޯގާއެއް ފެތުރެމުންނެވެ.

އެގޮތުން މިރޯގާ ޖެހި ގިނަ އަދަދެއްގެ ކުޑަކުދިން ބޭރަށް ހިނގައި ހޯޑުލާތީ ހޮސްޕިޓަލްތައް ވަނީ ބާރުބޮޑުވެފައެވެ.

މިކަމާއި ގުޅިގެން ހޯމް މިނިސްޓްރީގެ މީޑިއާ ގްރޫޕެްގައި ނޫސްވެރިއަކު ވަނީ ބޮޑު ބަލިމަޑުކަމެއް އޮތް އިރުވެސް ކުޅިވަރުތައް ކުރިއަށް ގެންދާ ގޮތަށްތޯ ސުވާލު ކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިނިވަން އުފާ ކާނިވާ އޮތީ ކަނޑައެޅިފައިވާ ގޮތަށް ކުރިއަށްގެންދާ ގޮތަށް ކަަމަށެވެ. އަދި މިވަގުތާއި ހަމަައަށް ބަދަލެއް ނެތް ކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދުތައް އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެއެވެ. އަދި މިނިވަން އުފާ ކާނިވާ މިރޭ 8:30 ގައި ހުޅުވުމަށް ވެސް ހަމަޖެހިފައި ވެއެވެ. ކާނިވާ ހުޅުއްވައި ދެއްވާނީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. އެ ސަރަހައްދުގައި ހަވާ އެރުވުންވެސް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ ފާއިޒް

    ބަލިމަޑުކަމެއް ކުރިމަތިވީމަ ކަންކުރަންވީ އެންމެ ރަނގަޅަށް މިސަރުކާރުން އެދަނީ ކުރަމުން