ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ ކުށުގައި އޮސްޓްރޭލިއާގެ 19 ފުލުހެއް ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ 19 މީހެއްގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ދައުވާ ކުރަން ނިންމައިފިއެވެ.

އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް ކޮމާންޑަރު ހެލެން ޝްނެއިޑާ މިއަދު ވިދާޅުވީ އެކި ވަސީލަތްތައް ބޭނުންކޮށްގެން ކުޑަކުދިން އެކްސްޕްލޮއިޓޭޝަން މެޓީރިއަލް ޑާކް ވެބްގައި ޝެއާ ކުރި ކަމަށް ބުނާ ނެޓްވޯކުން 13 ކުއްޖަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އުމުރުން 32 އަހަރާއި 81 އަހަރާ ދެމެދުގެ ގިނަ މީހުންނަކީ ކޮމްޕިއުޓަރާއި އިންޓަނެޓްގެ ޓެކްނިކަލް މައުލޫމާތު ބޭނުންވާ ކެރިއަރުތަކެއް ހުރި މީހުން ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތަކެތި އަމިއްލައަށް އުފެއްދި ކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.

އޮސްޓްރޭލިއާގެ ކެޕިޓަލް ޓެރިޓަރީގެ ޕަބްލިކް ސާވަންޓަކާ އެކު އޮސްޓްރޭލިއާގެ ދެ ފިރިހެނުންގެ މައްޗަށް ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވާފައިވާއިރު އަނެއް ދެ މީހުން ތިބީ ޝަރީއަތުގެ މަރުހަލާގައެވެ.