އެއް ޖިންސުން ގުޅުން ހިންގުމާއި ބަދު އަހުލާގީ އަމަލުތައް ފެންނަމުންދާ ވީޑިއޯތަކެއް ލީކުވި މި ދަނޑިވަޅު އެފަދަ ވީޑިއޯތަކުން ފެންނަ މީހުން ކަށަވަރުކުރަން ޕްރޮފެސާ ހުސެއިން އުގައިލްގެ ސޮފްޓްވެއާ ބޭނުންކުރެވިދާނެކަން އޭނާ ހަނދާން ކޮށްދީފަ އެވެ.
ވީޑިއޯތައް ލީކުވެފައިވާ އިރު އޭގެން ފެންނަމުންދާ މީހުން ބުނަނީ އޭގެން ފެންނަނީ އެ މީހުން ނޫން ކަމަށެވެ.
ނަމަވެސް އުގައިލް ވަނީ އޮންލައިން ސޮފްޓްވެއާއެއް ބޭނުންކޮށް ދެ ފޮޓޯއެއް އަޅާ ކިޔައިގެން އެ ދެ ފޮޓޯއިން ފެންނަ މީހުންނަކީ އެކަކުން ކަށަވަރުކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެ ފޮޓޯ 80 އިންސައްތަ އެއް ގޮތްކަމަށް ދައްކައިފިނަމަ އެއީ އެކަކު ކަމަށެވެ.
ބައެއް މީހުން ވަނީ އެ ޓޫލް ބޭނުންކޮށް ވީޑިއޯތަކުން ފެންނަކަމަށް ބުނާ ނާޒިމް އަބްދުއް ސައްތާރުގެ ފޮޓޯއަކާއި އޭނާގެ އަސްލު ފޯޓޯތައް އަޅާ ކިއައިފަ އެވެ.
Some of the free online #AI face recognition tools are great for similarity matching between two clearly visible frontal face photos. Here's one. Simply upload the two photos and press "Start comparing". If more than 80% similarity, it is the same person. https://t.co/VZjAVaLl43
— Professor Ugail (@ugail) June 25, 2022
އަދި އެ ޓޫލް މެދުވެރިކޮށް ނާޒިމްގެ ފޮޓޯތައް 80 އިންސައްތައަށް ވުރެ މަތިން ދިމާވާކަމަށް ވެސް އެ ޓޫލް ޓެސްޓްކުރި ބައެއް މީހުން ބުނެފައި ވެއެވެ.
ލީކުވި ވީޑިއޯތަކުގެ މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. ފުލުހުން ވިދާޅުވީ ވީޑިއޯތައް ބޭނުންކޮށްގެން ބައެއް މީހުން ބްލެކްމެއިލް ވެސް ކުރަމުންދާ ކަމަށެވެ.
ވީޑިއޯގެ އިތުރުން ސިޔާސީ އިސް ބޭފުޅުންގެ ބަރަހަނާ ފޮޓޯތަކެއް ވެސް މިހާރު ދަނީ ލީކުވަމުންނެވެ.
މިސާލަކަށް މޫނު ނުވަތަ ބޯބުރި އެހެން މީހެއްގެ ފޯޓޯއެއްގެ ހަށިގަނޑަށް ލާފައި ހުއްޓަސް ޢުގެއިލްގެ ސޮފްޓްވެއަރ އިން ދެނެގެނެވޭނެ ހެއްޔެވެ؟ ނޫންނަމަ ބަރަހަނާ ވެގެން އޮތް މީހެއްގެ މޫނަށް އެހެން މީހެއްގެ މޫން ލާފައި ފޮޓޯ އެޑިޓް ކުރިޔަސް، ހަމައެކަނި މޫނު އަޅާ ކިޔައިފިއްޔާ އެ ސޮފްޓްވެއަރ އިން ދައްކާނީ އެއީ ހަމަ އެކަކު ކަމަށް ނޫންހެއްޔެވެ؟
ވަރަށް އާދައިގެ ސޮފްޓްވެއަރ އިން ވެސް ބެލޭނެ ފޮޓޯ އެޑިޓްކޮށްފަވާ ނަމަ.
ކޮމްޕިއުޓަރ މަސައްކަތް ކުރާގޮތް ރަނގަޅަށް ނޭނގޭ ކަމަށް މިކޮމެންޓުން ލަފާކުރެވެނީ
ބެލިއަސް ޔަޤީންވާނެ އެއީ ހަމަ އެބޭފުޅާ ސަދޫމުގެ ޖާހިލުންނާ ...
އަނެއްކާ މިއުގެއިލްވެސް ހަލާކުވަނީބާވައެވެ. މިހެންމިބުނީ މިދަނޑިވަޅުގައި ތިކަހަލަ ސޮފްޓްވެޔާރއެއް ރާއްޖެއަށް ނެރުނީމަ ސަރުކާރުންބޭނުންވާނެ ތިޔަސޮފްޓްވެއާރގެ ނާޖައިޒް ފައިދާނަގަން ދެންވާނެގޮތަކީ އުގެއިލަށް މިލިޔަނުން ފައިސާދިނީމަ އެސޮފްޓްވެޔާރ ބޭނުންކޮށްގެން ބެލީމަ ސަރުކާރު ތާއިދުކުރާމީހުން ދިމާނުވާނީއެވެ. އެނޫންމީހުން ދިމާވާނެއެވެ.
.ތިސޮފުޓުވެއާރ އައްވުރެ އަހަރުމެންގެ ލޮލުގެ ސޮފުްޓުވެއަރ ވެސް..މާރަގަޅު..ތިސޮފުޓުވެއަރ އިންފެންނަމަންޒަރު ސިޔާސީވުން ވަރައްގާތް
ލޯ މާ ރަނގަޅަސް ކޮންމެ މީހަކު ވީޑިޔޯ ބަލާކަށް ނުވާނެނު.
ފުލުހުންނަށް ކަންބޮޑުވީ ބްލެކްމެއިލް ކުރާތީ . އެފަދަ ފާޙިޝް ނުލަފާ އަމަލެއް ބަޔަކު ހިންގައިގެން އެެކަމާ ކަނަބޮޑެއްނުވޭ . ދެން ކަންބޮޑުވެގެން އުޅެނީ ޔޯގާއަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނޭ ބުނޭގެން އެބަޔަކު. ޙިފާހައްޔަރު ނުކުރެވި ގެން.
ބަލަގަ ވީދިއޯއިން އެފެންނަނީ ދަމަނިކޮއް ދެން ކޮން ސޮފުޓުވެއާއެއްތަ
ތި ސޮފްަޓް ވެއަރއެއް ނެތިވެސް އެގޭ އެއީ ކާކުކަން
އުގޭލުއެވެ.. އުގޭލުއަށް އުގޭލުގެ އުޅުން އެނގޭނެއެވެ.
ވެރީ ގުޑް ވެރީ ގުޑް. މިފަހަރު ދޫވިޔަ ދީގެން ނުވާނެ. މިވެނި މީހެއްގެ ކޮއްކޯފުޅޭ ކިޔައިފައި ނޫނީ މިވެނި އިއްޒަތްތެރި މެމްބަރޭކިޔާފައި.
ދޮގެއްވެސް ނޫން. ދެން ކީއްކުރާ ސޮފްޓްވެއަރއެއް؟ ތިޔަ ހުރިހާ ސޮފްޓްވެއާރ ގެ ބޭނުނަމަކީ ހަމަ ކަންކަން އޮޅުވާލުން.
މަފޮޓޯ ވެސް ބުނަނީ 2 މީހުންކަމަށް،ހެހެހެ
ޔާނުމެންގެ ވީޑިއޯ ނުހުންނާނެ. ހުރިއްޔާ ނިކަން ދައްކަބަލަ. ޔާނުގެ ކަންކަން އެނިންމާލަނީ އެތެރެ ކޮއިލްގަ. ކެމެރާއެއް ސޮފްޓްވެއަރ އެޔަކަށް އެކްސެސް ނުވާނެ.