މިމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއިން ފުލުހުންގެ ސެކިއުރިޓީ ބްރީޗްވި ގޮތުގައި އިންކުއަރީއެއް ހެދުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ ހަމީދު) ސަސްޕެންޑް ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް މިއަދު ފޮނުވި ސިޓީއެއްގައި އާދަމް ޝަރީފް ވިދާޅުވީ، މާލޭގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތުގައި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ސަފީރުން ބައިވެރިވެވަޑައިގަންނަވާކަން ފުލުހުންނަށް ނޭނގޭކަން ފުލުހުން ހާމަކޮށްފައިވާ ކަމަށާއި އެތަނަށް ބަޔަކަށް ވަދެވިފައިވަނީ ސެކިއުރިޓީ ބްރީޗްވުމުގެ ސަބަބުންކަން ވެސް ފުލުހުން ބުނެފައިވާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ޔޯގާ ހަރަކާތް ރާއްޖޭގައި ހިންގުމާމެދު ރާއްޖޭގެ އިލްމުވެރިންނާއި އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ބޭރުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިކޮށްގެން އެހަރަކާތް ހިންގިއިރު، އެކަށީގެންވާ ގޮތެއްގައި ސެކުއުރިޓީ ނުބެލެހެއްޓުމުގެ ސަބަބުން ހިނގާފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖޭގެ ސުލްހަމަސަލަސްކަމާއި ރައްކާތެރިކަމާއ ބެހޭ ގޮތުން ދެކޭގޮތް ބަދަލުވެ، ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ގާބިލުކަމާމެދު ސުވާލު އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެހެންކަމުން ގަލޮޅު ދަނޑުގައި އެ ހަރަކާތް ބޭއްވި ދުވަހު އެތަނުގެ ސެކިއުރިޓީ ބްރީޗްވުމަށް މަގުފަހިވި ސަބަބުތަކާއި ކުރިމަގުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ފުލުހުންގެ ތެރޭގައި ފިޔަވަޅު އަޅާފައިވާނަމަ، އަޅާފަހުރި ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ މެދުވެރިކޮށް ބައްލަވައިދެއްވުމަށް އާދަމް ޝަރީފް ވަނީ އެދިފައެވެ.

މީގެ އިތުރުން ސެކިއުރިޓީ ބްރީޗްވެފައިވާ ގޮތުގެ ފުރިހަމަ އިންކުއަރީއެއް ހެދުމަށާއި އެފަދަ އިންކުއަރީއެއް ހެއްދޭނީ ހޯމް މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު ސަސްޕެންޑް ކޮށްގެން ކަމަށް ވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލިފް

    ތާއީދު...2023 ޔާން..

  2. އުގުރި

    ދެމޫނުގެ ވެރިޔާ އިމްރާނު

    • ޖާބެ

      2 އިން ވަން ކޮންބޯ ދީނީ ތާޖު އެޅުން ސެކިޔުލަރ ސިޔާސަތު….

  3. ޖާބެ

    ނުކުރެވޭނެ ދައުލަތުގެ ހެދުންބޭލޭނެ ، އަތްވެސް ނުލެވޭނެ ކޮންމެކަމެއްކުރިޔަސް މިއީ ބައިއަަޅައިގެން ހިންގާ ގޭމެއް ރައްޔިތުން ގުބޯހައްދަން އިމްރާން ބުނަނީ ރައްޔިތުން ވ.އަވަހައް ހަނދާންނެތޭނެޔޭ އެހެންވީމަ ރައްޔިތުން ގަރަހިތަޔައް ހަދާފަ ގުބޯހައްދާފަ ދެބޯގެރި ދުއްވާފަ މިއީ ހިކުމަތްތެރި ވެރިކަމެއް