ފިލިޕިންސްގެ ތުއްތު ކުދިންތަކެއް ރޭޕް ކުރި މައްސަލައެއްގައި ދައުވާ ސާބިތުވެ އޮސްޓްރިއާގެ ދެމަފިރިއަކު 129 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ރިޕޯޓްތަކުން ބުނި ގޮތުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް މީގެ ކުރިން ރޭޕް އަދި އަންހެން ކުދިން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި އިއްވާފައިވާ ޕީޓާ ގެރާޑް ސްކާލީއަށް 129 އަހަރުގެ ޖަލު ހުކުމެއް އަނެއްކާ ވެސް އިއްވާފައިވަނީ އުމުރުން 18 މަހުގެ ތުއްތު ކުދިންތަކެއް ރޭޕް ކުރި މައްލައިގައެވެ.

މި ހުކުމް ކޮށްފައިވަނީ ފިލިޕިންސްގެ ކޯޓަކުން ކަމުން އޭނާ ޖަލު ހުކުމް ތަންފީޒު ކުރަން ޖެހެނީ ވެސް ފިލިޕިންސްގައެވެ. ފިލިޕިންސްގެ ދައުލަތުގެ ވަކީލުން ބުނެފައިވަނީ އެފަދަ ކުށެއް ކޮށްފައިވާ މީހަކު 129 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމަކީ އެފަދަ ކަންކަން ކުރާ އެހެން މީހުންނަށް އިބުރަތަކަށް ވާން ޖެހޭ ކަމަށެވެ. އަދި އެފަދަ ހުކުމެއް ކުރުމުން އެކަންކަން ކުރާ މީހުން ދެން އެފަދަ ކުށަކަށް އަރައިގަތުމަށް ޖެހިލުންވާނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ގެރާޑްގެ މައްޗަށް 129 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މިމައްސަލައިގައި އިތުރު ތިން މީހަކަށް ވެސް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އޭރު ޖެރާޑް ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނަކާއި ދެ ރަހުމަތްތެރިންނެވެ.

މި މީހުންގެ ތެރެއިން ޖެރާޑް ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާއަށް 126 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އަނެއް ދެމީހުންނަށް އިއްވާފައިވަނީ 9 އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މިހާރުގެ އިންސާނެއްގެ އާންމު އުމުރަށް ބަލާއިރު 129 އަހަރުގެ ޖަލުހުކުމް ޖެހި ގާޒީ އިނީ ހަމަ ހޭގައިތޯ ވެސް ސުވާލު އުފެދޭ.

    1
    3
    • އުންމީދު

      އެބާކީބައި އޭނަގެ ދަރިން ތަންފީޒްކުރާ ގޮތައް.

      2
      1
    • އަލިބެ

      ހަމަ ތިގޮތައް އުމުރު ދުވަހައް ޖަލައްލާ މީހުން އުމުރު ދުވަހޭ ކިޔާފަ އެބަހުރި 25 އަހަރައް ޖަލައް ލާފަ މި ޒަމާނުގަވެސް އެބައުޅޭ 100 އަށްވުރެ އުމުރު މަތީ މީހުން

  2. ަައަހުމދު

    އަހަރެން އެންމެ ދެރަވާނެ ދުވަހަކީ، ތިފަދަ ހުކުމެއް ނުކުރމުގެ ސަބަބުން ލުތުފީ ޖަލުން މިނިވަންވާ ދުވަސް