މެދުތެރޭ އޮސްޓްރޭލިއާއާ ދިމާލަށް އޮންނަ ދިގު މަގުގައި، އެޑިލޭޑްގެ އައްސޭރިފަށުގެ ފަޅުތަކުން އުތުރަށް 848 ކިލޯމީޓަރު (527 މޭލު) ދުރަށް ދަތުރުކުރާއިރު، އެތުރިފައި ހުންނަނީ ސިއްރު ވެލި ޕިރަމިޑްތަކެކެވެ. އެތަނުގެ ވަށައިގެންވާ މަންޒަރު މުޅިން ފަޅުވެފައި ހުރެއެވެ. ސެލްމޮން ޕިންކް ކުލައިގެ ވެއްޔާއި ދޭތެރެ ދޭތެރެއިން ކަނޑައެޅިފައިވާ ގަސްގަހާގެހި ހުރެއެވެ.

އެކަމަކު ހައިވޭގައި އިތުރަށް ދަތުރު ކުރާވަރަކަށް މި ބިމުގެ އިތުރު ކަންތައްތަކެއް ފެނެއެވެ. ފަނޑު ބިމުގެ ހޮޅިތަކެއް، ގިނަ ދުވަސްތަކެއް ވަންދެން ހަނދާން ނެތިފައިވާ އާސާރީ ބިނާތަކެއް ފަދައިން ތަރުތީބެއްނެތި އެކި ދިމަދިމާލަށް އެތުރިފައި ހުރެއެވެ. ދޭތެރެ ދޭތެރެއިން ބިމުން މައްޗަށް ތަތްވެފައި ހުންނަ ހުދު ހޮޅިއެއްވެސް ހުރެއެވެ.

މިއީ ގާތްގަނޑަކަށް 2،500 މީހުންގެ އާބާދީއެއް އޮންނަ ޖަވާހިރު މައިނިން އަވަށެއް ކަމަށްވާ ކޫބަރ ޕެޑީގެ ފުރަތަމަ ނިޝާންތަކެވެ. އޭގެ ކުދިކުދި ގިނަ ހޮޅިތަކަކީ ދިގު ޒަމާންތަކެއް ވަންދެން މައިނިންގ އިން ލިބުނު ކުނި ފަސްގަނޑެވެ. އެއީ ބިމުގެ އަޑީގައި ދިރިއުޅުމުގެ ހެކިތަކެއް ވެސް މެއެވެ.

މި އަވަށުގައި އާބާދީގެ %60 މީހުން ދިރިއުޅެނީ ދަގަނޑު ގިނަ ވެލިގަނޑާއި، ސިލްޓްސްޓޯން ހިލަގަނޑުގެ ތެރޭގައި ހަދާފައިވާ ގެތަކުގައެވެ. ބައެއް އަވަށްތަކުގައި ދިރިއުޅޭ ތަނުގެ ހަމައެކަނި އަލާމާތަކީ ވައި ވަދެވޭ ހޮހަޅަތަށް މައްޗަށް ތަތްވެފައި ހުރުމާއި، އެތެރެއަށް ވަންނަ ދޮރުތަކުގެ ކައިރީގައި އުކާލާފައިވާ އިތުރު ފަސްގަނޑެވެ.

ކޫބަރ ޕެޑީގައި ބިމުގެ އަޑީގައި ދިރިއުޅުމަކީ ހޫނު މޫސުމާއި ފިނި މޫސުމާއި ކުރިމަތިލުމަށް އެ ސަރަހައްދުގެ ރައްޔިތުންނަށް އެހީތެރިވެދިން ކަމެކެވެ. ފިނި މޫސުމުގައި ބިމުގެ އަޑީގައި އުޅުމުގެ އާދަކާދަ އަކީ މިޒަމާނަށް ބަލާއިރު ވަރަށް ތަފާތު ކަމެއް ކަމުގައި ހީވެދާނެއެވެ. އެކަމަކު ހޫނު މޫސުމުގެ ދުވަހެއްގައި ކޫބަރ ޕެޑީއަށް ގަވާއިދުން 52C (126F) އަށް ޖެހެއެވެ. އުޑުމަތިން އުދުހިފައިވާ ދޫނިތައް ވެއްޓޭކަން އެނގިފައިވެއެވެ. އަދި އިލެކްޓްރޯނިކްސް ތަކެތި ރައްކާކުރަންވާނީ ފްރިޖްތަކުގައި ކަމށްވެސްވެއެވެ.

ކޫބަރ ޕެޑީ އަކީ ދުނިޔޭގެ ފުރަތަމައަށް ބިމުގެ އަޑީގައި އާބާދުވެފައިވާ ތަނެއް ނޫނެވެ. މީގެ ދެ މިލިއަން އަހަރު ކުރިން ދެކުނު އެފްރިކާގެ ހޮހަޅައިގަވެސް މީހުން އެކިއެކި ސަބަބުތަކާހުރެ ދިރިއުޅުނު ކަމަށްވެއެވެ. ފިނިގަދަ މޫސުމާ ކުރިމަތިލުމަށް ބިމުގެ އަޑީގައި މީހުން ދިރިއުޅެމުން އަންނަތާ އެތައް ހާސް އަހަރެއް ވެއްޖެއެވެ. މީގެ 176،000 އަހަރު ކުރިން ޗިމްޕެންޒީ ވެސް ހޮހަޅަތަކުގައި ފިނިން ސަލައިމަތްވާން އުޅޭތަން ފެނިފައިވެއެވެ. ސެނެގާލްގެ އިރުދެކުނު ސަރަހައްދުގައި ދުވާލު ހޫނުގަދަވުމުންވެސް މީހުން ބިމުގެ އަޑިގައި ހޮހަޅަތައްހަދާ އެތަންތަނުގައި އުޅެއެވެ.

މިހާރުވެސް މި ސަރަހައްދުގެ އިންސާނުން ހަދާފައިވާ ހޮހަޅަތަކުގެ ފިނިކުރުމުގެ ނިޒާމުގެ ސަބަބުން މަޝްހޫރު ހޮހަޅަތަކެކެވެ. މިއީ ހޫނުވުން ކުޑަކުރުމަށާއި ގެއްލުން ކުޑަކުރުމަށް ހަކަތައިގެ ބަދަލުގައި ތަން ހެދުމުގެ އުކުޅުތައް ބޭނުންކުރާ ހޮހަޅަތަކެކެވެ. މިއަދުވެސް ކެޕަޑޯޝިއާގެ ޤަދީމީ ސަރަހައްދުގައި އެތައް ހާސް ޓަނެއްގެ އާފަލު، ލުނބޯ، ކެބެޖް އަދި އެހެނިހެން ތަކެތި ފިނިކުރަން ރަށްކާކުރެއެވެ. މިފަދަ ޑިމާންޑެއްގައި، އާ ތަންތަން ޒަމާނާއި އެއްގޮތަށް ބިނާކުރަމުން އަންނަކަމަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

ކޫބަރ ޕެޑީގެ ބައެއް "ޑަގްއައުޓްތަކަށް" ވަދެވޭނީ އާދައިގެ ކުދިކުދި އިމާރާތްތަކުގެ ތެރެއިންނެވެ. އެތެރެއަށް ވަދުނުވަރަކަށް އެތަންތަނުގެ ބިމުގެ އަޑީގައިވާ މަގުތައް މަޑުމަޑުން ހާމަވެގެންދެއެވެ. އަނެއްބައި ތަންތަން ވަރަށް ހާމަކޮށް ފެންނަންވެސް ހުރެއެވެ. ބިމުން އެތައް މީޓަރެއް ތިރިން ޓެންޓް ޖަހާލެވޭ ކޭމްޕްސައިޓެއް ކަމަށްވާ ސަރަހައްދުގައި، އެތެރެއަށް ވަންނަ ދޮރަކީ އަނދިރި ހޮހަޅައެކެވެ.

50 މީޓަރުގެ ހިކި ވެލިގަނޑެއްގެ މަތީގައިވާ ކޫބަރ ޕެޑީގައި ބިމުގެ އަޑީގެވެސް ހާލަތަކީ މިއީއެވެ. "މިތަނުގެ ވެލިގަނޑު ވަރަށް ވަރަށް ހިކި،" އެ އަވަށުގެ ރަށްޔިތެއް ބުނެފައިވެއެވެ. ވެންޓިލޭޝަން އިތުރުކުރަނީ އެކަށީގެންވާ މިންވަރަކަށް އޮކްސިޖަން ލިބޭނެ ގޮތް ކަށަވަރުކުރުމަށާއި ގޭތެރޭގެ ހަރަކާތްތަކުން ތެތްކަން ފިލުވުމަށްލަމަށްވެސް އެތަނުގައި ދިރިއުޅޭ މީހުން ބުނެފައިވެއެވެ.