ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީގަލް އެޑްވައިޒަރަކަށް އިނގިރޭސިވިލާތުގެ ލޯޔަރެއް ކަމަށްވާ ބެން އެމާސަން ހަމަޖައްސައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުން ހޯމަ ދުވަހު ނެރުނު ބަޔާނުގައި ވަނީ ޝަރުތުތަކާ އެކު ސަރުކާރާ އެކު ކުރާ މަޝްވަރާތަކާ ގުޅޭ ގޮތުން އދ. އާ ވާހަކަ ދެއްކެމަށް އެ ޕާޓީތަކަށް ލަފާ އެރުވުމަށް ބެން އެމާސަން ހަމަޖައްސާފައިވާ ކަމަށާއި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ފަރާތްތަކާ ހިއްސާ ކުރުމަށް ވެސް އެމާސަންގެ ލަފާ ހޯދުމަށް ނިންމާފައިވާ ކަމަށެވެ.
ބެން އެމާސަންއަކީ އިންސާނީ ހައްގުތަކާއި ކައުންޓާ ޓެރަރިޒަމާ ބެހޭ ގާނޫނީ މާހިރެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރާ ސީދާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ މީގެ ދެ ހަފްތާ ކުރިން ބުނެފައެވެ.
ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ދައުވަތުދީ، ރައީސް އޮފީހުން ޕާޓީތަކަށް ފޮނުވާފައިވާ ސިޓީތަކާ ގުޅިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ދެކޮޅު ހަދައި، ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށް، ސިޔާސީ އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މިފަދަ ހާލަތެއްގައި ސީދާ ސަރުކާރާ ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
މީނަ ގޮވައިގެން އިދިކޮޅު ހުރިހާ އެންމެން ބޭރުކަރައިގެ މީހުންނޫޅޭ ހަނަފަސް ސަހަރާއަކަށްދޭ، ގޮސް އެތާ ސަރުކާރެއްހަދައިގެން ދިރިއުޅޭ، މިގައުމުގެ އެއްވެސްކަމެއް ކަލޭމެންނަށް ކަމުނުދޭވިއްޔާ، އޭރުން އަހަރުމެން ބޮލައްވެސް ތަންކޮޅެއް ފަސޭހަވާނެ، މިގައުމުގެ ހަމަޖެހިލައިގެން ދިރިއުޅެވޭނެ އެހެންްގޮތެއްނެތް.
މީނައަށް ބަލާލީމަވެސް މޫނުމަތީން ފެންނަނީ ޔަހޫދީ ވައްތަރު
ބޭނުމެއްނޫން އިދަިކޮޅާ ވާހަކަދައްކާކަށް ދުވަސްކޮޅެއްގެތެރޭ ގެއްލިދާނެ
ކިތައްމެ ފުންނާބުއުސް ލީގަލް އެޑުވައިޒަރެއްގެ ފަރާތުން ވަކާލާތު ހިންގިޔަސް ބުހުތާން ދޮގުހަދައިގެން އޮޅުވާލައިގެން ހިންގާ ވަކާލާތުން ކާމިޔާބެއް ނުލިބޭނެ، މުސްލިމުންގެ ނަމުގަތިބެ ﷲ ހުރިހާކަމެއް ދެކެ ދެނެވޮޑިގެން ވާކަން ހަމަނެއެގެނީބާއޭ ހިތަށްއަރާ،؟
ޙުކުމް ތަންފީޒުކުރަމުންދާ ސިޔާސީ ކުށްވެރިޔަކު ހައްޔަރުގައިވާ އެކެއްގެ ނަންވެސް ބުނެބަލަ. ރައީސު ނަޝީދުއަކީ ކޮށްފައިވަނީ ފާޅުގައި މުޅިދުނިޔެއަށްއިގޭ ބޮޑުކުށެއް، ނ.ރ.އަދީބު، ކާނަލް ނާޒިމު ފަދަ މީހުންނަކީ ސިޔާސީ މަގާމުގަތިބެ ބޮޑެތި ކުށްކޮށްގެން އަމިއްލައަށް އިއުތިރާފުވެ ސާބިތުވެގެން ހުކުމް ކޮށްފައިވާ މީހުން، އެގައިދީން މިނިވަންކުރަން ޖެހޭނަމަ ޖަލުގައިތިބި އެހެން ގައިދީންވެސް މނިވަންކުރަން ޖެހޭނެ، ސުޕުރިންކޯޓަށްވުރެ މަތީކޯޓަކުންވިޔަސް ނެރުނު ޢައިރުގާނޫނީ އަމުރެއް ތަންފީޒުކުރެވިގެން ނުވާނެ، އެއަމުރު ތަންފީޒުނުކްށް އަހަރުމެންގެ ރައީސު ކަންތައް ކުރެއްވި ޙިކުމަތްތެރިކަމުން އެފަދަ ގަޓުހުރި ރައީސަކު އަހަރުމެންނަށް ލިބިފައިވާތީ ﷲއަށް ޝުކުރުކުރުން ޙައްޤު
ގޫގުލް ކޮއްލާ މޮޅުކަން އެނގޭނެ
ކޮބާ ދިވެއްސަކު ނުވިދޯ..ތަނެއްގަ ހުރި ދިވެހި މާހައުލު ނޭގޭ ޔހދ ގަޑެއް މި ލިބުނީ.. މީރަގަޅައްވިއްޔާ ހިލޭސާބަހައް ކުރިސްޓިއަން ދީން ފަތުރަން އުޅޭ މީހަކައްވާނީ..