ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމުގައި ޕީޕީއެމް އިން ރަސްމީކޮށް ބައިވެރިވި ކަމަކަށް އަދި ނުނިންމާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ މި މަހުގެ 21 ވަނަ ދުވަހު ގަލަޅު ގަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތާއި ގުޅިގެން ހިންގި ހަމަނުޖެހުން ތަފްސީލް ދެއްވާފައެވެ.

ރިޔާޒް ވިދާޅުވީ އެ މައްސަލައިގައި މިހާތަނަށް 21 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ މަރްހަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހެއްގެ މުއްދަތު ހަމަވުމުން އަނެއްކާ މުއްދަތު ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންގެ ސަފު ފޫއަޅުވާލާފައި މީހުން ގަލޮޅުދަނޑަށް ވަނީ އެތަނުގައި އިސްކޮށް ތިބި މީހުންގެ އިރުޝާދުގެ މަތިން ކަމަށް ވެސް ވިދާޅުވިއެވެ.

ޖޯގާ ހަރަކާތް ހުއްޓުވުމުވަން ގަލޮޅު ދަނޑަށްވަދެ ބާރުގެ ބޭނުންކޮށްގެން މީހުނަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހެއް ފުލުހުންގެ ހައްޔަރުގައިވާ ކަމަށް ވެސް ފާހަގަކުރެއްވެވިއެވެ.

"މި ހާދިސާ ހިންގި ދުވަހު އެތަނަށް ގެންދިޔަ ދިދަތަކާއި އަދި އެހެނިކަންކަން ސިޔާސީ ޕާޓީއަކުން މެދުވެރިވެގެން އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ ކަމަށް މީގެ ކުރިން ފާހަގަކޮށްފައިވާނެ. ޖުމްލަކޮށް އެކަމު ނުނިންމަން ސީދާ ސިޔާސީ ޕާޓީއަކުން މިކަން ރާވައިގެން ކުރިއަށްގެންދިޔަ ކަމަށް. ނަމަވެސް އެ ޕާޓީގެ ވަސީލަތްތައް ބޭނުންކޮށް. ޕާޓީ އޮފީހުން އެއްޗިހި ނެރެގެން. އެ ޕާޓީގެ އިސް ސަފުގައި ތިބި ބަޔަކު އެ ހަރަކާތުގައި ބައިވެރިވެފައިވާ ކަމަށް އަޅުގަނޑުމެން ކުރިން ބުނެފައި ވަނީ." ރިޔާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން ޔޯގާގެ ހަރަކާތް ހުއްޓުވަން ގަލޮޅުދަނޑަށް ވަން މީހުން އަނިޔާވެރިކޮށް އަލަމު ކުރި ކަމަށާއި އެތާގައި ތިބި ބައެއް މީހުންނަށް ކޮންމެވެސް ވަރެއްގެ ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ހަމަނުޖެހުމުގައި ބައިވެރިވި މީހުން ބޭނުންކުރި އިބާރާތްތަކާއި އަދި އަމަލު ކުރި ގޮތުގެ ސަބަބުން ދައުލަތުގެ ހިމާޔަތުގެ ދަށުގައި ތިބި މީހުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔަކަމާއި އެ ކަމުގެ ސަބަބުން ރާއްޖޭގެ އަމަންއަމާން ކަމަށާއި ރައްކާތެރިކަމާއި މެދު ސުވާލު އުދެފިގެން ދިޔަ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ޔޯގާ ހަމަނުޖެހެމުން މީހުން ހައްޔަރުކުރީ ފިގްހީ ރައުއްޔަކާއި ގުޅޭ މައްސަލައެއްގައި ނޫން ކަމަށެވެ. މީހުން ހައްޔަރު ކުރަމުންދަނީ އެތަނުގައި ހިންގި މާރާމާރި އާއި މުދަލަށް ގެއްލުން ދިން މައްސަލަތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

" ތަހުގީގަށް އިތުރަށް މީހުން ހޯދުމުގެ މަސައްކަތް ކުރަން. އަދި އެބަ ތިބި ބައެއް މީހުން ހައްޔަރުނުކޮށް. އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދަނީ." ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް މިގޮތަށް ވިދާޅުވިއިރު، ފުލުހުން ވަނީ އެއީ އިދިކޮޅު ކޯލިޝަނުން ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ބަޔާނެއް ނެރެފައެވެ.

"މި އަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައި ވަނީ ޕީޕީއެމްގެ އޮފީހުންކަން އެނގިފައި" ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި މިހާތަނަށް ގިނަބަޔަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާއަލީ

    އަޅެ ފުލުހުން ޖެހޭތަ ގޮތަކަށް ނިންމަން. ކޯޓުތަކުގެ ދައުރު ފުލުހުން އަދާކުރާކަށް ނުޖެހޭ..

    11
  2. ކޮރަލް

    .
    ނާޒިމް މަކުނު ކުޅި ވާހަކަ އެއް މާ ބޮޑައް ނުދައްކަ އެވެ

  3. ޑައެލޯގް

    ޕީޕީއެމްގެ މަތީފަޑީގައި ތިބޭ ގިނަބޭފުޅުންނަކީ މަގުތަކުން ޑިގްރީހަދާފައިވާ ބައެއްނޫނެވެ. ޕީޕީގައި ގިނަވާނި ދައުލަތުގައި ގިނަދުވަހު މަގާމްތައް ފުރުއްވާފައިވާ ތަޖްރިބާލިބިފަހުރިބޭފުޅުންނެވެ. ވީމާ ކޮލެޓީތަފާތުވާނެއެވެ. ޔާމީނު، ޑރ. މުއިއްޒު، ޑރ ވަހީދު. ޑރ ޖަމީލު މިއެވެ. އެމްޑީޕީގެ މަތިފަޑި އަންނި، އިބޫ، ޝިފާޒު، ރީކޯމޫސަ، ވިމާ ފުލުހުންނަށްވެސް މިވަރު އެގެންޖެހެއެވެ.

    13
  4. ހުސޭނުބޭ

    ބުނާނެ ގޮތެއް ނޭގެގެންނޭ މިއުޅެނީ ބުނެބަލަ

    10
  5. އަސޭލާ

    ރަސްމީކޮއް ޔޯގާ ހަރަކާތް ޕީޕީއެމުން ހުއްޓުވާން ބައިވެރި ވީޔަ ކޮންކަމެއް ކުރެވޭނީ ޕީޕީއެމްގެ އަކުރުތަށް އުވާލިޔަސް ހަރަކާތްތަށް އުވާ ނުލެވޭނެ ސަރުކާރާ ދެކޮޅު ފިކުރެއް އުވާ ނުލެވޭނެ

    12
  6. ކަމަނަ

    ނުނިންމޭނެ. ކަލޭމެނަށް މި ޤައުމުގަ އެންމެ ބޮޑު ކަމެއްކަމަށް ފެންނަނީ ޔޯގާ ދޯ؟ އެއްޖިންސުން ގުޅުންހިންގާ، ދީނަށް ފުރައްސާރަކޮށް، އިންޑިއާ އިން ރާއްޖެއަށް އަތްގަދަކޮށް ހެދުން ކަލޭމެނަށް ބޮޑުކަމެއް ނޫން. 2023 އަށް ވަރަށް ސަލާމް.

    11
    1
  7. ބަލަފަ

    ބަލަގަ މިތިބަ ލާރިޔަށް ގޮސް ހުސްވެފަ ތިބި ބޮލުރޮދިންނޭ. ހުއްޓުވީކީ ޔޯގާއެއް ނޫނޭ. ދަރިފުޅުމެން ކުޑައިރު މަންމަމެން ކިޔައިދިން އެންމެ ބޮޑު ފާފަ ކަމަށްވާ ﷲއަށް ޝަރީކު ކުރުމޭ ހުއްޓުވީ. އެނގޭތަ؟ ނޫނީ އެވަރުވެސް ސީޕީ ހަމީދު އައްމައާ ރިޔާޒު އައްމަ ކިޔައިނުދެނީތަ؟

  8. ސުކުން

    އެއވެސް ކަމެއް ބެލެވޭގައުމެއް ކަމަކައްމިގައުމު ނުވަމުންދަނީ ބޮޑުމީހާއައްބޮޑު ކުޑަމީހާ ޖަލު

  9. ސިޔާސީ ޕާޓީ

    ޕީޕީއެމްގެ ބޮލުގައި ތިކަން އަޅުވާ ކަށް ފުލުހުންނަށް ނުކެރޭނެ. ސަބަބަކީ ސިޔާސީ ޕާޓީއަކަށް ވާތީ. އެކަމަކު ތިކަމުގަ އިސްކޮށް އުޅުނީ އެމީހުން. ދަނޑަށް ވަދެގަތީވެސް އެމީހުންގެ އަމުރަށް. އެކަމަކު ހިފާ ހައްޔަރުކޮށް އަދަބު ދެމުން މިގެންދަނީ ގާނޫނު އަސާސީން ލިބިދީފައިވާ ސުލްހަވެރި ކަމާއެކު އެއްވެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ، ގައުމުގައި ހިނގަމުން ދިޔަ ބޮޑު މުންކަރާތަކާ ދެކޮޅަށް އަޑު އުފުލި ދިވެހި ރައްޔިތުން. ފޭކް ޑިމޮކްރަސީ. ފޭކް ޖުޑިޝަރީ ، ފޭކް މަޖްލިސް ، ފޭކް ރައީސުލްޖުމްހޫރިއްޔާ