މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވިއިރު، އެ ތަނުގެ ސެކިއުރިޓީ އޮތީ ފެއިލްވެފައި ކަމަށް ފުލުހުން މިއަދު އެއްބަސްވެއްޖެއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ދިމާކޮށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގައި މީހުންނަށް ހަމަލާދީ މުދަލަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ ހަރަކާތަކީ ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ގުޅިގެން ބޭއްވި ހަރަކާތެކެވެ. އެ ހަރަކާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި، އިންޑިއާ ސަފީރު މުނޫ މަހާވަރު އާއި ބައެއް އެހެން ސަފީރުންނާއި ބޭރުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދަނޑަށް ވަން މީހުން ވަނީ އެތަނުގައި ތިބި މީހުންނަށް ހަމަލާދީ ތަކެއްޗަށް ގެއްލުން ދިން އިރު، އެމީހުން ހުއްޓުވަން މާ ގިނަ މަސައްކަތެއް ފުލުހުން ނުކުރެއެވެ. އޭރު އެމީހުން ހިންގި ހަމަނުޖެހުން ހުއްޓުވަން ތިބީ ވެސް މަދު ފުލުހެކެވެ. އެކަމަކު، އިތުރު ފުލުހުން ރަޔަޓް ގިޔަރުގައި އެ ސަރަހައްދަށް ގޮސް އެއްވުން ރޫޅާލީ ކަރުނަ ގޭސް ޖަހައި ބޭރުގެ ބޭނުންކޮށްގެންނެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ ހެޑް އަދި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ އެ ދުވަހު ހިނގި ހާދިސާގައި ފުލުހުންގެ ސަފުތައް ފޫއަޅުވާލައި އެ އިވެންޓްގައި ބައިވެރިވި މީހުންނަށް ހަމަލާދިނުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ފުލުހުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފުލުހުންނަކީ މިއަށް ވުރެ މާ ރަނގަޅަށް އަދި ޕްރޮފެޝަނަލްކޮށް އެއްވުންތައް މެނޭޖްކޮށް، ބެލެހެއްޓި ބައެއް ކަމަށް އަލީ ވިދާޅުވިއެވެ. އެކަމަކު، އެ ދުވަހުގެ ކަންތައްތައް ސެކިއުރިޓީ ބްރީޗަކުން ހިނގުމަކީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއެއް ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

"އެކަން މެދުވެރިވި ސަބަބަކީ ކޮބައިތޯ އޯގަނައިޒޭޝަންގެ ލެވެލްގައި އާއި އަދި ދައުލަތުގެ މުއައްސަސާތަކުން ބަލަމުން އެބަ ގެންދަން." އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ މި ހާދިސާ ހިނގުމާއެކު، އެކަމުގެ އިންކުއަރީއެއް ހަދަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑަށް އަންގަވާފައިވާ ކަމަށެވެ. އެ އިންކުއަރީ ހިނގަމުން ދަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދުގެ ބެއްލެވުމުގެ ދަށުންނެވެ.

"މި އިންކުއަރީގެ ރިޕޯޓު އަންނަ އާދިއްތަ ދުވަހު އެގްޒެކްޓިވް ބޯޑަށް ހުށަހަޅާ ގޮތަށް ވަނީ ހަމަޖެހިފައި." އަލީ ވިދާޅުވިއެވެ.

މިކަމާ ގުޅޭ އިންކުއަރީތަކެއް ނެޝަނަލް އިންޓަގިރިޓީ ކޮމިޝަނުންނާއި ޕޮލިސް ބޯޑުން ހަދަމުން އަންނަ ކަން ވެސް އަލީ ވަނީ ފާހަގަ ކުރައްވައިފައެވެ.

އަލީ ވިދާޅުވި ގޮތުގައި މާލޭގައި ބާއްވަމުން އަންނަ އެއްވުންތަކަށް ފުލުހުން ފުރުސަތު ދެމުން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައެވެ. ފުލުހުން ބާރުގެ ބޭނުން ކުރަނީ ތަނުގެ މަސްލަހަތު ގެއްލި، އިތުރު ނުރައްކަލެއް ދިމާވެދާނެ ހާލަތްތަކުގައި ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތާ ދެކޮޅަށް ހިޔާލު ފާޅު ކުރުމުގެ ފުރުސަތު އެ ދުވަހު ފުލުހުން ދީފައި ވާނެ ކަމަށެވެ. ނަމަވެސް ވަކި ހިސާބަކުން އެ އެއްވުން ހަމަނުޖެހުމަކަށް ބަދަލުވެ ހިންގި ކަންކަމަކީ ފުލުހުން ސީރިއަސްކޮށް ބަލާނެ ކަންކަން ކަމަށް އަލީ ވިދާޅުވިއެވެ.

"އެ އިވެންޓުގައި ބައިވެރިވި ބޭފުޅުން ހައްޔަރު ކުރެވިފައި ވަނީ ވަކި ވިސްނުމެއްގައި ނުވަތަ ފާޅު ކުރި ހިޔާލެއްގެ ސަބަބުން ނޫން. އެބޭފުޅުންގެ ފަރާތުން އިވެންޓްގައި ބައިވެރިވި ފަރާތްތަކަށް ކުރިމަތިވި ނުރައްކާތެރި ނޫނީ އެކިވަރުގެ އަނިޔާތައް ލިބި ވަޔަލެންސް ކުރިމަތިވީމަ،" އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މާލޭގައި ބާއްވާ އެއްވުންތައް ރޫޅާލުމުގައި މިހާރު މި ގެންގުޅޭ އުސޫލު ބަދަލުކޮށް ނުރައްކާތެރި ކަމެއް ދިމާވާ ހާލަތެއްގައި ފުލުހުންގެ ބާރު ބޭނުން ކުރުމުގެ އުސޫލުތައް ބަދަލު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސެންބެ ބ

    ފެއިލްވީ ކީއްވެ؟ފެއިލް ވާން ދިމާވި ސަބަބަކީ ކޮބާ؟ކާކުގެ އިހުމާލެއް؟ކާކި ލައިން އޮފް އޯޑާ ގައި އިނީ ކީއްވެ ޒޯން އޯޕެން ވީ އެހެންކަމުން ފުލުހުން މިކަމުގެ ޒިންމާ ނަގަން ޖެހޭނީ .މުޒާހަރާ ބައިވެރިން ދޫކުރޭ

    14
    • ޢަހުމަދުވަގާރު

      ތި ބުނީ އެމީހުން ޓެރަރިޒަމް ގެ އަމަލެއް ނުހިންގަޔޭތޯ

      5
      3
      • މުފްތީގެ ބޮޑު ފަތުވާ

        ޒިންމީއަކަސް ޑިޕްލޮމެޓަކަސް މުސްލިމުން އުޅޭ ބިމެއްގައި ޝިރުކުގެ އަމަލެއް ނުހިންގޭނެ. ހިންގައިފި ނަމަ ހުއްޓުވަން ޖެހޭނެ. ފުލުހުންނަށް ނުހުއްޓުވެންޏާ ޒުވާނުން ނުކުމެ ނަމަވެސް ހުއްޓުވަންޖެހޭނެ.

    • ކުރުކުރު

      ގަސްދުގައި ފެއިލްވެގަތީ. ދީނީ ހަރުކަށި ފިކުރު އޮތްކަމަށް ދައްކަން. ފުލުހުން ކޮންޓްރޯލްުރަން އުޅުންނަމަ ވާނެ. ފުލުހުންނޭ ކިޔަނީ ކަމަކު.

  2. ހުސޭނުބޭ

    އެހެންވިއްޔާ ހައްޔަރުކުރި އެންމެން ދޫކޮށްލާ! އެމީޯހުންނަށް އެތަނަށް ވަދެވުނީ ކަލޭމެންގެ އިހްމާލުން

    16
  3. ޣހނ

    އިންގި ހުރެ އަޅާ ނުލީ

    12
  4. ގަލަން

    ސިކިއުރުޓީ ފެއިލްނުވޭ ފޮލިހުންގެ ތެރޭތިބި މާތްވެގެންވާ އިސްލާމްދީނައް ލޯބިކުރާ މީހުން އެކަންވިޔަނުދޭން ރަތްޔިތުން ދަޑައް ވެއްދީ ރަގަލައް އެކަން އެކުރީ

    7
    3
  5. އެމީހާ

    ފުލުހުންގެއިހުމާލުންހިގި ނުވަތަ ހިންގުވުމެގެހަމަނުޖެހިމުގެ އަގުދައްކަންމިޖެހުނީ ނިކަމެތިރަށްޔިތުންތާއެވެ.

    11
  6. Anonymous

    ފުލުހުންގެ އޮޕަރޭޝަން ކޮމާންޑް ފެއިލް
    ކަމިޝަނަރ އޮފް ޕޮލިސް ފެއިލް
    އަބަދުވެސް ފެއިލް
    ރަނގަޅު ކަމަކާ ޖެހިއްޖެޔާ ފެއިލް
    ބޭރުގެ އިސްވެރިންނާއި މިނޫންވެސް ސީނިއަރ މީހުންގެ ސެކިއުރިޓީ ފެއިލް
    ފުލުހުންގެ ހިވާގި ކެރޭ ބައެއް ބޭކަލުން އަބަދުވެސް ޤައިރް ޤާނޫނީ އަމުރު ތަކަށް ނޫނެކޭ ބުނާނެ އެވެ..އިންޝާ ﷲ..އާމީން...