އާއިލާ ކުޑަކުއްޖަކު ކުރިމަތީ ޖިންސީ އަމަލު ހިންގައި، އެ ކުއްޖާއަށް ޖިންސީ ގުޅުން ހިންގި ދިވެހި ފިރިހެނެއްގެ މައްޗަށް 57 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
ވ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ފިރިހެން މީހާގެ މައްޗަށް ދައުލަތުން ވަނީ ފަސް ދައުވާއެއް އުފުލާފައެވެ. އެއީ ރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އާއި، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކު އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ އާއި، ކުޑަކުއްޖަކު އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާގެ ހާޒިރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އާއި އާއިލާގެ މެންބަރަކު އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އޭގެ ތެރެއިން ތިން ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެފައި ވެއެވެ.
މި މައްސަލަތައް ނިންމާ ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 57 އަހަރުގެ ހުކުމެއް ކޮށްފައިވާއިރު މައްސަލައިގެ ބާވަތުގެ ގޮތުން މާގިނަ ތަފްސީލެއް އެ ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ދައުލަތުން އޭނާގެ މައްޗަށް އުފުލި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި އޭނާގެ މައްޗަށް އުފުލި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގެ ދައުވާ ސާބިތުވެފައެއް ނުވެއެވެ.
ނަމަވެސް ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުއްޖާއަށް ދެއްކި މަންޒަރު އޭނާގެ މައްޗަށް ސާބިތުވެ 15 އަހަރަށް އޭނާ ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު، އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާގެ ހާޒިރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގި މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ 17 އަހަރަށް އޭނާ ޖަލަށް ލުމަށް ހުކުމް ކޮށްފައި ވެއެވެ. އަދި އާއިލާ މެެންބަރަކު އާއިލާގެ ކުޑަކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގި މައްސަލަވެސް އޭނަގެ މައްޗަށް ސާބިތުވެ އޭނާ މީގެ ކުރިން ޖަލުގައި ހޭދަ ކުރި ދުވަސްތަކަށް ކެނޑުމަށްފަހު 22 އަހަރާއި ދެ މަހާއި 28 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވެއެވެ.
ޖަލުގައި 57އަހަރު ހޭދަވުމުގެ ކުރިން ކުށްވެރިޔާ މަރުވެއްޖެއްޔާ އޭނާގެ މައްޗަށް ހުކުމްކުރި ގާޟީ ފާފަވެރިވާނެތަ؟
މީހަކުމަރުވުމުން އެމީހާގެ ހުރިހާ އެއްޗެއް ލިބޭނީ ވާރިސުންނަށް.
ގާޟީތަ އޭނަ މަރާލީ..؟؟
57 އަހަރުގެ ޖަލު ހުކުމެއް ކުރިއިރު، ޖަލުގައި ހޭދަކުރި މުއްދަތު ކެނޑީމަ މިހާރު ޖެހެނީ 22 އަހަރު؟؟ މާނައަކީ ހުކުމެއް ނުކޮށް 35 އަހަރު ޖަލުގައޭ ބެހެއްޓީ. މީ ކޮންކަހަލަ އަދުލުގެ ނިޒާމެއް.
މިކަހަލަ މީހުންގެ ނަން ހާމަ ނުކުރަނީ ކީއްވެތޯ؟. ޢޭރުން ދޯ އެނގޭނީ އެހެންމީހުންނަށްވެސް ރައްކާތެރިވާން.
ޖިންސީ ގުނަވަން ބުރިކޮށްލާފައި ލޮނުމިރުސް އުނގުޅާފަ ދޫކޮށްލަބަލަ ހޭއަރާފަ އޮންނާނެ. ޖަލުން ސަލާމަތްވެވޭނެ ދެތިން މަސްތެރޭ. ނިކުމެ އަނެއްކާ ޝަހުވާނީ ކުޅިގަނޑު ފޯރިއާއެކު ފަށައިގަންނާނެ. ލޮނުމިރުސް ހާކާލީމަ ހުންނާނެ ހޭ އަރާފަ.