ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯތައް އާއްމުވަމުން ދަނިކޮށް ފުލުހުން ކުއްލިގޮތަކަށް ނޫސްވެރިންގެ ބައްދަލުވުމެއްގެ ދައުވަތު މީޑިއާތަކަށް ފޮނުވައިފިއެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި ދައުވަތެއްގައި ބުނެފައި ވަނީ މާދަމާ ހެނދުނު 10:45 ގައި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން މައުލޫމާތު ހިއްސާކުރަނީ ކޮންކަމަކާއި ގުޅޭ ގޮތުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާއިރު ބަރަހަނާ ވީޑިއޯތަކުގެ މައްސަލައިގެ އިތުރުން ޔޯގާ ހަރަކާތް ހުއްޓުވި މައްސަލަ ވެސް ވަނީ ހޫނުވެފައެވެ. ޔޯގާ ހަރަކާތް ހުއްޓުވުމާއި ގުޅިގެން ފުލުހުން މިހާތަނަށް ވަނީ 15 މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ އިތުރުން މިއަދު ފުލުހުން ވަނީ ނޫސްވެރިޔާ ރިލްވާން އާއި ބްލޮގަރ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ކަމަށް ބުނެ ތިން މީހަކު ހައްޔަރު ކޮށްފައެވެ.

ފުލުހުން މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް މިބާއްވަނީ ފަހަކަށް އައިސް ހިނގަމުންދާ ކަންކަމާއި ގުޅޭ ގޮތުން ނޫސްވެރިން ފުލުހުންނާއި ކުރަމުން އަންނަ ގިނަ ސުވާލުތަކަށް ޖަވާބުނުދީ ތިބުމަށްފަހުއެވެ. ނޫސްވެރިން ފުލުހުންނާއި ކުރާ ސުވާލުތަކަށް ޖަވާބު ނުލިބިގެން ކޮންމެ ދުވަހަކު ވެސް ނޫސްވެރިން އަންނަނީ ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރަލް

    މިނިވަން ކަމެއް ނެތެވެ . ދެ ފެކްޝަނުން ދެކޮޅަށް ދަމަ ނީ އެވެ .

  2. ޖާބެ

    ނޫސްތަކުގަ ނުޖެހިމައް ބުނަންވެގެން އެގެންދަނީ

  3. ލޮލް

    ޒަކަރިއްޔާ މަންސޫރު ދެއްކިކަހަލަ ލާދީނީ ވާހަކައެއް ނުދައްކައިފިއްޔާ ކިތަންމެހާވެސް ރަނގަޅު.

  4. ހުސޭނުބޭ

    ތިއުޅެނީ ސަރުކާރުގެ އޮރިޔާން ވެރިން ހުދު ފޮށަޔަކަށް ހަދަން. ޔޯގަޓް މައްސަލާގައި ސައިޚުން ހައްޔަރުކުރިހެން އޮރިޔާން ވެރިން ހައްޔަރުނުކޮށް ކޮން ނޫސްކޮންފަރެންސެއްތަ؟

  5. އަލީ

    ތިޔަ މުހައްމަދުރިޔާޒަކީ ކާކުކަންދަނެގެން ނޫސްވެރިން އޭނަޔާ ސުވާލުކުރާތި. އެއީ ކަނޑައެޅިގެންހުރި މުނާފިގެއް. ގައުމުގެ ގައްދާރެއް ސަރުކާރާ އިންޑިއާގެ ޕަޕެޓެއް.

    7
    1
  6. ހަސަންކޮއި

    ތިޔަ މުހައްމަދުރިޔާޒަކީ ޑްރަގް ޑިލަރުންގެ އެޖެންޓް. ޑްރަގް ޝިޕްމަންޓް ކަސްޓަމުން ހިފެހެއްޓީމަ، ޑްރަގް ޑިލަރުން ގުޅާނީ ރިޔާޒު ސަރ އަށް. އެހާތަނުން، ފުލުހުން ސީންއަށްގޮސް ކުރާ ކަންކަމުގައި ކޮންމެވެސް އިޖުރާތެއް އޮންނާނީ ފުރިހަމަނުކޮށް. ބަންދު ޖަހަން ކޯޓަށް ގެންދިއައިމަ، މީހާ ދޫކޮށްލާނީ ޗެއިން އޮފް ކަސްޓަޑީ ޕޮލިސް ފުރިހަމަނުކޮށް އޮތީމަ ނޫނީ ކޮންމެވެސް އިޖުރާތެކޭ ފަޅޮލެކޭ ކިޔާފަ. ޕޮލިސް ދޫކޮށްލަން ބޭނުން މީހުން ދޫކުރާނެ.